ޒުވާނަކު އޭނާގެ ކާފަ ގާތުގައި އެއްސެވެ: "ކާފާއެވެ. ތިބާ މާޒީގައި ޓެކްނޮލޮޖީއާ ނުލާ ދިރިއުޅުނީ ކިހިނެތް ހެއްޔެވެ؟ މި ދައްކަނީ ކޮމްޕިއުޓަރު، ޑްރޯން، ބިޓްކޮއިން، އިންޓަނެޓް، ޓީވީ، އޭސީ، ކާރު އަދި މޮބައިލް ފޯނުގެ ވާހަކައެވެ."
ކާފަ ޖަވާބު ދިނެވެ: "އަހުރެންގެ ޖީލުގައި ހިމެނޭ ކަންތައްތަކާ ނުލާ ތިބާގެ ޖީލު ދިރިއުޅޭ ފަދައިންނެވެ. އެއީ ނަމާދު، އިހުސާންތެރިކަން، އިހްތިރާމް، ރިވެތި އަހުލާގު، ރަނގަޅު ސުލޫކު، ހަގީގީ ތައުލީމު، ރަނގަޅު ޝަހުސިއްޔަތު، އެހީތެރިކަން، ލަދުވެތިކަން އަދި ތެދުވެރިކަމެވެ."
ކާފަ އިތުރަށް ވާހަކަ ކުރިއަށްގެންދިޔައެވެ. "އަހުރެންގެ ޖީލު ކަމަށްވާ 1930 އާއި 1980 އާ ދެމެދު އުފަންވި ޖީލުތައް ނަސީބު ގަދައެވެ. އަހަރެމެންގެ ދިރިއުޅުން އެ ކަމަށް ހެކިދޭނެއެވެ."
ކާފަ ދެން ޒުވާނާއަށް ތަފުސީލުތައް ކިޔައިދިނެވެ. އެއީ:
- ކުޅިވަރު ކުޅޭއިރާއި ސައިކަލު ދުއްވިއިރު އަހަރެމެން ހެލްމެޓެއް ނާޅަމެވެ.
- ސްކޫލުން ދޭ ހޯމްވޯކް ހެދީ އަހަރެމެން އަމިއްލައަށެވެ. އަދި އިރުއޮއްސެންދެން، ހިޔާ ދޭ ތަންތަނުގައި ކުޅެ އުޅުނީމެވެ.
- އަހަރެމެން ކުޅެ އުޅުނީ އެހެން އިންސާނުންނާއެކުއެވެ. އޮންލައިން ޝަހުސިއްޔަތުތަކާއެކުއެއް ނޫނެވެ.
- ކަރުހިއްކުމުން ފެން ބުއީ ފެންއަރުވާވަޑާމާއި ވޯޓަފޯލްތަކާއި އިސްކުރުބަރިތަކުންނެވެ. މިނެރަލް ވޯޓާއެއް ނޫނެވެ.
- އަހަރެމެން ފިކުރެއް ނުކުރަމެވެ. ޖޯޑާއި ތަށި ރަހްމަތްތެރިންނާ ހިއްސާކުރިއަސް ބަލިބައްޔެއް ނާރައެވެ.
- ކޮންމެ ދުވަހަކު ޕާނާއި ޕާސްޓާ ކައިގެން ފަލައެއް ނުވެއެވެ.
- ހުސް ފަޔާ ހިނގިޔަސް ފައިތިލައަށް ގެއްލުމެއް ނުލިބެއެވެ.
- ސިއްހަތު ދުޅަހެޔޮކޮށް ބެހެއްޓުމަށް ފުޑް ސަޕްލިމެންޓް ނުކަމެވެ.
- ކުޅެން އަހަރެމެން އަމިއްލައަށް ކުޅޭކުޅޭ އެއްޗެހި ހެދީމެވެ.
- އަހަރެމެންގެ މައިންބަފައިން މުއްސަނޖެއް ނޫނެވެ. އެ މީހުން އަހަރެމެންނަށް ދިނީ ލޯތްބެވެ. މާއްދީ ހަދިޔާތަކެއް ނޫނެވެ.
- އަހަރެމެން ދުވަހަކު ވެސް މޮބައިލް ފޯނެއް، ޑީ.ވީ.ޑީ.އެއް، ޕީ.އެސް.ޕީ.އެއް، ގޭމް ކޮންސޯލެއް، އެކްސްބޮކްސްއެއް، ވީޑިއޯ ގޭމްތަކެއް، ޕީ.ސީ.އެއް އަދި ލެޕްޓޮޕެއް ނުގެންގުޅެމެވެ. އަދި އިންޓަނެޓުން ޗެޓެއް ނުކުރަމެވެ. އެކަމަކު އަހަރެމެންގެ ހަގީގީ ރަހްމަތްތެރިން އެބަތިއްބެވެ.
- ދައުވަތަކާ ނުލާ އަހަރެމެން ރަހްމަތްތެރިންނަށް ޒިޔާރަތްކުރަމެވެ. އަދި ކާބޯތަކެތި އެ މީހުންގެ އާއިލާއާ ހިއްސާކޮށް، އެ ކަމުން އުފާ ލިބިގަންނަމެވެ. އާއިލާއާއެކު ވަގުތު ހޭދަކުރެވޭނެ ގޮތަށް މައިންބަފައިން އަބަދުވެސް އުޅުނީ ގާތުގައެވެ.
- އަހަރެމެން ގެންގުޅުނީ ކަޅާއި ހުދު ފޮޓޯ ކަމަށް ވިޔަސް އޭގައި ވަނީ ކުލަގަދަ ހަނދާންތަކެވެ.
- އަހަރެމެންނަކީ ހާއްސަ ޖީލެކެވެ. ކަންތައްތައް ފަހުމްވާ ޖީލެކެވެ. ސަބަބަކީ އަހަރެމެންނަކީ މައިންބަފައިންގެ ބަސްއަހައިގެން އުޅުނު އެންމެ ފަހު ޖީލެވެ.
- ތަރުޖަމާއެއް
