Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ވިސްނަންޖެހޭނީ ކުރިމަގުގެ ފައިދާތަކަށް

ހަމަޖެހިލާށެވެ. ހަމަޖެހިލައިގެން މި ކިޔާލާށެވެ. މިއީ އިބްރަތްތެރި ވާހަކަތަކެކެވެ. މިއިން ފިލާވަޅެއް ލިބިގަންނާށެވެ.

ތިން ވާހަކައެއް:

  1. ނޮކިއާއިން އެންޑްރޯއިޑް ބަލައެއްނުގަތް
  2. ޔާހޫއިން ގޫގްލް ބަލައެއްނުގަތް
  3. ކޮޑެކްއިން ޑިޖިޓަލް ކެމެރާ ބަލައެއްނުގަތް

ލިބުނު ފިލާވަޅުތައް:

  1. ފުރުސަތުގެ ބޭނުންހިފުމުގެ މުހިންމުކަން
  2. ދުނިޔަވީ ހަޔާތުގައި އަންނަ ބަދަލުތައް ބަލައިގަތުން
  3. ވަގުތާއި ހާލަތާ އެއްގޮތަށް ބަދަލުނުވާ ނަމަ، ތިބާ ވެގެންދާނީ ބޭނުމެއް ނުހިފޭ މުސްކުޅި މުދަލަކަށްކަން

އިތުރު ދެ ވާހަކަ:

  1. ފޭސްބުކްއިން ވަޓްސްއެޕް އާއި އިންސްޓަގްރާމް ގަތް
  2. ދެކުނުއިރުމަތީ އޭޝިއާގައި ގްރެބްއިން ޔޫބަރ ގަތް

ލިބުނު ފިލާވަޅުތައް:

  1. ތިބާއާ ވާދަކުރާ ފަރާތްތަކުން ތިބާގެ އެކުވެރިކަން ބަލައިގަންނާނެ މިންވަރަށް ތިބާ ބާރުގަދަވުން
  2. ބޮންތީގައި ހިފައިފައި ތިބާގެ ވާދަވެރިން ފަހަތަށް ޖައްސައިލުން
  3. އުފެއްދުންތެރިކަމައިގެން އަބަދުވެސް ކުރިއަށްދިއުން

އަދި އިތުރު ދެ ވާހަކަ:

  1. ކާނަލް ސާންޑާސް ކޭ.އެފް.ސީ އުފެއްދީ އުމުރުން 65 އަހަރުގައި
  2. ކޭ.އެފް.ސީން ވަޒީފާއެއް ނުލިބުނު ޖެކް މާ އަލިބާބާ އުފެއްދުމަށް ފަހު އުމުރުން 55 އަހަރުގައި ރިޓަޔާކުރި

ލިބުނު ފިލާވަޅުތައް:

  1. އުމުރަކީ ހަމައެކަނި އަދަދެއްކަން
  2. ކާމިޔާބު ލިބޭނީ ހަމައެކަނި އެ ކަމަށް މަސައްކަތްކުރާ މީހުންނަށްކަން

އަދި އެހެން ވާހަކައެއް:

ލެމްބަގިނީ އުފެއްދީ ބަދަލުހިފުމުގެ ރޫހެއްގެ ތެރެއިންނެވެ. އެއީ ފެރާރީ އުފެއްދި އެންޒޯ ފެރާރީ ޓްރެކްޓަރު އުފައްދާ ފެރުއްޗާ ލެމްބަގިނީއަށް މަލާމާތްކުރުމުންނެވެ.

ލިބުނު ފިލާވަޅުތައް:

އެއްވެސް މީހަކާމެދު ދަށް ނަޒަރަކުން ނުބަލާށެވެ!

  1. ބުރަކޮށް މަސައްކަތް ކުރަމުންގެންދާށެވެ.
  2. ތިބާގެ ވަގުތު ރަނގަޅު ގޮތުގައި އިންވެސްޓްކުރާށެވެ.
  3. ފޭލިވެދާނެތީ ބިރުނުގަންނާށެވެ.

ނޯޓު: ތަރުޖަމާއެއް