ތިރީގައި މި ވަނީ ތިބާގެ ހަޔާތް އުފާވެރިކުރުމަށްޓަކައި ކުރެވިދާނެ 12 ކަމެކެވެ.
- މި ދުނިޔެމަތީގައި މައްސަލަތައް ކުރިމަތިނުވާ އެކަކުވެސް ނުހުންނާނެކަން ހަނދާންކުރާށެވެ. މައްސަލަތަކާ ކުރިމަތިވެފައިވަނީ ހަމައެކަނި ތިބާއަކަށް ނޫނެވެ.
- ގޮންޖެހުންތަކަކީ ހަޔާތުގެ ބައެކެވެ. ހަޔާތުގެ ގޮންޖެހުންތައް ނުހުންނާނީ މަރުވުމުންނެވެ.
- ހައްލު ނެތް މައްސަލައެއް ނުހުންނާނެއެވެ. ތިބާ ތަހައްމަލު ކުރަމުންދާ ވޭންތަކަށް ހައްލު ހުންނާނެއެވެ.
- ތިބާގެ ސިކުނޑީގައި ތިބާ ކުރަހާ ތިބާގެ ތަސައްވަރުން ތިބާގެ އުފާވެރިކަމަށް އަސަރުކުރާނެއެވެ. ތިބާއަކީ އަގުހުރި އަދި ރިވެތި މީހެއްގެ ގޮތުގައި ތިބާ ތިބާއާމެދު ދެކޭށެވެ. އަމިއްލަ ނަފުސާމެދު ދަށް ގޮތަކަށް ނުދެކޭށެވެ. ތިބާއަކީ ގާބިލުކަމެއް ނެތް މީހެއްގެ ގޮތުގައި ނުދެކޭށެވެ.
- ތިބާއާމެދު މީހުން ބުނާ އެއްޗެއްސާމެދު އަޅައިނުލައިށެވެ. ބައެއް މީހުންނަކީ ލަފާނޫން މީހުންނެވެ. ތިބާ ހިތުގައި ޖައްސައިލަންވެގެން ވެސް އެއްޗެކޭ ބުނެފައިނެއެވެ.
- އިންސާފުން ކަންތައްތައްކުރާ، އަދި ތިބާ އުފާކޮށްދޭ މީހުންނާ ރަހްމަތްތެރިކަން ބާއްވައިށެވެ. ތިބާއަށް މަލާމާތްކުރާ، ނުވަތަ ތިބާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހަޖޫޖަހައި މީހުންނާ ރައްޓެހިކަން ނުބާއްވާށެވެ.
- ހުސް ވަގުތުތަކުގައި ތިބާގެ ހޮބީތަކާއެކު ބިޒީވާށެވެ. މިސާލަކަށް، ކުޅިވަރު ކުޅުން، ފިލްމް ބެލުން، އިންޓަނެޓްގައި ސާފުކުރުން ނުވަތަ ކޮމްޕިއުޓަރު ގޭމްތައް ކުޅުމުގައެވެ.
- ފައިސާ އާއި މާއްދިއްޔަތު ހުރި މީހުން ފެނިފައި އަމިއްލަ ނަފުސާމެދު ދެރަށް ނުވާށެވެ. މިއަދު ފަގީރު މީހަކު މާދަމާ މުއްސަންޖަކަށްވެދާނެއެވެ. ބަދަލު ނުވާނީ ބަދަލެވެ.
- މިއަދު ކިތައްމެ ބޮޑު ކަމެއް ކުރިމަތިވެފައިވީ ނަމަވެސް، ކަންތައްތައް ލިބިގަތުމަށް މަސައްކަތްކުރުން ހުއްޓައިނުލާށެވެ. ދިރުމެއް ހުރިއްޔާ އުއްމީދެއް އޮންނާނެއެވެ.
- ދުއާކުރުން ގިނަކުރާށެވެ. ދުއާކުރުން ހުއްޓައިނުލައިށެވެ. ތިބާ އެދޭ ކަންތައްތައް ލިބޭނީ ދުއާކުރުމުންނެވެ.
- ތިބާ ބޭނުންވާ އެއްޗެއްގެ ފަހަތުން ދިއުމުގައި ހިތްވަރުކުރާށެވެ. ހަޔާތަކީ ރިސްކުން ފުރިފައިވާ އެއްޗެކެވެ. ރިސްކު ނުނަގާ ނަމަ ތިބާގެ ހިތް އެދޭ ކަންތައްތަކެއް ނުވާނެއެވެ.
- އެހެން މީހުންނަށްޓަކައި ތިބާގެ ހަގީގީ ޝަހުސިއްޔަތު ބަދަލުނުކުރާށެވެ. ސަބަބަކީ ތިބާގެ ނަފުސުގެ ދައުރު އެންމެ ރަނގަޅަށް އަދާކުރެވޭނީ ތިބާއަށެވެ. ތިބާގެ ނަފުސަކީ ތިބާއަށް އެންމެ ރަނގަޅު ވާނެ ނަފުސެވެ. އެހެންކަމުން ތިބާގެ ގޮތުގައި ތިބާ ހުންނާށެވެ.
ނޯޓު: ތަރުޖަމާއެއް
