މައިކްރޮފޯން ނުވަތަ ކުރުކޮށް ނަމަ މައިކް ހިފަހައްޓާ ގޮތަކުން ލަވަ ކިޔާ މީހާގެ އަޑުގެ ކޮލިޓީއަށް ބަދަލު އާދެއެވެ. މި ބަލައިލަނީ މައިކް ހިފަހައްޓަންވާ ރަނގަޅު ގޮތްތަކާއި ރަނގަޅު ނޫން ގޮތްތަކަށެވެ.
މައިކް ހިފަހައްޓަންވާ ރަނގަޅު ގޮތްތައް:
- މައިކްގައި ހިފަހައްޓާނީ އޭގެ ހޭންޑްލްގައެވެ. ގްރިލް ކައިރީގައެއް ނޫނެވެ.
- އަޑު ސާފުކޮށް ގެނައުމަށް މައިކް ގެންގުޅޭނީ ތިބާގެ އަނގައާ އެއް އިންޗި އާއި ދެ އިންޗީގެ ދުރުމިނެއްގައެވެ.
- ޕްލޯސިވް ބަސްތަކުން ޕޮޕިން އަޑު ހުއްޓުވުމަށް މައިކް އަރިކޮށްލައިފައި ބަހައްޓާނީ ތިބާގެ އަނގައާ 45 ޑިގްރީ އޭންގަލެއްގައެވެ.
- މައިކްގައި ރަނގަޅަށް ހިފިއަސް ތިބާގެ އަތަށް ބާރުނުކުރާށެވެ.

މައިކް ހިފަހައްޓަން ނުވާ ގޮތްތައް:
- ގްރިލްގައި ހިފުމުން އަޑު ބަންދުވާނެއެވެ. އަދި އަޑު ފަނޑު ވެސް ވާނެއެވެ.
- ތިބާގެ އަނގައާ މާ ކައިރީގައި ބެހެއްޓުމުން އަޑު ޑިސްޓޯޓްވާނެއެވެ. އަނެއްކޮޅުން ތިބާގެ އަނގައާ މާ ދުރުގައި ބެހެއްޓުމުން މައިކަށް ނަގާ އަޑު މަޑުވާނެއެވެ.
- މައިކް އެއްކޮށް ކަވަރުކޮށްލާ ގޮތަށް ދެ އަތުން އޭގެ ވަށައިގެން ހިފުމުން އަޑުގެ ކޮލިޓީއަށް އަސަރުކުރާނެއެވެ. އަދި ފީޑްބެކް އުފެދޭނެއެވެ.
- މާ ޝާޕް އޭންގަލެއްގައި ތިބާގެ އަނގައާ މައިކް ދުރުކޮށްފި ނަމަ މައިކަށް ތިބާގެ އަޑު ނަގާލެއް މަޑުވާނެއެވެ.
- ތަރުޖަމާއެއް
