Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ދެނެގަތުން މުހިންމު ހަޔާތުގެ 18 ހަގީގަތެއް

ހަޔާތަކީ އެތައް ކަންތައްތަކެއް މަސްހުނިވެގެން ކާމިޔާބު މިސްރާބަކަށް ގެންދެވޭ އެއްޗެކެވެ. މި ބަލައިލަނީ މި ފަދަ މުހިންމު 18 ހަގީގަތަކަށެވެ.

  1. ކޮންމެ މީހަކީ ވެސް ރީތި މީހެކެވެ. ނަމަވެސް އެ ކަން ފެންނާނީ އެ މީހަކާ ދިމާވާން ހުރި ރަނގަޅު މީހާއަށެވެ.
  2. ބައެއް ފަހަރަށް ތިބާގެ މުހިންމުކަން އެހެން މީހަކަށް އިހުސާސް ކުރެވޭނީ އެ މީހަކާ ތިބާ ވަގުތީ ގޮތުން ކުޑަކޮށް ދުރުވެލީމައެވެ.
  3. ތިބާގެ ހަޔާތުގައި ހުރި އެންމެ ރަނގަޅު މީހާއަކީ ކާކުކަން އެނގޭނީ މި ޖުމްލަ ކިޔައިލުމުން އެންމެ ފުރަތަމަ ހަނދާނަށް އަންނަ މީހާއެވެ.
  4. ތިބާގެ ޖަޒުބާތުތަކުގެ މައްޗަށް ބާރުފޯރުވައިށެވެ. އެ ޖަޒުބާތުތައް ތިބާގެ މައްޗަށް ވެރިވެގަތުމުގެ ކުރިންނެވެ.
  5. ފުރަތަމަ އިހުސާސްކުރެވޭނީ ވޭނެވެ. އެއަށްފަހު ތިބާއަށް ބަދަލު އަންނާނެއެވެ.
  6. ތިބާއަށް މީހަކު އެހީވާއިރު އެ ދަނޑިވަޅަކީ އެ މީހާ ވެސް ހަޔާތުގައި މައްސަލަތަކަކާ ކުރިމަތިލައިގެން އުޅޭ ވަގުތެއް ނަމަ އެއީ ހަގީގަތުގައި އޭނާ ތިބާއަށް އެހީވުމެއް ނޫނެވެ؛ އެއީ ތިބާ ދެކެ ލޯބިވުމެވެ.
  7. ބަދަލެއް ނައިސް ތިބާ ވެސް ނުހުންނާނެއެވެ. އެއް ގޮތަކީ ތިބާގެ ހަޔާތް އިތުރަށް ރަނގަޅުވަމުން އައުމެވެ. އަނެއް ގޮތަކީ ތިބާގެ ދިރިއުޅުން ގޯސްވަމުންދިއުމެވެ.
  8. މިއަދު ތިބާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ މާދަމާއަށް ތިބާގެ ވަރުގަދަކަން ތަރައްގީކޮށްދޭނެ ކަންތައްތަކެވެ.
  9. މީސްމީހުންގައި ނުބައިކަން ހުރީތީވެ އެ މީހުންނާމެދު ނުބައިކޮށް ނުހިތައިށެވެ. ތިބާގައި ހުރި ރަނގަޅުކަމާ އެއްވަރަށް އެ މީހުންނާމެދު ރަނގަޅަށް ހިތައިށެވެ. ހަޔާތަކީ "ބަދަލެ"ވެ. ދިރިއުޅުން ތަރައްގީކުރުމަކީ އިހުތިޔާރުގައިވާ ކަމެކެވެ.
  10. ހަގީގީ ނޫން "ފޭކު" ރަހްމަތްތެރިންނަކީ ތިބާގެ ހަޔާތުގައި ކުރިމަތިވާ އެންމެ އަނދިރި ދަނޑިވަޅުގައި އެއްވެސް ތަނަކުން ފެންނަން ނުހުންނާނެ ތިބާގެ ހިޔަނިތަކެވެ.
  11. ހުރިހާ ކަންތައްތަކަކީ ވެސް ކޮންމެވެސް ދުވަހަކުން އެންމެ ރަނގަޅު ކަންތައްތަކެއް ކަމަށް ވެގެންއަންނާނެއެވެ.
  12. ބައެއް މީހުން ތިބާދެކެ ނަފުރަތުކުރާނެއެވެ. އެ މީހުންނަށް ތިބާ ހަލާކުނުކޮށްލެވުނީމައެވެ.
  13. ދުނިޔެމަތީގައި ލިބޭނެ އެންމެ އުފާވެރި އިހުސާސަކީ ތިބާ ލޯބިވާ މީހާ އަނބުރާ ތިބާ ދެކެ ލޯބިވުމެވެ.
  14. ކޮޅަށް ތެދުވުމަށްޓަކައި އޭގެ ކުރިން ތިބާ ވެއްޓުމުން ކުރެވޭ އިހުސާސަކީ ކޮބައިކަން ދެނެގަންނަންޖެހޭނެއެވެ.
  15. ތިބާ ތަހައްމަލުނުކުރާ ކަމެއް އެއީ ކިހާވަރެއްގެ ކަމެއް ކަމާމެދު ގޮތެއް ނުނިންމާށެވެ.
  16. ތިބާގެ ހުރިވަރު ތިބާގެ އަމިއްލަ ނަފުސަށް ދައްކައިލައިށެވެ. އެހެން މީހުންނަށް ދެއްކުމުގެ ބޭނުމެއް ނެތެވެ.
  17. ހަށިގަނޑަށް ކާނާ ނުލިބުމަށްވުރެ ބޮޑަށް ފަލަވުމަކީ މިހާރު ފުރާނައަށް މާބޮޑަށް ނުރައްކާކުރާ ކަމެކެވެ.
  18. ތިބާއަށް އިހުސާސް ކުރެވޭ ހަމަޖެހުމާއި އުފަލަކީ ތިބާ ތިބާގެ އަމިއްލަ ނަފުސާއެކު ބާއްވާ ގުޅުމުގެ ބިންގަލެވެ.

މި 18 ހަގީގަތްތައް ހަނދާނުގައި ބެހެއްޓުމުން ދިރިއުޅުމުގައި ހާސްވާނެ ކަމަކާ ކުރިމައްޗެއް ނުވާނެއެވެ.

ނޯޓު: ތަރުޖަމާއެއް