Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ކޮންމެ ނަސޭހަތަކީ ރަނގަޅު ނަސޭހަތެއް ނޫން

އެއް ދުވަހަކު މީހަކު އޭނާގެ ދައްތަގެ ގެއަށް ޒިޔާރަތްކުރިއެވެ.

"މި ގޭގައި ދައްތައަށް ކެތްކުރެވޭ ހެއްޔެވެ؟ މިއީ ހާދަ ކުޑަ ގެއެކެވެ،" އެ މީހާ އޭނާގެ ދައްތައަށް ބުންޏެވެ.

އެ ދުވަހު ދައްތަގެ ފިރިމީހާ ގެއަށް އައިރު ދައްތަގެ ގާތަށް ހުރީ ހެސްކިޔައިފައި ރުޅި އައިސްފައެވެ. ދެމަފިރިން ކުރި ޒުވާބު ނިމުނީ ދައްތަ ވަރިކުރުމަކުންނެވެ.

މި ކަންތައްގަނޑުގެ ފެށުން އައީ ކިހާ ހިސާބަކުން ހެއްޔެވެ؟ ހަގީގަތަކީ އެ ހުރިހާ ދުވަހަކު އެއްކަލަ ދައްތަ އުޅުނީ ހިތްހަމަޖެހިގެންނެވެ. އޭނާ އުޅޭ ގެއާ ބެހޭ ގޮތުން އޭނާގެ ކޮއްކޮ ބަދުބަހެއް ބުނަންދެނެވެ.

އެހެން މިސާލެކެވެ. މީހަކު އޭނާގެ ރައްޓެއްސެއްގެ ގާތުގައި އެއްސެވެ: "ތިބާގެ ބޮސް ތިބާއަށް ދެނީ ކިހާވަރެއްގެ މުސާރައެއް ހެއްޔެވެ؟"

ރައްޓެހިމީހާ ޖަވާބުދިނެވެ: "މަހަކު 10،000ރ. އެވެ."

ސުވާލުކުރި މީހާ ބުންޏެވެ: "މަހަކު އެންމެ 10،000ރ. އޭ؟ ތިބާއަށް ތިޔަށްވުރެ ރަނގަޅު މުސާރައެއް ހައްގެވެ!"

ނަތީޖާއަކަށްވީ ރައްޓެހި މީހާ ބޮސްގެ ގާތަށް ދިއުމެވެ. އަދި މުސާރަ ބޮޑުކޮށްދިނުމަށް އެދުމެވެ. ނަމަވެސް ބޮސް އެ ކަމާ ދެކޮޅު ހެދިއެވެ. މިހެންވެ ރައްޓެހި މީހާ ވަޒީފާއިން ކެނޑުނެވެ. އާހިރުގެ ނަތީޖާއަކަށްވީ ރައްޓެހި މީހާ ވަޒީފާ ނެތް މީހަކަށް ވުމެވެ. މިހެން މި ދިމާވި ކީއްވެ ހެއްޔެވެ؟

މި ދެ މިސާލުން ލިބޭ ފިލާވަޅަކީ މިއެވެ: މީހެއްގެ ގާތަށް ދާން ވާނީ ކަނު މީހެއް ފަދައިންނެވެ. އަދި އެ ގެއިން ނުކުމެގެން ދާންވާނީ ބީރު މީހެއް ފަދައިންނެވެ. ސަބަބަކީ ތިބާ އަހާ ސުވާލުތަކުގެ ބާވަތުން އެ ސުވާލު ކުރެވޭ މީހާގެ އާއިލާތަކަށް ކުރިމަތިވެދާނެ ނަތީޖާތައް ކުރިއަށް ކިޔަން ނޭނގޭނެތީއެވެ. ތިބާ އެ ގެއަކުން ނުކުމެގެން ދާ ފަހުން އެ ގެއަށް ޝައިތޯނާ ވަދެ ގޭތެރޭގެ މަސްލަހަތު ނަގާލާނެ ގޮތެއް ހިތަށް ވެސް ނުގެނެވޭނެއެވެ.

ނޯޓު: ތަރުޖަމާއެއް