Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ވައަތްފަޅިއަށް އޮވެ ނިދުމުން ލިބޭ 7 ފައިދާ

ހަށިގަނޑުގެ އެތައް ގުނަވަނެއް ހުޅުވި، ރަނގަޅަށް މަސައްކަތް ކުރަނީ ވައަތްފަޅިއަށް އޮވެ ނިދުމުންނެވެ. މި ބަލައިލަނީ މި ކަމުން ލިބޭ ހަތް ފައިދާއަށެވެ.

  1. މުޅި ހަށިގަނޑަށް ލޭ ފޮނުވައިދެނީ ހިތުގެ ވައަތްފަޅިންނެވެ. މިހެންވެ ވައަތްފަޅިއަށް އޮވެ ނިދުމުން ތިބާ ނިދާއިރު ވެސް ހިތުގެ މަސައްކަތް ރަނގަޅަށް ހިނގަން ފުރުސަތު ލިބެއެވެ. މިއީ ބިމުގެ ގްރެވިޓީ ނުވަތަ ދަމާބާރު ހުންނަ ގޮތަށް ބެލިއަސް ހިތުގެ ނިޒާމު އެންމެ ރަނގަޅަށް މަސައްކަތްކުރާ ގޮތެވެ. މި ކަމުގެ ސަބަބުން އެއޯޓާގެ މަސައްކަތަށް އެހީވެދެއެވެ. އެއޯޓާއަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އޮކްސިޖަން ގޭހާއި ކާނާ ފޮނުވައިދޭ މައި ލޭ ހޮޅިއެވެ. މީގެ އިތުރުން އިންފީރިއާ ވޭނާ ކާވާ ވެސް ރަނގަޅަށް މަސައްކަތްކުރެއެވެ. މިއީ ހަށިގަނޑުގެ އެހެން ސަރަހައްދުތަކުން ހިތަށް ލޭ ފޮނުވައިދޭ ބޮޑު ހޮޅިއެކެވެ. ވޭނާ ކާވާގެ ދެ ބައެއް ވެއެވެ. އެއީ ސުޕީރިއާ ވޭނާ ކާވާ އަދި އިންފީރިއާ ވޭނާ ކާވާއެވެ. ސުޕީރިއާ ވޭނާ ކާވާގެ މަސައްކަތަކީ ތިބާގެ ބޯ، ކަރު، ދެ އަތް އަދި މެއިން ލޭ ފޮނުވައިދިނުމެވެ. އިންފީރިއާ ވޭނާ ކާވާއަކީ ހަށިގަނޑުގައިވާ އެންމެ ބޮޑު ލޭ ހޮޅިއެވެ. ފައި، ފައިތިލަ، ހަށިގަނޑުގެ ތިރީ ބައި ނުވަތަ އެބްޑޮމަން އަދި ޕެލްވިސްއިން އޮކްސިޖަން ހުސްވެފައިވާ ލޭ ހިތަށް ގެންގޮސްދެއެވެ.
  2. ވައަތްފަޅިއަށް އޮވެ ނިދުމަކީ މާބަނޑު މީހުން ކޮންމެހެން ވެސް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ކަނާތްފަޅިއަށް އޮވެ ނިދިއަސް އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް ވިޔަސް ވައަތްފަޅިއަށް އޮވެ ނިދުމުން ހަށިގަނޑަށް އިތުރު ފައިދާތަކެއް ލިބެއެވެ. ހާއްސަކޮށް މާބަނޑު ހާލަތުގެ ފަހު ދުވަސްކޮޅުއެވެ. ވައަތްފަޅިއަށް އޮވެ ނިދުމުން ލޭ ދައުރުކުރާލެއް އިތުރުވެއެވެ. އަދި މެއަށް ކުރާ ޕްރެޝަރު ވެސް ކުޑަވެއެވެ. މިހެންވެ ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި މެއަށް ކުރެވެނީ ވައަތްފަޅިއަށް އޮވެ ނިދުމުންނެވެ.
  3. ހަށިގަނޑުން ޓޮކްސިންސް ނުވަތަ ވިހަ މާއްދާތައް ބޭރު ކުރުމަށް ލިމްފެޓިކް ނިޒާމު ކޮންމެހެން ވެސް މުހިންމެވެ. މި ނިޒާމަކީ މުޅި ހަށިގަނޑުގައިވާ ނާޒުކު ހޮޅިތަކެއްގެ ވިއުގައެކެވެ. ލޭ ހޮޅިތަކުން ލީކުވެ ޓިޝޫތަކަށް އެޅޭ ދިޔަ ނުވަތަ ލިމްފް، ލިމްފް ނޯޑުތައް ނުވަތަ ލިމްފް ޖަންކްޝަންތަކުން ލޭ ދައުރުކުރާ ނިޒާމަށް މި ފަދަ ދިޔަ އަލުން ފޮނުވައިލަދެއެވެ. އަދި މި ދިޔަ ވައަތު ތޮރެސިކް ޑަކްޓަށް ހުސްކޮށްލައެވެ. މިހެންވެ ވައަތްފަޅިއަށް އޮވެ ނިދުމުން ހަށިގަނޑުން ދިޔަ ބޭރު ކުރުމުގެ މަސައްކަތް ހަލުއިވެއެވެ. އެހެންކަމުން ލިމްފެޓިކް ނިޒާމަކީ ހަށިގަނޑުގައި ހުންނަ ދިޔައިގެ މިންވަރު ބަލަހައްޓައިދޭ މައި ނިޒާމެވެ. މީގެ އިތުރުން ވައަތްފަޅިއަށް އޮވެ ނިދުމުން ސެލްތަކުން ނިކުންނަ ޕްރޮޓީން އެ ދާން ޖެހޭ އެންމެ ފަހުގެ މަންޒިލަށް ފޮނުވައިދެއެވެ.
  4. ގިނަ އިރު ކަނާތްފަޅިއަށް އޮވެ ނިދައިފި ނަމަ ތިބާގެ މޭގައި ދިޔަ ހަރުލައެވެ. ސަބަބަކީ މެއަކީ އިންސާނާގެ ހަށިގަނޑުގެ ކަނާތް ފަރާތުގައިވާ ގުނަވަނަކަށްވީމައެވެ. މިހެންވެ ވައަތްފަޅިއަށް އޮވެ ނިދުމުން ކެމިކަލްތަކާއި ވިހަ ޓޮކްސިންތަކުގެ ބާރު ދަށްކޮލުމަށް މެއަށް ފުރުސަތު ލިބެއެވެ. އެއީ މި ފަދަ ވިހަ ރައްކާކުރުމަށް ނުވަތަ ބޭރުކުރުމަށް ވިޔަސްމެއެވެ.
  5. ސްޕްލީންއަކީ ލޭ ރައްކާކޮށް، އަދި އެ ލޭ ފިލްޓަރު ނުވަތަ ފުރައިނައިދޭ ކުޑަ ގުނަވަނެކެވެ. މިއީ ދިފާއީ ނިޒާމުގެ ތެރޭގައި ހިމެނޭ ގުނަވަނެކެވެ. ތިބާއަށް އިންފެކްޝަން ނުވަތަ ބަލިބަލި ޖެހުމުން ރައްކާތެރި ކޮށްދިނުމަށްޓަކައި ލޭގެ ސެލްތައް އުފައްދައިދެއެވެ. ސްޕްލީންއަކީ ވެސް ހަށިގަނޑުގެ ވައަތްފަޅީގައި އިންނަ ގުނަވަނެކެވެ. އަދި މިއީ ލިމްފެޓިކް ނިޒާމުގެ މުހިންމު ބައެކެވެ. މިހެންވެ ވައަތްފަޅިއަށް އޮވެ ނިދުމުން ސްޕްލީން އެންމެ ފުރިހަމައަށް ހިންގުވައިލެވެއެވެ. ޕޮލިއުޓަންޓްސް ނުވަތަ ހަށިގަނޑު ތަޣައްޔަރުކޮށްލާ ކުނިބުނި ފުރައިނައިލައި އަދި ސްޕްލީނަށް ފޮނުވައި ލޭގެ މިންވަރު ވެސް އިތުރުވެގެންދެއެވެ.
  6. ތިބާއަކީ ނޮކްޓާނަލް އެސިޑް ރިފްލަކްސް ނުވަތަ މޭ އެނދުން އިހުސާސް ކުރެވޭ މީހެއް ހެއްޔެވެ؟ މޭ އެނދުން ނުވަތަ ގެސްޓްރޯއެސޮފެޖިއަލް ރިފްލަކްސް ޑިޒީޒް (ޖީ.އީ.އާރް.ޑީ) ހުންނަ މީހުން ވައަތްފަޅިއަށް އޮވެ ނިދާ ނަމަ މޭ އެނދުން ހުއްޓޭނެއެވެ. ތިބާގެ ބަނޑު، ތިބާގެ ކާޑިއަކް ސްޕިންސްޓާ ދަށަށްވާ ގޮތަށް އޮތުމުން، ކަރު ތެރެއިން ހަޖަމުކުރާ ނިޒާމަށް ކާބޯތަކެތި ފޮނުވައިދޭ ހޮޅިއަށް، ބަނޑުގައިވާ ކާބޯތަކެތި އަރަން ހުރަސްއެޅޭނެއެވެ. މިއީ ތިބާއަކީ މޭ އެނދުން ތަހައްމަލު ކުރަމުންދާ މީހެއް ނަމަ ހަޔާތް ރަނގަޅު މަގަށް ބަދަލުކޮށްލާނެ ކަމެކެވެ. ވައަތްފަޅިއަށް އޮވެ ނިދައިލައި މޭ އެނދުން ހުއްޓޭ ހުއްޓުން ތަޖުރިބާކޮށްލާށެވެ.
  7. ކުޑަ ގޮހޮރާއި ބޮޑު ގޮހޮރު ގުޅުވައިދެނީ އިލިއޮސީކަލް ވޭލްވުންނެވެ. މި ވޭލްވު ހުޅުވެނީ ވައަތްފަޅިއަށް އޮވެ ނިދުމުންނެވެ. މިއީ ބިމުގެ ދަމާބާރުގެ އެހީގައި، ކާބޯތަކެތީގެ ތެރެއިން ބަނޑު ތެރޭގައި ހަޖަމުވެ ނިމޭއިރު އެ ހުންނަ ބާކީ ނުވަތަ ބޭކާރު ކުނިބުނި ތަކެތި ނުވަތަ ބޮޑުކަމުދާ ތަކެތި، ގަވައިދުން ފުރަގަސްފަރާތަށް ފޮނުވައިދޭ ވޭލްވު ނުވަތަ ދޮރެވެ. ހަޖަމުގެ ނިޒާމުގެ ދުޅަހެޔޮކަން ރަނގަޅު މަގުން ގަވައިދުން ބެލެހެއްޓުމަކީ ސިއްހަތަށް މުހިންމު ކަމެކެވެ. އެ ގޮތުން ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމަށް މަގުފަހި ކުރުމުގެ ގޮތުން ވައަތްފަޅިއަށް އޮވެ ނިދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

