Support Us

ވެރިރަށް ތެހްރާންގައި ވިޔަފާރިވެރިން ހޯމަ ދުވަހު މުޒާހަރާކުރަނީ

އީރާންގެ މުޒާހަރާތަކުގައި 5 މަރު

އީރާންގައި ވިޔަފާރިވެރިން ކުރަމުންދާ މުޒާހަރާތަކުގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ.

ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި އިގުތިސާދު އަޑިއަޅައިލުމުން ފެށި މުޒާހަރާތަކުގައި އެތައް ދޮޅަހަކަށް މީހުން ޒަހަމް ވެސް ވެފައިވާ ކަމަށް އޮފިޝަލުން އިއްޔެ ބުންޏެވެ.

"ވެރިރަށް ތެހްރާންގައި ފެށި މުޒާހަރާތައް މިހާރު ދަނީ އެހެން ސަރަހައްދުތަކަށް ފެތުރެމުން،" އޮފިޝަލަކު ބުންޏެވެ.

އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަން ވިދާޅުވީ މާޔޫސްވެފައިވާ އާއްމުންގެ ރުޅިވެރިކަން ބަލައިގަންނަވާ ކަމަށެވެ.

"މުޒާހަރާކުރާ މީހުން ބޭނުންވާ ކަންތައްތަކަކީ ހަގީގަތުގައި ވެސް އެ ފަރާތްތަކަށް ހައްގު ކަންތައްތައްކަން ގަބޫލުކުރަން. މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ވޭން ލުއިކޮށްދޭން ސަރުކާރުން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވިއެވެ.

ވިޔަފާރިވެރިންނާ ސަރުކާރުން ވާހަކަ ދައްކާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ. އަދި މުޒާހަރާތައް އަނިޔާވެރި ގޮތަކަށް ބައްޓަންކޮށްފި ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިދާރާތަކުން އިންޒާރުދިނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތަންތަނުގައި ހުޅުޖަހަން ވަނީ ފަށައިފައެވެ. އަދި މަގުމަތިން ބަޑިޖެހުމުގެ އަޑު ވެސް ދަނީ އިވެމުންނެވެ.

ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު ބޮޑުވެ، އަދި މުސާރަތައް ކުޑަވާން ފެށުމުން، ފިހާރަތަކުގެ ސޭޓުން ފުރަތަމައިން ކުރަން ފެށި މުޒާހަރާގައި މިހާރު ދަރިވަރުން ވެސް ބައިވެރި، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ދަނީ މުޒާހަރާކުރާ މީހުންނަށް ހިތްވަރު ދެމުންނެވެ. އިސްރާއީލާއި އެމެރިކާއިން ގުޅިގެން މި ދިޔަ އަހަރު ވަނީ އީރާންގައި ނިއުކްލިއަ ހަކަތަ އުފައްދާ ތިން މަރުކަޒަކަށް ހަމަލާދީފައެވެ. އަދި އީރާނުން ނިއުކްލިއަ ޕްރޮގްރާމް އަލުން ބިނާކޮށް، ބެލިސްޓިކް މިސައިލް އުފެއްދުމުގެ މަޝްރޫއު ތަރައްގީކުރާ ނަމަ އަލުން ހަމަލާ ދޭނެ ކަމަށް، އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއާ އެމެރިކާގައި ބައްދަލުކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހު ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *