Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ލަގެޖުގައި މިގޮތަށް ރިބަން ހަރުނުކުރަންވީ މިހެންވެ

އެއާޕޯޓްގެ ޗެކް-އިން ކައުންޓަރަށް ފޮށްޓާއި ދަބަސް ދޫކޮށްލާއިރު އެއިން އެއްވެސް ލަގެޖެއްގައި ރިބަން ހަރުނުކުރާށެވެ.

ފްލައިޓުން މަންޒިލަށް ދެވުމަށް ފަހު އެރައިވަލް މާލަމަށް ނުކުތުމުގެ ކުރިން ބެގެޖް ރިކްލެއިމު ބެލްޓުން ދާގީނާ ނެގުމަށް ފަސޭހަކޮށްލުމުގެ ގޮތުން ގިނަ މީހުން ކޮށްފައި ހުންނަ ކަމަކީ އެ މީހެއްގެ ފޮށީގެ އަތްގަނޑުގައި އެ މީހަކަށް ފާހަގަވާނެ، އެ މީހަކަށް ކަމުދާ ކުލައެއްގެ ރިބަންކޮޅެއް ހަރުކޮށްލުމެވެ. ނަމަވެސް މިހެން ހެދުމުން ފޮށި ސްކޭން ކުރުމުގައި މައްސަލަތައް ދިމާވެއެވެ. އަދި އެ ލަގެޖެއް އެއާޕޯޓުތަކު ތެރެއިން ގެއްލުމަށް މެދުވެރިވެއެވެ.

މިހެން ދިމާވަނީ ފޮށީގެ އަތްގަނޑުގައި ސެކިއުރިޓީ ޓެގެއް ނުވަތަ ކަރުދާސްކޮޅެއް ވެސް ޗެކް-އިން ކައުންޓަރުން ހަރުކުރާތީ، އެ ޓެގާއި ރިބަންކޮޅު، ސްކޭން މެޝިނުގައި ފުށުއަރަނީއެވެ.

ހަމަ މިހެން، ކުރިން ކޮށްފައި ހުންނަ ދަތުރުގައި ފޮށީގައި ހަރުކޮށްފައިވާ ސްޓިކާތަކާއި ސެކިއުރިޓީ ޓެގްތައް ވެސް ޗެކް-އިން ކައުންޓަރަށް ފޮށި ލުމުގެ ކުރިން ނައްޓާލާށެވެ. އެއީ ކުރަން އުޅޭ ދަތުރުގެ ޓެގާއި ކުރިން އެ ކުރި ދަތުރުގެ ޓެގްކޮޅުގެ މައުލޫމާތު ސްކޭން މެޝިނަށް އޮޅިދާނެތީއެވެ.

  • ތަރުޖަމާއެއް