Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަމައެކަނި މުހިންމު ކަންތައްތަކަށް ސަމާލުކަންދޭނެ 10 ގޮތް

ދާހިޔޫސް ފޫރޫގެ ފޮތް "ފޯކަސް އޮން ވަޓް މެޓާސް" ނުވަތަ އަސްލު މުހިންމު ކަންތައްތަކަށް ސަމާލުކަން ދިނުމާ ބެހޭ ގޮތުން އޭނާ ލިޔެފައިވަނީ ދިރިއުޅުމުގައި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތާއި ރަނގަޅު ނިންމުންތައް ނިންމައިގެން، ވަށާޖެހޭ ހަޔާތެއް ކުރިއަށްގެންދެވޭނެ ގޮތަށެވެ.

މި ބަލައިލަނީ މި ފޮތުގައި އޭނާ ފާހަގަކޮށްފައިވާ މުހިންމު 10 ނުކުތާއަށެވެ.

  1. ދިރިއުޅުމުގައި ނިންމުންތައް ނިންމާނީ އަސްލު މުހިންމު ކަންތައްތައް ކުރުމުގައެވެ. ބޭކާރު ގޮތުގައި ހަކަތަ ހޭދަނުކުރާށެވެ.
  2. ހަޔާތުގެ މުހިންމު ކަންތައްތަކުން ސަމާލުކަން އަނބުރާލާ ކަހަލަ ކަންތައްތަކުން ދުރުވާށެވެ. އެ ގޮތުން ސޯޝަލް މީޑިއާ އެކަހެރިކޮށްލައި ފޯނަށް އިރުއިރުކޮޅާ އަންނަ ނޮޓިފިކޭޝަންތައް އެއްފަރާތްކޮށްލާށެވެ.
  3. ސަމާލުކަން ދޭނީ ދިރިއުޅުމަށް ކޮންމެހެން މުހިންމު މަދު ކަންތައްތަކަށެވެ. އެހެން ހުރިހާ ކަމަކަށް "ނޫނެކޭ" ބުނުމުގެ ހިތްވަރު ހޯދާށެވެ.
  4. ތިބާގެ ދިރިއުޅުމުގެ އެންމެ މުހިންމު ކަންތައްތަކަށް ވާސިލުވާނެ އަމާޒުތައް ކަނޑައަޅާށެވެ.
  5. ދިރިއުޅުން ކުރިއަށްގެންދިއުމުގައި އެ ދުވަހަކު ކުރަންޖެހޭ ކަންތައްތައް ރަނގަޅަށް ރާވައިލައިށެވެ.
  6. ކޮންމެހެން މުހިންމު ނޫން ބޭކާރު މާއްދީ މުދާ ނުހޯދާށެވެ. މިހެން ހެދުމުން ބޭކާރު ކަންތައްތަކާމެދު ވިސްނަން ސިކުނޑިއަށް ފުރުސަތެއް ނުލިބޭނެއެވެ.
  7. އަބަދުވެސް އެ ވަގުތަކު އެ ހުރެވޭ ދަނޑިވަޅަކަށް ފުރިހަމަ ސަމާލުކަން ދޭށެވެ. ހިޔާލުތަކާއި ޖަޒުބާތުތަކާއި ވަށައިގެންވާ މާހައުލަށް ފޯކަސް ކުރުމުން ބޭނުންވާ ނިންމުންތައް ނިންމަން ފަސޭހަވާނެއެވެ.
  8. ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ވަށާޖެހޭ ސިއްހީ އާދަތަކުގައި ހިފަހައްޓައިށެވެ.
  9. "ނޫނެކޭ" ބުނަން ޖެހޭ ފަހަރު އެ ގޮތަށް ބުނުމުން ވަގުތު ސަލާމަތްކޮށް، ކޮންމެހެން މުހިންމު ކަންތައްތައް ކުރުމަށް ހަކަތަ ރައްކާކުރެވޭނެއެވެ.
  10. ދިރިއުޅުމުގައި މުހިންމުކަންދެވޭ ކަންތައްތަކާމެދު އަބަދުވެސް ވިސްނާ މޮނިޓާކުރުންމަތީ ދެމިހުންނާށެވެ.

މި 10 ކަންތައްތަކަށް ސަމާލުކަން ދިނުމުން ދިރިއުޅުމަކީ ސީދާސާދާ އެއްޗަކަށް ހަދައިލެވޭނެއެވެ. ހަޔާތުގެ އަމާޒުތަކުން ކައްސައިލައިގެން ނުދާނެއެވެ. ވަގުތާއި ހަކަތައް ސަލާމަތްކޮށް، ދިރިއުޅުމުގައި ކާމިޔާބުކަމާއެކު އަބަދުވެސް ކުރިއަށްދެވޭނެއެވެ.

  • ތަރުޖަމާއެއް