Support Us

ކުރު ވާހަކަ: ގަސްތަކާއި ކޯރާޑި

ދަރުކޮށާ މީހަކު ޖަންގައްޔަށް ގޮސް، އޭނާގެ ކޯރާޑީގެ މުއްގަނޑު ހެދުމަށް ލަކުޑިކޮޅެއް ދިނުމަށް ގަސްތައް ކިބައިން ސަލާންޖެހިއެވެ.

ހިތްތިރި އެ ފަދަ އެދުމެއް އެދުނީތީވެ، އިސްކޮށް ހުރި ގަސްތައް ވަގުތުން ނިންމީ އެ އެދުން ފުރިހަމަކޮށްދިނުމަށެވެ.

އެއްވެސް ޖެހިލުމެއް ނެތި "އޭޝް" ބާވަތުގެ ގަހެއްގެ އާ އޮފިކޮޅެއް އެ މީހާއަށް ދިނެވެ.

އެ މީހާ ހިތް ކީ މުއްގަނޑު އޭނާ ފަރުމާކުރިއެވެ.

ހަމަ އެ ކަން ކުރެވުމާއެކުހެން އޭނާ ފެށީ އެ ޖަންގަލީގައި ހުރި އެންމެ މާތް ގަސްގަހާގެހި ކަނޑައި ވައްޓައިލައިށެވެ.

ދަރުކޮށާ މީހާއަށް ދިން ހަދިޔާ އޭނާ ބޭނުން ކުރަން ފެށި ގޮތް ފެނިފައި ގަސްތައް ރޮއިގަތެވެ:

"ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަހަރެމެން މުޅިން ރޫޅިއްޖެއެވެ. އެކަމަކު އެ ކަމުގެ އިލްޒާމް އެޅެނީ ހުދު އަހަރެމެންގެ ބޮލުގައެވެ. އަހަރެމެން ދިން ކުޑަ އެއްޗަކުން އަހަރެމެން އެންމެންނަށް ގެއްލުން ލިބިއްޖެއެވެ. އަހަރެމެން އެ އޭޝް ގަހުގެ ހައްގުތައް ހިމާޔަތް ކުރި ނަމަ، އަހަރެމެން އެންމެންނަށް އެތައް ދައުރަކު ދިރިތިބެވުނީހެވެ."

ނޯޓް: މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.