އެއް ދުވަހަކު މީހަކު ވަރަށް ކާމިޔާބު އަންހެނެއްގެ ގާތުގައި އެ އަންހެންމީހާގެ ކާމިޔާބީގެ ބޮޑު ސިއްރަކީ ކޮބައިތޯ އެއްސެވެ.
އަންހެންމީހާ ހިނިތުންވެލައިފައި އެ މީހާއަށް ކިޔައިދިނެވެ:
"ކާމިޔާބު އައިސް އަހަރެންގެ އަތުގައި ހިފީ ކުދިކުދި ހަނގުރާމަތައްކުރުން ހަމަނުޖެހޭ މީހުންނަށް ދޫކޮށްލުމުންނެވެ.
ފުރަތަމަ ކަމަކަށް އަހަރެން ކުރި ކަމަކީ އަހަރެންނާމެދު ދެބައޮޑުވާ މީހުންނާ އަހަރެން ހަނގުރާމަ ކުރުން ހުއްޓައިލުމެވެ.
ދެވަނަ ކަމަކަށް އަހަރެން ކުރި ކަމަކީ އަހަރެންގެ މައިދައިތަ އާއި ބަފާބެއާ ހަނގުރާމަ ކުރުން ހުއްޓައިލުމެވެ.
ތިން ވަނަ ކަމަކަށް އަހަރެން ކުރި ކަމަކީ އެހެން މީހުންގެ ސަމާލުކަން ހޯދަން ކުރާ ހަނގުރާމަ ހުއްޓައިލުމެވެ.
ހަތަރު ވަނަ ކަމަކަށް އަހަރެން ކުރި ކަމަކީ އެހެން މީހުންނާއި މުޖުތަމައުން ބޭނުންވާ ބައްޓަމައަށް އަހަރެން ފެތެން ކުރާ ހަނގުރާމަ އަހަރެން ހުއްޓައިލުމެވެ.
ފަސް ވަނަ ކަމަކަށް އަހަރެން ކުރި ކަމަކީ އަހަރެންގެ ހައްގުތައް ހޯދަން ސޭކު މީހުންނާ ކުރާ ހަނގުރާމަ ހުއްޓައިލުމެވެ.
ޖުމްލަ ގޮތެއްގައި ބުނާ ނަމަ، މި ފަދަ ހަނގުރާމަތައް ކުރަން އަހަރެން ދޫކޮށްލީ ހަނގުރާމަކޮށްގެން ކާމިޔާބު ކުރަން ބޭނުންވާ ހަޔާތުގެ އަމާޒުފަތްގަނޑުތަކެއް ނެތް މީހުންނަށެވެ.
ދެން އަހަރެން ހަނގުރާމަ ކުރަން ފެށީ އަހަރެން އެދޭ އަމާޒުތަކަށެވެ. އެއީ އަހަރެން ކުރަން ބޭނުންވެފައިވާ ކަންތައްތަކާއި އަހަރެންގެ ހުވަފެންތަކާއި އަހަރެންގެ އުފެއްދުންތެރި ހިޔާލުތަކާއި އަދި އަހަރެންގެ ކުރިމަގަށެވެ.
އެހެންކަމުން، އަހަރެންނަށް ކާމިޔާބު ލިބެން ފެށި ދުވަހަކީ ކުދިކުދި ހަނގުރާމަތައް ކުރުމުން އަހަރެން ދުރުވި ދުވަހެވެ.
އަހަރެން ތިބާއަށް ބުނެލަން އޮތީ ބައެއް ހަނގުރާމަތައް ކުރުމަކީ ވަގުތު ބޭކާރު ކުރުމެއް ކަމެވެ. މިހެންވެ، ތިބާ ކުރަން ބޭނުންވާ ހަނގުރާމަތައް ވިސްނުންތެރިކަމާއެކު ހިޔާރުކުރާށެވެ."
- ތަރުޖަމާއެއް
