Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަޔާތް އުފާވެރިކުރުމަށް 7 ކަމެއް

ހަޔާތަކީ އުޅެން އެނގިއްޖެ ނަމަ ފަސޭހަ އެއްޗެކެވެ. މި ބަލައިލަނީ ހަޔާތް އުފާވެރިކުރުމަށް ސަމާލުކަން ދިނުން މުހިންމު ހަތް ކަމަކަށެވެ.

  1. އެ މީހެއްގެ ހަޔާތަށް ތިބާ ލިބުމުން އެ ކަމާ އުފާ ނުކުރާ މީހެއްގެ ގާތުގައި ހުރުމުގެ ބޭނުމެއް ނެތެވެ.
  2. ހިތްހަމަނުޖެހޭ ކަމެއް ދިމާވިޔަސް އެ ކަމަށް ޝުކުރުކުރާށެވެ. ކުރިން ނުފެނުނު ނަމަވެސް ތިބާގެ ހަޔާތުގައި ކުރީއްސުރެ ވެސް ހުރި ރަނގަޅު ކަންތައްތައް ދެނެގަންނަން އެއިރުން ފަސޭހަވާނެއެވެ.
  3. ދުވަހަކު ވެސް ރޮއެފައިނުވާ ފަދަ މީހެއްގެ ގޮތަށް ހިނިތުންވާށެވެ. ދުވަހަކު ވެސް ފޭލިނުވާ މީހެއްގެ ގޮތަށް ހަނގުރާމަކުރާށެވެ. ދުވަހަކު ވެސް ވޭނެއް ލިބިފައިނުވާ މީހެއް ފަދައިން ލޯބިވާށެވެ. އަދި މާދަމާއަކީ ނާންނާނެ ދުވަހެއްކަމަށް ބަލައިގެން މިއަދު ދިރިއުޅޭށެވެ.
  4. ތިބާގެ ބައިވެރިޔާ ތިބާގެ ގާތުގައި ނެތުމުން ހުސްކަމެއް އިހުސާސްކުރެވޭ ނަމަ އެ ކަން އޭނާގެ ގާތުގައި ބުނާށެވެ. ތިބާ މީހެއް ދެކެ ލޯބިވެއްޖެ ނަމަ، އެ ވާހަކަ އޭނާގެ ގާތުގައި ބުނާށެވެ. ތިބާގެ އިހުސާސްތަކާއި ޖަޒުބާތުތައް ފޮރުވައިގެން ހާމަނުކޮށް އުޅުމަށްވުރެ ހަޔާތަކީ ކުރު އެއްޗެކެވެ.
  5. ވަފާތެރިވާށެވެ. ތެދުވެރިކަންމަތީ ހުންނާށެވެ.
  6. ތިބާ އެކަނި ހުންނަ ވަގުތުގައި އުފާވެރިވެފައި ހުންނަ ތަން ފެނުމުން އެހެން މީހުންނަށް ހުސްކަމެއް އިހުސާސްކުރެވޭނެއެވެ.
  7. ނުވާން ހުރި ކަމެއް ގަދަކަމުން ކުރަން ނޫޅޭށެވެ. އަދި ވާން ހުރި ކަމަކާ ދެކޮޅަށް ހަނގުރާމަކުރުމަކީ ވެސް ބޭނުން ކަމެއް ނޫނެވެ.

ހަޔާތުގައި ކަންތައްތަކެއް ގޯސްކޮށް ދިޔައީ ކީއްވެތޯ ފަހަތަށް އެނބުރި ނުބަލާށެވެ. އެހެނީ ތިބާގެ ގާބިލިއްޔަތު ހުރި ވަރުން ކަންތައްތައް ކުރެވިފައިވާ ނަމަ، އިތުރު ކަމަކާ ދެރަވާކަށް ނުޖެހޭނެއެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށެވެ. މި ބަލައިލި ހަތް ކަމެއް ހަނދާނުގައި ބެހެއްޓުމުން ހަޔާތުގައި ކުރިއަށް އޮންނާނީ ފާގަތި ދުވަސްތަކެކެވެ.

ނޯޓު: ތަރުޖަމާއެއް