ހަމަޖެހިލާށެވެ. ހަމަޖެހިލައިގެން މި ކިޔާލާށެވެ. މިއީ އިބްރަތްތެރި ވާހަކަތަކެކެވެ. މިއިން ފިލާވަޅެއް ލިބިގަންނާށެވެ.
ތިން ވާހަކައެއް:
- ނޮކިއާއިން އެންޑްރޯއިޑް ބަލައެއްނުގަތް
- ޔާހޫއިން ގޫގްލް ބަލައެއްނުގަތް
- ކޮޑެކްއިން ޑިޖިޓަލް ކެމެރާ ބަލައެއްނުގަތް
ލިބުނު ފިލާވަޅުތައް:
- ފުރުސަތުގެ ބޭނުންހިފުމުގެ މުހިންމުކަން
- ދުނިޔަވީ ހަޔާތުގައި އަންނަ ބަދަލުތައް ބަލައިގަތުން
- ވަގުތާއި ހާލަތާ އެއްގޮތަށް ބަދަލުނުވާ ނަމަ، ތިބާ ވެގެންދާނީ ބޭނުމެއް ނުހިފޭ މުސްކުޅި މުދަލަކަށްކަން
އިތުރު ދެ ވާހަކަ:
- ފޭސްބުކްއިން ވަޓްސްއެޕް އާއި އިންސްޓަގްރާމް ގަތް
- ދެކުނުއިރުމަތީ އޭޝިއާގައި ގްރެބްއިން ޔޫބަރ ގަތް
ލިބުނު ފިލާވަޅުތައް:
- ތިބާއާ ވާދަކުރާ ފަރާތްތަކުން ތިބާގެ އެކުވެރިކަން ބަލައިގަންނާނެ މިންވަރަށް ތިބާ ބާރުގަދަވުން
- ބޮންތީގައި ހިފައިފައި ތިބާގެ ވާދަވެރިން ފަހަތަށް ޖައްސައިލުން
- އުފެއްދުންތެރިކަމައިގެން އަބަދުވެސް ކުރިއަށްދިއުން

އަދި އިތުރު ދެ ވާހަކަ:
- ކާނަލް ސާންޑާސް ކޭ.އެފް.ސީ އުފެއްދީ އުމުރުން 65 އަހަރުގައި
- ކޭ.އެފް.ސީން ވަޒީފާއެއް ނުލިބުނު ޖެކް މާ އަލިބާބާ އުފެއްދުމަށް ފަހު އުމުރުން 55 އަހަރުގައި ރިޓަޔާކުރި
ލިބުނު ފިލާވަޅުތައް:
- އުމުރަކީ ހަމައެކަނި އަދަދެއްކަން
- ކާމިޔާބު ލިބޭނީ ހަމައެކަނި އެ ކަމަށް މަސައްކަތްކުރާ މީހުންނަށްކަން

އަދި އެހެން ވާހަކައެއް:
ލެމްބަގިނީ އުފެއްދީ ބަދަލުހިފުމުގެ ރޫހެއްގެ ތެރެއިންނެވެ. އެއީ ފެރާރީ އުފެއްދި އެންޒޯ ފެރާރީ ޓްރެކްޓަރު އުފައްދާ ފެރުއްޗާ ލެމްބަގިނީއަށް މަލާމާތްކުރުމުންނެވެ.
ލިބުނު ފިލާވަޅުތައް:
އެއްވެސް މީހަކާމެދު ދަށް ނަޒަރަކުން ނުބަލާށެވެ!
- ބުރަކޮށް މަސައްކަތް ކުރަމުންގެންދާށެވެ.
- ތިބާގެ ވަގުތު ރަނގަޅު ގޮތުގައި އިންވެސްޓްކުރާށެވެ.
- ފޭލިވެދާނެތީ ބިރުނުގަންނާށެވެ.
ނޯޓު: ތަރުޖަމާއެއް
