Support Us

ވެނެޒުއެލާއަށް ބިރުދައްކައިފައިވާ ފަދައިން އެމެރިކާއިން އީރާނަށް ވެސް ދެއްކި ބިރުތައް އދ.އިން ކުށްވެރިކުރަން އެދެފި

ވެނެޒުއެލާއަށް އެތައް ހަފުތާއެއް ވަންދެން ބިރުދެއްކުމަށްފަހު އެންމެ ފަހުން އެމެރިކާއިން އެ ގައުމަށް އަރައި ރައީސް ނިކޮލަސް މަދުރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޮރެސް ވަނީ ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސް، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓެރަރިޒަމްގެ ދައުވާ މަދުރޯއާ ދެކޮޅަށްކޮށްފައެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާތީ އީރާންގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުން މަރައިފިނަމަ އީރާނަށް ވެސް އަރާނެކަމަށް އެމެރިކާއިން ދާދި ފަހުންވަނީ އިންޒާރުދީފައެވެ.

ވެނެޒުއެލާގެ ރައީސްގެ ދެކަނބަލުން އިއްޔެ ގަދަކަމުން އެމެރިކާއަށް ގެންދިޔަ އިރު އޭގެ ކުރީ ދުވަހު އީރާނުން ވަނީ އީރާނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ބިރުތައް ކުށްވެރިކުރަން އދ.ގައި  އެދިފައެވެ.

އީރާނުން ބުނެފައިވަނީ ޓްރަމްޕް ދެއްވައިފައިވަނީ "ވަކި ގޮތަކަށް ނުބަލައި އަދި ކައްކުވައިލައި ފަދަ" އިންޒާރުތަކެއް ކަމަށެވެ.

އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސްއަށާއި އދ.ގެ ސަލާމަތީ މަޖިލީހަށް އީރާނުން ފޮނުވި ސިޓީއެއްގައި އީރާނުން އދ.އަށް ކަނޑައަޅައިފައި ހުންނަ މަންދޫބު އާމިރު ސައީދު އިރަފަނީ (ފޮޓޯ) ބުނީ "ހަތިޔާރާއެކު އީރާނަށް ދާން ތައްޔާރު"ކަމަށް ޓްރަމްޕް ވިދާޅުވުމަކީ "ބައިނަލްއަގުވާމީ ގާނޫނު މުގުރައިލި" ވިދާޅުވުމެއް ކަމަށެވެ.

އާމިރު އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވައިލީ ޓްރަމްޕްގެ ކޮމެންޓްތައް "އީރާންގެ އިސްތިގުލާލު މުގުރައިލައި ވިދާޅުވުންތަކެއް ކަމަށް ޝައްކެތް ނެތް މިންވަރަށް ކަނޑައަޅައި، ހަރުކަށިކޮށް ކުށްވެރި ކުރުމަށެ"ވެ.

"މި ގާނޫނާ ހިލާފު ބިރުދެއްކުންތަކުން ނުކުމެދާނެ ކޮންމެ ނަތީޖާއަކީ ވެސް އެމެރިކާއިން ޒިންމާ ނަގަން ޖެހޭނެ ވިދާޅުވުންތަކެއް،" އޭނާ ބުންޏެވެ.

އީރާންގައި ފެށި މުޒާހަރާތަކުގައި މީހުން މަރުވަމުންދާ ކަމަށާއި މީހުން ހައްޔަރު ކުރަމުންދާކަމުގެ ރިޕޯޓްތައް މިހާރު ދަނީ ފެންމަތިވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *