ތިބާގެ އަނބިމީހާއެކު ކާމިޔާބު ޒަވާޖީ ދިރިއުޅުމެއް ވޭތުކުރެވޭނީ އޭނާއަކީ ކާކުކަން ރަނގަޅަށް އެނގިގެންނެވެ. އެ ގޮތުން މި ބަލައިލަނީ އަނބިމީހާއާމެދު ހެޔޮ ގޮތުގައި ބަލަންޖެހޭ 50 ކަމަކަށެވެ.
- އަނބިމީހާއަކީ "ޕާފެކްޓް" ނުވަތަ އެންމެ ފުރިހަމަ އިންސާނެއް ނޫނެވެ. އެއްވެސް އިންސާނަކު ހުރިހާ ގޮތަކުން ފުރިހަމައެއް ނުވާނެއެވެ. އެހެންކަމުން އޭނާއަށް ކުރެވޭ ކުށްތަކަށް މައާފުކުރާށެވެ.
- އޭނާއަކީ ތިބާގެ ކަށީގެ ކަށްޓެކެވެ. އޭތި ބިންދައިނުލައިށެވެ.
- އޭނާއަކީ ތިބާއަށް ލިބުނު ހަދިޔާއެކެވެ. އޭނާ ބަލައިގަންނާށެވެ.
- އޭނާއަކީ ތަދު ޖަވާހިރެކެވެ. ރައްކާތެރިކަމާއެކު އޭނާއަށް މަގުދައްކާށެވެ.
- އޭނާއަކީ ތިބާގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. އޭނާއާ ރަހްމަތްތެރިކަމާއެކު ހިތާށެވެ.
- އޭނާއަކީ ތިބާގެ އުފަލެވެ. ރަނގަޅަށް ކާން ދީ ބަލަހައްޓާށެވެ.
- އޭނާއަކީ ރައްކާތެރިކަމާއެކު ލޯބިން ގެންގުޅެން ޖެހޭނެ މީހެކެވެ. އޭނާއާ އަބަދުވެސް އުފަލުންހުރެ މުއާމަލާތްކުރާށެވެ.
- އޭނާއަކީ ތިބާގެ ކުރިމަގެވެ. އެ ކަމާ އުފާކުރާށެވެ.
- އޭނާއަކީ ރޫހު ނުރަނގަޅު މީހެއް ނޫނެވެ. އޭނާ ދޫކޮށް ނުލައިށެވެ.
- އޭނާއަކީ ހަމައެކަނި ތިބާގެ ޝަހުވާނީ އެދުން ފުއްދަން ހުރި މީހެއް ނޫނެވެ. ހަޔާތުގެ ހުރިހާ ކަމެއްގައި އޭނާ ބައިވެރިކުރާށެވެ.
- އޭނާއަކީ ތިބާގެ ދުޝްމިނެއް ނޫނެވެ. އޭނާއަށް ހިތްވަރު ދޭށެވެ.
- އޭނާއަކީ އާއިލީ މުދަލެއް ނޫނެވެ. ތިބާގެ އާއިލާގެ މެންބަރުންގެ އަތްމައްޗަށް އޭނާ ދޫކޮށްނުލާށެވެ.
- އޭނާއަކީ ތިބާގެ ވާދަވަރިއެއް ނޫނެވެ. އޭނާއާ ވާދަ ނުކުރާށެވެ.
- އޭނާއަކީ އަންހެނެކެވެ. އޭނާއަށް ޝަރަފު ދޭށެވެ.
- އޭނާއަކީ ތިބާގެ ހަޔާތުގައިވާ އާއްމު އެހެން މީހެއް ފަދަ މީހެއް ނޫނެވެ. އެހެން އަންހެނުންނާ އޭނާ އަޅާނުބަލާށެވެ.
- އޭނާއަކީ އަތް ދޮންނަ ތަށްޓެއް ނޫނެވެ. އޭނާއަށް އަނިޔާވެރި ނުވާށެވެ.
- އޭނާއަކީ ބަލިކަށި އުޅަނދެކެވެ. ފަރުވާތެރިކަމާއެކު ބަލަހައްޓާށެވެ.
- އޭނާއަކީ ރީތި ރާނީއެކެވެ. އެ ކަން ފާހަގަކުރާށެވެ.
- އޭނާއަކީ ހަނގުރާމަވެރިއެއް ނޫނެވެ. އޭނާއާ ތަޅާނުފޮޅާށެވެ.
- އޭނާއަކީ ބޮކްސިން ތަޅާ ޕަންޗިން ބޭގެއް ނޫނެވެ. އޭނާގެ ގައިގައި ނުޖަހާށެވެ.
- އޭނާއަކީ ކުޅިވަރެއް ނޫނެވެ. އޭނާއަކީ ކުޅިވަރަކަށް ނުހަދާށެވެ.
- އޭނާއަށް ބޭނުންވަނީ ބަނިޔާދަން ކަމާއެކު ލޯބިކޮށްލުމެވެ. ގޮއްލަރުކޮށް ޖިމާއުވުމެއް ނޫނެވެ.
- އޭނާއަކީ އެއްޗެހި އަޅުވާ ކަހަލަ އާލާތެކެވެ. އޭނާގައި ރަނގަޅަށް ހިފަހައްޓައި، އޭނާ ދޫކޮށް ނުލައި، އޭނާއާ ރަނގަޅަށް ގުޅިގެން އުޅޭށެވެ.
- އޭނާއަކީ ތިބާގެ ޒަވާޖީ ދިރިއުޅުމުގެ އެންމެ މުހިންމު ލޯތްބެވެ. އޭނާއަށް ތައުރީފުކުރާށެވެ.
- އޭނާއަކީ މުހިންމު މީހެކެވެ. އޭނާއަށް ގަދަރުކުރާށެވެ.
- އޭނާގެ ޝަހުސިއްޔަތު ބައްޓަންކުރުމުގައި ތިބާގެ ދައުރެއް ވެސް ވާއިރު އޭނާ އޭނާގެ ގޮތުގައި ބަލައިގަތުމަކީ ވެސް މުހިންމު ކަމެކެވެ.
- އޭނާއަކީ ތިބާގެ އުފާވެރިކަމެވެ. އޭނާގެ ފަހަތުން ދުވާށެވެ.
- އޭނާއަށް ބޭނުންވަނީ ތިބާގެ އިހްތިރާމެވެ. ފަހަރެއްގައި ވެސް އާއްމު ތަނެއްގައި އޭނާ ލަދުގަންނަވައިލައިގެން ނުވާނެއެވެ.
- އޭނާއަކީ ވަޅިއެއް ނޫނެވެ. އޭނާއާމެދު އަޅާލުމާއި ފަރުވާތެރިކަމާއެކު އަމަލު ކުރާށެވެ.
- އޭނާއަކީ އޭނާގެ އަމިއްލަ ޝަހުސިއްޔަތެއްގެ ވެރި މީހެކެވެ. އޭނާގެ ޝަހުސިއްޔަތު ކަނޑައަޅާނީ އާއިލާގައާއި ގޭތެރޭގައި ކުރާ މަސައްކަތްތަކަށް ބިނާކޮށްފައެއް ނޫނެވެ.
- އޭނާއަކީ ތިބާއަށް ވަފާތެރި މީހެކެވެ. އޭނާއާމެދު ޝައްކާއި ވަހުމްގެ ނަޒަރަކުން ނުބަލާށެވެ.
- އޭނާއަކީ މޮޔައެއް ނޫނެވެ. އޭނާ ދޭ ނަސޭހަތް ގަބޫލު ކުރާށެވެ.
- އޭނާއަށް ކުށެއް ކުރެވުނަސް އެއީ ގަސްދުގައި ނުބައި ނިޔަތެއްގައެއް ނޫނެވެ. އޭނާއާމެދު ހިތްބަރުކޮށްގެން ނުވާނެއެވެ.
- އޭނާއަކީ ތިބާއަށް ލިބޭނެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. އޭނާއާ ގާތް އަދި ރަހްމަތްތެރި ގުޅުމެއް ދަމަހައްޓާށެވެ.
- އޭނާއަކީ ތުންފުއްސެއް ނޫނެވެ. އޭނާގެ ބޭނުން ނުބައި ގޮތަކަށް ނުހިފާށެވެ.
- އޭނާއަކީ ގޭގައި ގެންގުޅޭ ނޯކަރެއް ނޫނެވެ. ބަދިގޭގެ މަސައްކަތުގައި ތިބާ ވެސް ބައިވެރިވާށެވެ.
- އޭނާގައި ވަރުގަދަ ޖަޒުބާތުތަކެއްވެއެވެ. އެ ކަމަށް ސަމާލުކަން ނުދީ ނުހުންނާށެވެ.
- އޭނާއަކީ ތިބާއަށް ވަރަށް މުހިންމު މީހެކެވެ. އޭނާ އެއްފަރާތް ނުކޮށްލާށެވެ.
- އޭނާއަކީ ރަނިކަމަނާއެކެވެ. އޭނާއާ ޒުވާބު ނުކުރާށެވެ.
- އޭނާއަކީ ހަމައެކަނި ދަރިން ބެލުމަށް ހާއްސަ މީހެއް ނޫނެވެ. ދަރިން ބެލެހެއްޓުމުގައި އޭނާއާ ވެސް ބައިވެރިވާށެވެ.
- އޭނާއަކީ ވިސްނުންތެރިއެކެވެ. އޭނާގެ ހިޔާލުތަކުގައި ކޮޅުފައިން ނުޖަހާށެވެ.
- އޭނާއަކީ ތިބާގެ ޒިންމާއެކެވެ. އޭނާއަށް ބޭނުންވާ ކަންތައްތައް ކޮށްދޭށެވެ.
- އޭނާއަކީ ތިބާގެ އަނެއް ބައެވެ. އޭނާ ތިބާއާ ވަކިކޮށްގެން ނުގެންގުޅޭށެވެ.
- އޭނާއަކީ ތިބާގެ ހަޔާތުގެ އެންމެ މުހިންމު މީހާއެވެ. އޭނާއަށް އިސްކަން ދޭށެވެ.
- އޭނާއަކީ ތިބާގެ ހަޒާނާއެވެ. ރައްކާތެރިކަމާއެކު އޭނާ ފޮރުވާށެވެ.
- އޭނާއަށް ތިބާގެ އެހީތެރިކަން ބޭނުންވެއެވެ. އޭނާއަށް އެހީވާށެވެ.
- އޭނާއަށް ތިބާގެ ފުރިހަމަ ސަމާލުކަން ބޭނުންވެއެވެ. ތިބާގެ ސަމާލުކަން ޓީވީއަށް ނުދޭށެވެ.
- އޭނާއަކީ އަގުބޮޑު މީހެކެވެ. އޭނާގެ ހަޔާތަށް އިތުރު ފުރިހަމަކަން ގެނެސްދޭށެވެ.
- އޭނާއަކީ ތިބާގެ ތާޖެވެ. އޭނާ ދޫކޮށްލުމަކީ ތިބާގެ ޝަރަފު ވެސް ގެއްލިގެންދާނެ ކަމެކެވެ.
- އޭނާއާމެދު މާތްﷲ ތިބާއާ ސުވާލުކުރައްވާނެއެވެ. އޭނާއާމެދު ޖިސްމާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން ފަރުވާތެރިކަމާއެކު ކަންތައްތައް ކުރާށެވެ.
މި ކަންތައްތަކަށް ބަލައިލުމުން އަނބިމީހާ ހާއްސަވާ އެތައް ސަބަބެއް ވާކަން ދެނެގަނެވެއެވެ. މި މޭރުމުން ވިސްނައިގެން އަނބިމީހާ އޭނާގެ ގޮތުގައި ބަލައިގަތުމުން ތިބާގެ ޒަވާޖީ ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިއަށްގެންދެވޭނެއެވެ.
- ތަރުޖަމާއެއް