Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަގީގަތުގައި ވެސް ރީތީ ވަގުއަނބިތަ؟

ތިބާގެ އަނބިމީހާ ފަސް ފަހަރު ދަރިމައިކޮށްލުމަށްފަހު އޭގެ ފަހުން އޭނާގެ ކިބައިގައި މިހާރު ހުރި ޖިސްމާނީ ސިފަތައް، ތިބާ މިހާރު ގެންގުޅޭ ވަގުއަނބީގައި ހުންނަ ޝަހުވަތްތެރިކަމާ އަޅައިބެލޭނެ ހެއްޔެވެ؟

ތިބާގެ އަނބިމީހާ ވަނީ ފަސް ފަހަރު ވިހައިފައެވެ. އޭނާ ވަނީ އެތައް އަހަރަކު ގާތުން ދީފައެވެ.

ކޮންމެ ދަރިއެއްގެ އުމުރުން 18 އަހަރު ވަންދެން ބެލެހެއްޓުމަކަށްޓަކައި ކޮންމެ ދުވަހަކު ދެ ދަޅައަށް ސްކޫލު ދޮށަށް ދުވިއެވެ.

ތިބާއަށާއި ތިބާގެ ދަރިންނަށް ކާންދިނުމަށްޓަކައި ފިހާރަތަކަށް ގޮސް ކާބޯތަކެތި ގަނެ، ބަދިގޭގައި އެތައް ވަގުތެއް ހޭދަކުރިއެވެ.

ދަރިން ބަލިވުމުން ހޮސްޕިޓަލުގައި އެތައް ދުވަހަކު މަޑުކުރިއެވެ.

އޭނާ ތިބާއަށްޓަކައިވި ގުރުބާނީގެ ސަބަބުން މިއަދު އޭނާގެ ހަށިގަނޑު ވަނީ ތިބާގެ ވަގުއަނބަތްވުރެ ހުތުރުވެފައެވެ.

ސިޒޭރިއަން ހެދުމުގެ ސަބަބުން ބަނޑުގެ ސިފަ އެ ވަނީ ގެއްލިފައެވެ.

އުރަމަތި މަޑުވެ، ސްޓްރެޗް މާކްތައް ހަށިގަނޑުގެ އެކި ތަންތަނަށް އަރައި، ދަރިމައިވުމުގެ ސަބަބުން މޫނުގައި ބިހި ނަގައި، ނޭފަތް ދުޅަވެފައެވެ.

އަދި ކޮބައިހެއްޔެވެ؟ ދަރިމައިވުމުގެ ސަބަބުން ހޮޑުލެވި، ކާހިތްނުވެ އުޅެން ޖެހުނު އެތައް ދުވަހެއް ދިޔައެވެ.

ތިބާ ގުޅުން ބާއްވާ މީހުންގެ ސަގާފަތް ހުންނަ ގޮތުން މިއަދު ތިބާ އުޅެނީ ތިބާގެ އަނބިމީހާ މުޖުތަމައުން އެކަހެރިކޮށްލައި، ދުނިޔެއަށް ފޮރުވައިގެންނެވެ. އޭނާގެ އަގު ބަލައެއް ނުގަނެއެވެ. އޭނާއަށް އިހުތިރާމާއި ގަދަރެއް ނުކުރެއެވެ.

މިއަދު ތިބާގެ ހިތަށް އަރަނީ ތިބާގެ އަނބިމީހާގެ ބަދަލުގައި އިޝްގީ އަދި ޝަހުވާނީ ސިފަތައް ހުންނަނީ ތިބާގެ ވަގުއަނބީހެ ކިބައިގައި ކަމަށެވެ.

ތިބާގެ އަނބިމީހާ އެތައް އަހަރެއް ވަންދެން ތަހައްމަލުކުރި، ފުރާނައަށް ނުރައްކާވާވަރުގެ މަރުހަލާތަކަށް ތިބާގެ ވަގުއަނބި ހުށަހަޅައި އޭނާއަށް އެ ކަން ބަރުދާސް ކުރެވިދާނެތޯ ތަހުލީލުކޮށްލާށެވެ.

ފިރިހެނުންނޭވެ! ތިބާމެންގެ ހަލާލު އަނބިންގެ އަގު ބަލައިގަންނަން ދަސްކުރާށެވެ. ދިރިއުޅުމަކީ ހަމައެކަނި ޝަހުވަތްތެރިކަމާއި އިޝްގެއް ނޫނެވެ. ތިބާމެންގެ އަނބިންނާ ކައިވެނި ކުރުމުގެ ކުރިން އެ ކަނބަލުން ތިބި ގޮތް ހިތަށް ގެނެސްލާށެވެ. އަދި މިއަދު އެ ކަނބަލުންނަށް ކުރިމަތިވެފައިވާ ހުރިހާ ވޭނެއްގެ އަސްލަކީ ތިބާމެންކަން ހަނދާންކުރާށެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *