އަންހެނަކު ތިބާ ދޫކޮށްލާނީ އެހެން ބައިވެރިޔަކު ކަށަވަރު ކުރުމަށް ފަހުއެވެ. ތިބާގެ ލޯބިވެރިޔާ ތިބާ ދޫކޮށްލައިފި ނަމަ، އެއީ އޭނާއަށްޓަކައި އެހެން ލޯބިވެރިޔަކު ތައްޔާރަށްހުރިކަން ކަށަވަރުކޮށްފައެވެ.
ތިބާއާ "އެކަހެރިވެލަން" ބޭނުންކަމަށް ބުނެފި ނަމަ، އޭގެ މާނައަކީ ތިބާގެ ލޯބިވެރިޔާއަށް އެހެން ދޮރެއް ހުޅުވިފައިވާ ކަމެވެ.
ބައެއް ފިރިހެނުންނަށް ހީވަނީ އަންހެންމީހާ ފުރަތަމަ އޭނާ ދޫކޮށްލަނީކަމަށެވެ. އަދި އާ ބައިވެރިޔަކު ހޯދަން ފަށަނީ ދެން ކަމަށެވެ. ނަމަވެސް ހަގީގަތަކީ މުޅިން އެއާ އިދިކޮޅެވެ:
- ތިބާގެ ލޯބިވެރިޔާ ފުރަތަމަ އެހެން ފިރިހެނަކު ހޯދާނީއެވެ. ދެން ތިބާއާ ގުޅުން ކަނޑާލާނީއެވެ.
- ފުރަތަމަ އާ ބައިވެރިޔަކު ކަށަވަރު ކުރާނީއެވެ. ދެން ތިބާ ދޫކޮށްލާނީއެވެ.
- ފުރަތަމަ ރާވާނީއެވެ. ދެން އެ ރޭވުން ތަންފީޒުކުރާނީއެވެ.
މި ކަން ބަލައިގަތުން ވާނީ ތިބާގެ ހިތަށް ލިބޭ ޒަހަމަކަށެވެ. ނަމަވެސް އޭނާ ތިބާ ދޫކޮށްލައިފި ނަމަ، އޭގެ މާނައަކީ އޭނާގެ "ރާޑަރަ"ށް އެހެން ފިރިހެނަކު މާ ކުރީއްސުރެ އަރައިފައިވާކަމެވެ.
ހަގީގަތަކީ މިއެވެ:
- އޭނާ ފުރަތަމަ ތިބާއާ ޖަޒުބާތީ ދުރުކަމެއް ގެންގުޅެން ފަށާނެއެވެ. ތިބާއާ ޒުވާބުކުރުން ހުއްޓާލާނެއެވެ. ތިބާގެ ފަރާތުން ކަންތައްތަކަށް އެދުން ހުއްޓާލާނެއެވެ. ތިބާއާމެދު އަޅާލުން ކުޑަކޮށްލާނެއެވެ. މިއީ ތިބާއާއެކު އޮތް ގުޅުމުން ނަފުސާނީ ގޮތުން އޭނާ ނުކުމެފައިވާކަމުގެ ނިޝާންތަކެވެ.
- ފަހަރުގައި އޭނާ އަދި އެހެން ފިރިހެނަކު ނުހޯދާ ހުރުން އެކަށީގެންވެއެވެ. ނަމަވެސް "މާރުކޭޓުގައި ލިބެން ހުރީ ކޮން ފިރިހެނުންނެއްކަން އޭނާ އެ ވަގުތު ދާނީ ދިރާސާ"ކުރަމުންނެވެ. ތިބާ ދޫކޮށްލުމަށް ފަހު އޭނާ އެކަނިވެރިއެއްގެ ގޮތުގައި މާ ގިނަ ދުވަހަކު މަޑެއް ނުކުރާނެއެވެ.
- ތިބާ ދޫކޮށްލުމަށް ފަހު އޭނާ ގުޅިދާނެ މީހުންގެ ތެރޭގައި އޭނާގެ ކުރީގެ ލޯބިވެރިއެއް، ދިގު މުއްދަތެއްގެ ރަހްމަތްތެރިއެއް ނުވަތަ އޭނާއާމެދު އަލަށް ޝައުގުވެރިވާ މީހަކު ވުން އެކަށީގެންވެއެވެ.
- ތިބާ ދޫކޮށްލާފައި ދާނީ ފަހަތަށް އެނބުރި ބެލުމެއް ނެތިއެވެ. ތިބާއަށް ދެވަނަ ފުރުސަތެއް ނުދޭނެއެވެ. "އަލުން ގުޅެންވީނުހޭ"އެކޭ ނުބުނާނެއެވެ. ތިބާއަށް ހުރިހާ ކަމެއް ރޭކާލާއިރު އޭނާ ހުންނާނީ އާ މީހަކާ ގުޅިފައެވެ. އެއީ ތިބާއަށް އެ ކަން ރަނގަޅަށް ހަޖަމް ވެސް ނުވަނީހެވެ.
މުޖުތަމައުން ތިބާގެ ގާތުގައި ނުބާނާނެ ވާހަކަތަކަކީ މިއެވެ:
- އަންހެނަކު ތިބާ ދޫކޮށްލައިފި ނަމަ އޭގެ މާނައަކީ އޭނާގެ ކަންތައްތައް ބަލަހައްޓާ އާ މީހަކު އޭނާއަށް ލިބިފައިވާކަމެވެ.
- އޭނާއަށް "ވަގުތު ބޭނުމޭ" އޭނާ ބުނެފި ނަމަ އޭގެ މާނައަކީ އޭނާގެ "ވަގުތު އެހެން ދިމާއެއްގައި އިންވެސްޓްކޮށްފި"ކަމެވެ.
- ތިބާއާ ގުޅުން ކަނޑައިލައިފައި އޭނާ އަދިވެސް ހުރީ އެކަނިހަށްޓަށް ކަމަށް ބުނެފި ނަމަ އޭގެ މާނައަކީ އޭނާ އެ ގުޅުނު މީހާއަކީ ކާކުކަން ތިބާއަށް އެނގެން ބޭނުންނުވާކަމެވެ.
މައްސަލައަކީ ފިރިހެނުންނަށް ހީވަނީ މިއީ އެ މީހުންނަށް ދިމާވި "ބަދުނަސީބެއް"ކަމަށެވެ. ހަގީގަތަކީ މިއީ އެ މީހުން "ވާނުވާ"ގައި ތިބުމެވެ. އަންހެނުންނަކީ ކުއްލިކުއްލިއަށް ކަންތައްތައްކުރާ ބައެއް ނޫނެވެ. އެ މީހުންނަކީ ދުރާލާ ރާވައިގެން ރާޒުވާ ކުޅިގަނޑު ކުޅޭ ބައެކެވެ. ތިބާ އާއި ތިބާގެ ލޯބިވެރިޔާގެ ދެމެދުގައިވާ ގުޅުމުގައި "ހުރިހާ ކަމެއް ވެސް ރަނގަޅު"ކަމަށް ޔަގީންކޮށްގެން ހުންނަ އިރު ވެސް ތިބާގެ ބައިވެރިޔާ ހުންނާނީ އޭނާ ދެން އަޅާނެ ފިޔަވަޅު ނިންމައިގެންނެވެ.
އޭ ފިރިހެނުންނޭ، ގަމާރު ނުވާށެވެ! ތިބާގެ ލޯބިވެރިޔާ ތިބާއާ ދުރަށް ޖެހޭ ކަމަށް ހީވާ ނަމަ، ހުށިޔާރު ވާށެވެ. ސަބަބަކީ އޭނާ ދެން ބުނާނީ މިހެންނެވެ: "އަހަރެން ނޭވާލާން ޖާގަ ބޭނުމެވެ."
- ތަރުޖަމާއެއް
