Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަޔާތުގެ އަމާޒުތަކަށް ވާސިލުވާން ފަށާނެ ގޮތްތަކަކީ މިއީ

ހަޔާތަށް ކުރިމަތިވެފައިވާ އެތައް ގޮންޖެހުންތައް ހައްލުކުރާނީ ކިހިނެތްކަމާމެދު ތިބާ ވަނީ މާޔޫސްވެފައި ހެއްޔެވެ؟ މި ބަލައިލަނީ ދިރިއުޅުމުގެ 30 މައްސަލައެއް ހައްލުކުރެވޭނެ ގޮތްތަކަށެވެ.

  1. ގެއެއްގެ މިލްކުވެރިޔަކަށް ވާން ބޭނުން ނަމަ ބިމެއް ގަތުމުން ފަށައިށެވެ.
  2. "ހިލާފަތެ"އް ތަރައްގީ ކުރަން ބޭނުން ނަމަ ތިބާގެ ވިޔަފާރި ތަރައްގީ ކުރަން ފަށައިށެވެ.
  3. ސިއްހަތު ރަނގަޅަށް ބަހައްޓަން ބޭނުން ނަމަ ރަނގަޅު ކާނާ ބޭނުންކުރަން ފަށައިށެވެ.
  4. ވިސްނުންތެރި މީހަކަށް ވާން ބޭނުން ނަމަ ފޮތް ކިޔަން ފަށައިށެވެ.
  5. ދުނިޔޭގައި ދަތުރުކޮށްލަން ބޭނުން ނަމަ ފައިސާ ރައްކާކުރަން ފަށައިށެވެ.
  6. އުފާވެރިކަން ހޯދަން ބޭނުން ނަމަ ޝުކުރުވެރިވާން ފަށައިށެވެ.
  7. މުއްސަނދިވާން ބޭނުން ނަމަ ތިބާގެ ފައިސާ ރަނގަޅަށް ބަލަހައްޓަން ފަށައިށެވެ.
  8. ރަނގަޅު ލީޑަރަކަށްވާން ބޭނުން ނަމަ ފުރަތަމަ ތިބާގެ ނަފުސު ކުރިއަށްގެންދަން ފަށައިށެވެ.
  9. ރަނގަޅު ބެލެނިވެރިއަކަށް ވާން ބޭނުން ނަމަ ފުރަތަމަ ތިބާއަކީ މިސާލެއް ކަމަށް ވާން ފަށައިށެވެ.
  10. ކަމެއް ކާމިޔާބު ކުރަން ބޭނުން ނަމަ ފުރަތަމަ ކުޑަ ފިޔަވަޅުތަކެއް އަޅަން ފަށައިށެވެ.
  11. އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން ދެމެހެއްޓުމަށް ބޭނުން ނަމަ ތިބާގެ ނަފުސަށް އިތުބާރު ކުރަން ފަށައިށެވެ.
  12. އާ ހުނަރެއް ދަސްކުރަން ބޭނުން ނަމަ ކޮންމެ ދުވަހަކު އެ ކަމެއް ފަރިތަ ކުރަން ފަށައިށެވެ.
  13. އުފެއްދުންތެރިކަން ކުރިއަރުވަން ބޭނުން ނަމަ އާ ކަންތައްތައް ތަހުލީލު ކުރަން ފަށައިށެވެ.
  14. ތިބާއަށް އިހުތިރާމް ލިބެން ބޭނުން ނަމަ އެހެން މީހުންނަށް އިހުތިރާމް ކުރަން ފަށައިށެވެ.
  15. ވަރުގަދަ ގުޅުންތަކެއް ގާއިމުކުރަން ބޭނުން ނަމަ ތިބާއަކީ އިތުބާރު ހިފޭ މީހަކަށް ވާން ފަށައިށެވެ.
  16. ތިބާގެ ލަނޑުދަނޑިތަކަށް ވާސިލުވާން ބޭނުން ނަމަ އެ އަމާޒުފަތްގަނޑުތައް ސާފު ނަޒަރަކުން ގާއިމުކުރަން ފަށައިށެވެ.
  17. ތިބާއަކީ ތަރުތީބުން ކަންތައްތައް ކުރަން ބޭނުންވާ މީހެއް ނަމަ ތިބާގެ ހަޔާތުގައިވާ ޖާގައިގައި އެކުލެވޭ ކުނިބުނިތައް އެއްފަރާތްކުރަން ފަށައިށެވެ.
  18. މިނިވަންކަން އިހުސާސް ކުރަން ބޭނުން ނަމަ ތިބާ ބިރުގަންނަ ކަންތައްތައް ދޫކޮށްލަން ފަށައިށެވެ.
  19. އެއްވެސް ކަމަކަށް ބަދަލެއް ގެންނަން ބޭނުން ނަމަ ފުރަތަމައިނުން ތިބާގެ ނަފުސަށް ބަދަލު ގެންނަން ފަށައިށެވެ.
  20. މެރަތަން ރޭހެއްގައި ދުވަން ބޭނުން ނަމަ ކޮންމެ ދުވަހަކު ހިނގަން ފަށައިށެވެ.
  21. ވިޔަފާރިއެއް ފަށަން ބޭނުން ނަމަ އެ ކަމަށް ތިމާ ބޭނުންވަނީ ކީއްވެކަން ދެނެގަންނަން ފަށައިށެވެ.
  22. އަނެކުންނަށް އެހީ ވާން ބޭނުން ނަމަ ފުރަތަމައިނުން ތިބާގެ އަމިއްލަ ނަފުސަށް އެހީ ވާން ފަށައިށެވެ.
  23. އެހެން ބަހެއް ދަސްކުރަން ބޭނުން ނަމަ ކޮންމެ ދުވަހަކު ފަރިތަކުރަން ފަށައިށެވެ.
  24. އުފެއްދުންތެރި މީހަކަށް ވާން ބޭނުން ނަމަ ވަގުތުގެ ބޭނުން ހިފާ ގޮތް ފައިދާ ހުރި ގޮތަކަށް ރާވައިލަން ފަށައިށެވެ.
  25. އިލްމު ބޭނުން ނަމަ ސުވާލު ކުރަން ފަށައިށެވެ.
  26. ޖިސްމާނީ ދުޅަހެޔޮކަން ބޭނުން ނަމަ ގަވައިދުން ކަސްރަތު ކުރަން ފަށައިށެވެ.
  27. ނަފުސަށް އަމާންކަން ބޭނުން ނަމަ އެހެން މީހުންނާ ދޭތެރޭ ހިތްބަރު ނުކުރަން ފަށައިށެވެ.
  28. ހަރުދަނާ މީހަކަށް ވާން ބޭނުން ނަމަ ގޮންޖެހުންތަކަށް ކެތްތެރިވާން ފަށައިށެވެ.
  29. އެހެން މީހުންނަށް ހެޔޮކޮށްހިތަން ބޭނުން ނަމަ ތިބާގެ ނަފުސަށް ފުރަތަމަ ހިތްހެޔޮކޮށް ކަންތައް ކުރަން ފަށައިށެވެ.
  30. ރަނގަޅު އަސަރެއް ތިބާގެ ފަރާތުން ކުރަން ބޭނުން ނަމަ ތިބާއަކީ ތެދުވެރި މީހަކަށް ވާން ފަށައިށެވެ.

ކާމިޔާބަކީ އެންމެ ދުވަހަކުން ލިބޭނެ އެއްޗެއް ނޫނެވެ. ފުދޭވަރެއްގެ ނަތީޖާއެއް ނެރެން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރަން ޖެހެއެވެ. ކޮންމެ ދަތުރެއް ވެސް ފަށަނީ ފުރަތަމަ ފިޔަވަޅަކާއެކުއެވެ. ކުރިމަތީގައި އޮތް ލަނޑުދަނޑިއަކީ ބޮޑުވެގެންވާ އަމާޒުފަތްގަނޑެއްހެން ހީވިއަސް ހިތްވަރު އެލުވައި ނުލައިށެވެ. ފުރަތަމަ ފިޔަވަޅު އެޅުމަށް ސަމާލުކަން ދޭށެވެ. ދެން ޖެހިގެން އަންނަ ފިޔަވަޅަށެވެ. މިހެން ގޮސް ނޭނގި ހުއްޓާ ދެވޭނީ ތިބާގެ ހުވަފެންތައް ހަގީގަތަކަށްވާ މަރުހަލާއަށެވެ. ދިރިއުޅުމުގައި ކާމިޔާބު ހޯދުމުގެ ތަޅުދަނޑިއަކީ އެ ފުރަތަމަ ފިޔަވަޅު މައްޗަށް ތެދުވުމެވެ. އެއީ ކިތައްމެ ކުޑަ ފިޔަވަޅެއް ނަމަވެސްމެއެވެ. ދެން އެ ގޮތުގައި ކެތްތެރިކަމާއެކު ކުރިއަށް ދާށެވެ. ކާމިޔާބާ ހަމައަށް ދެވޭނެކަން ގަބޫލު ކުރުމުގައި ދެމިހުންނާށެވެ. ކުރިއެރުން ލިބޭނީ އެ ގޮތުގައި ހުރުމުންނެވެ.

  • ތަރުޖަމާއެއް