Support Us

ސްޕެއިންގައި ދެ ރޭލު މުޑިއަރައި 68 މަރު

ސްޕެއިންގައި ދެ ރޭލު މުޑިއަރައި 68 މީހުން މަރުވެއްޖެއެވެ.

މެދުތެރޭ ސްޕެއިންގެ އުރުދާ ކައިރީގައި އިއްޔެ ހިނގި މި ހާދިސާގައި 77 މީހުން ޒަހަމްވެސްވިއެވެ.

"އަހަރެން އެ އަންހެންމީހާ އަހަރެންގެ އަތްދަނޑިމައްޗަށް ނަގައި ހިތްހަމަޖައްސައިދެވޭތޯ މަސައްކަތް ކުރިން. ނަމަވެސް އޭނާ ނޭވާލުން ހުއްޓުނު. އޭނާ މަރުވީ، އޭނާ މަރުވީ،" އަނިޔާވި މީހުންނަށް އެހީތެރިވާން މަސައްކަތްކުރި ފަސިންޖަރެއްކަމަށްވާ ޖޯކިމް ތޯރޭސް ބުންޏެވެ.

ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާނު ކުރައްވައިފައެވެ.

"މުޅި ސްޕެއިން މި ވަނީ ހިތާމައިގައި،" އޭނާ ވިދާޅުވިއެވެ.

އެއް އަހަރު ތެރޭގައި ރޭލު އެކްސިޑެންޓުގެ ބޮޑު ދެ ހާދިސާ ހިނގުމަކީ "ސްޕެއިން ފަދަ ގައުމަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން"ކަމަށް އޭނާ ވިދާޅުވިއެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރު އޮސްކާ ޕުއެންޓޭ ވިދާޅުވީ މި ހާދިސާ ހިނގީ ސިގްނަލް ދިނުމުގެ ނިޒާމު ފޭލިވުމާ ގުޅިގެން ރޭލު ކޮންޓްރޯލްކުރާ މަރުކަޒަކުން ދިން "ސަބަބު ބަޔާންކުރަން ނޭނގޭ" އަމުރެއްގެ ސަބަބުންކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން ރޭލު ދަތުރުފަތުރުގެ ރައްކާތެރިކަމާއި މަރާމާތުކުރުމުގެ ކަންކަމާމެދު ހުރި ކަންބޮޑުވުންތައް އަލުންވަނީ ފެންމަތިވެފައެވެ.

މި އަހަރު ހިނގި އަނެއް ރޭލު އެކްސިޑެންޓްގައި ޖެނުއަރީގައި ރޭލެއް ރޭލު ދަގަނޑުން ކައްސައިލައި އެހެން ރޭލެއްގައި ޖެހި 46 މީހުން މަރުވިއެވެ. އެ ހާދިސާގައި 292 މީހުން ޒަހަމްވިއެވެ. ހާދިސާ ހިނގިކަމަށް ބެލެވެނީ ރޭލަށް އެ ހިސާބަށް ދެވުމުގެ ކުރިން ރޭލު ދަނގަޑު ބިންދައިގެންދިއުމެވެ.

ރަސްމީ އިދާރާތަކުން މިހާރުވަނީ އިއްޔެގެ ހާދިސާ ތަހުގީގުކުރަން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް