ޒަވާޖީ ހަޔާތަކީ ދެމަފިރިންގެ ބައިވެރިވުމާއެކު ކާމިޔާބުވާނެ ދަތުރެކެވެ. އެ ގޮތުން މި ބަލައިލަނީ ކައިވެންޏަށް ފަހު ދިރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ 16 ކަމަކަށެވެ.
- ފިރިމީހާ ބަނޑުހައިހޫނުކަމުގައި ނުބަހައްޓާށެވެ. އެކަން ފޫބައްދަން އެހެން އަންހެނަކު އައިސްފާނެއެވެ.
- އަނބިމީހާ ތައްޔާރުކުރާ ކާނާ ކަމުނުދިޔަސް އެ ކާށެވެ. ހައްލަކީ އޭނާއަށް ކައްކަން ދަސްކޮށްދިނުމެވެ.
- ޖިންސީ ގުޅުމަކީ ޒަވާޖީ ހަޔާތް ބަނދެލާ ރޯނެވެ. އެ ކަމުން ބަރީއަ ނުވާށެވެ.
- ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުނަސް ތިންވަނަ ފަރާތެއް އެކަމުގެ ތެރެއަށް ވައްދަން އަވަސްވެނުގަންނާށެވެ. ދެމަފިރިންވެގެން މައްސަލަ ހައްލުކޮށްލައިށެވެ.
- ފިރިމީހާ ކިތައްމަ މުއްސަންޖަސް ކުރާނެ ކަންތައްތައް އަނބިމީހާ ވެސް ހޯދަންޖެހޭނެއެވެ.
- ރަނގަޅު އަދި އުފާވެރި އާއިލާއެއް ބިނާކުރަން ބޭނުން ނަމަ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރާށެވެ.
- އާއިލާގެ ހުރިހާ ކަމެއްގެ ޒިންމާ ފިރިމީހާގެ ބޮލުގައި ނާޅުވާށެވެ. އޭނާ ވެސް ކޮންމެވެސް ދުވަހަކުން ވަރުބަލިވާނެއެވެ.
- ފިރިމީހާގެ ރޭވުންތަކުގައި އަނބިމީހާ ވެސް ބައިވެރިކުރާށެވެ. އަނބިމީހާ ދޭ ހިޔާލަކީ އެންމެ ވިސްނުންތެރި ހިޔާލަށްވެދާނެއެވެ.
- އެއްވެސް މީހަކީ "ޕާފެކްޓް" ނުވަތަ އެންމެ ރަނގަޅު މީހަކަށް ނުވާނެއެވެ. ކޮންމެ މީހެއްގައި ވެސް ނުކުޅެދުންތެރި ކަންތައްތަކެއް ހުންނާނެއެވެ.
- ތިބާއަކީ އަބަދުވެސް އެންމެ ރަނގަޅު މީހާކަމަށް ތިބާ ދެކެން ފަށައިފި ނަމަ، އެ ހިސާބުން ޒަވާޖީ ހަޔާތުގައި ރެނދުލާން ފަށައިނެއެވެ.
- ޒަވާޖީ ހަޔާތް ބަނދެވުމުގައި ދެމަފިރިން އެކުގައި ކަންތައްތައްކުރުން މުހިންމެވެ. މިސާލަކަށް، އެއްކޮށް ކައިފައި ނުވަތަ އެއްކޮށް ފެންވެރުން ކަހަލަ ކަންތައްތަކެވެ.
- އަފޫކުރުމަކީ ޒަވާޖީ ހަޔާތެއްގެ އަސާސީ ސިފައެކެވެ. ކޮންމެ ފަދަ ކުށެއް ކުރެވުނަސް އަނެކާއަށް މައާފުކުރާށެވެ.
- "ސޮރީ" މިއީ އެންމެ އަތްމަތީ ބަސްކަމުގައި ހަދައިށެވެ. އެއީ ހަމައެކަނި ބުނެލާ ބަހެއް ނޫނެވެ – ނަމަވެސް މައާފަށް އެދޭއިރު އެ ކަމަށް ބާރުދޭ ވަރުގަދަ ބަހެކެވެ.
- އެއްވެސް ސަބަބަކާހުރެ ވެސް އެކަކު އަނެކަކަށް ކަންތައްތައް ސިއްރުނުކުރާށެވެ. ޒަވާޖީ ހަޔާތް ކާމިޔާބުވާނީ އެކަކު އަނެކަކަށް އިތުބާރުކުރުންމަތީ ދެމިހުރުމުންނެވެ.
- އާއިލާ ރޭވުމަކީ ހަމައެކަނި ދޭތެރެދުރުކުރުމެއް ނޫނެވެ. ނުވަތަ ލިބޭ ދަރިންގެ އަދަދު މަދުކުރުމެއް ވެސް ނޫނެވެ. އެއީ ދެ މީހުން އެއްބަސްކިޔައިގެން އާއިލާ އޮންނާނެ ގޮތް ރައިވައިލުމެވެ.
- ކޮންމެ ކަމެއްގައި ވެސް މާތްﷲއަށް ވަކީލުކުރާށެވެ. އެ ކަލާނގެއަކީ ހުރިހާ ކަމެއްގެ ހައްލެވެ. އެއީ އާއިލީ ހުރިހާ މައްސަލަތައް ހައްލުކޮށްދެއްވައި ފަރާތްވެސްމެއެވެ.
މި ބަލައިލެވުނު 16 ނުކުތާގައިވާ ކަންތައްތަކަށް އަމަލުކުރުމުން ޒަވާޖީ ހަޔާތަކީ ދެމަފިރިންގެ ބައިވެރިވުމާއެކު ކާމިޔާބު ދަތުރަކަށް ހެދޭނެއެވެ.
ނޯޓު: ތަރުޖަމާއެއް