މި ބަލައިލި ހަތް ކަންތަކަކީ ވައަތްފަޅިއަށް އޮވެ ނިދުމުން ތިބާގެ ސިއްހަތަށް ލިބޭނެ ރަނގަޅު ފައިދާތަކެވެ. މިހެން އޮވެގެން ނިދުމަށް ހޭނެން ދުވަސްކޮޅެއް ނަގާފާނެއެވެ. ނަމަވެސް މިއީ ދިގު މުއްދަތަކަށް ބަލައިފި ނަމަ، ސިއްހަތު ރަނގަޅުވުމަށާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ކަމެކެވެ. މި ކަހަލަ ކުޑަ ކަމަކުން ތިބާގެ ޖިސްމާނީ ދުޅަހެޔޮކަމަށް ބޮޑު ބަދަލެއް ގެނެސްދޭނެއެވެ. ތިބާގެ ހަށިގަނޑު އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުވަން މަގުފަހިވާތީއެވެ. އަޖުމަ ބަލައިލުމުގެ ގޮތުން ވެސް ވައަތްފަޅިއަށް އޮވެ ނިދަމާ ހެއްޔެވެ. ގަވައިދުން މި ގޮތަށް ނިދަން އޮށޯތުމުން، މި ފަދަ ކުޑަކުޑަ ކަމަކުން ވެސް، ތިބާއަށް ލިބޭ އަރާމާއި ސިއްހީ ދުޅަހެޔޮކަން އެތައް ގުނައެއް އިތުރުވާނެއެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

3 Responses

  1. ޜަސޫލާގެ ހަދީސުން އެނގެނީ ކަނާތް ފަޅިއަށް އޮވެ ނިދުން ސުންނަތް ކަމަށް. ޢެހެންވީމާ މީގަ މި ބުނާ ގޮތަށް ފައިދާވާނެކަމަށް ގަބޫލުކުރަން ދަތި….

  2. Sunnathuga onna gothah nidheema libeyne thihurihaa faidhaaeh, kanaa aiy faraathah ove nidhun onnanee sunnathuga, dhen meethi kiyaafa enmen vaa aiy falhiyah nindhavan thiulhenee.midhen boduvaru😡

  3. ހަމީދުގެ ކޮމަންޓަށް ވަރަށް ތާއީދު އެއީ ވާތްފަޅީގަ ހިތް އޮވެފަ ހިތް ފިތޭނެކަމަށް ގަބޫލު ކުރެވޭތީވެ ސުންނަތަށް ބުރަވެވެނީ އެއަކަށް ބަދަލެއްނުގެނެވޭނެ އެއީ އިލާހީ ލަފާ، ފަރުވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *