ޖަމަލަކީ ހަނަފަސް ސަހަރާތަކުގައި ދިރިއުޅޭ އާދަޔާ ހިލާފު މަހުލޫގެކެވެ.
ސާފު ބޯފެނާއި އަދި ލޮނު ފެން ވެސް ޖަމަލަށް ބޮވެއެވެ. ޑެޑް ސީގެ ފެން ވެސް އެ ސޮރުމެން ބޮއެއެވެ. އަދި އެ ކަމުން އެއްވެސް ނުބައި ނަތީޖާއެއް ނުނިކުމެއެވެ. ސަބަބަކީ ޖަމަލުގެ ގުރުދާއިން އެ ފެން ފިލްޓަރު ކުރާތީއެވެ. އެ ގޮތުން ފެނުގައި ހުންނަ ލޮނު ވަކިކުރެއެވެ. އަދި މިހެންވެ، ބޯން އެކަށީގެންވާ ސާފު ފެނަށް އެ ފެން ބަދަލުކުރެއެވެ.
ޖަމަލު ކާ ގަސްގަހާގެހީގައި ކަށި ހުރުމުން ވެސް މައްސަލައަކަށް ނުވެއެވެ. އެއަކުން އެ ސޮރުގެ ބަނޑަށާއި ގޮހޮރަށް ގެއްލުމެއް ނުލިބެއެވެ. ސަބަބަކީ އެސިޑުން ތަކެތި ވިރުވައިލައިހެން އެ ސޮރުގެ ކުޅުން ކަށި ފަދަ ތަކެތި ނައްތައިލައިތީއެވެ.
ޖަމަލުގެ ލޮލުގައި ދެ ބޮނޑި ވެއެވެ. އެކަތި ތުނިވެފައި އޭގެ ތެރެއިން އެތެރެ ފެނެއެވެ. އަނެއް ބޮނޑި ބޯވެފައި ބޮޑަށް މަސްޖަހައިފައި ހުރެއެވެ. ވެލީގެ ތޫފާނެއް ސަހަރާއަށް އައިސްފި ނަމަ، އެތެރެ ފެންނަ ލޮލުގެ ބޮނޑި ލައްޕައިލައެވެ. އެއީ ލޮލު ތެރެއަށް ވެލި ވަނަ ނުދިނުމަށެވެ.
ޖަމަލަށް އޭގެ ހަށިގަނޑުގެ ޓެމްޕަރޭޗަރު ނުވަތަ ފިނިހޫނުމިން ބަދަލުކޮށްލެވެއެވެ. އެ ގޮތުން ސަހަރާގެ ޓެމްޕަރޭޗަރު ފިނި ނަމަ އެ ސޮރުގެ ހަށިގަނޑުގެ ހޫނުކަން އިތުރުކޮށްލައެވެ. ސަހަރާ ހޫނު ނަމަ ހަށިގަނޑުގެ ފިނިކަން އިތުރުކޮށްލައެވެ.
ހަގީގަތުގައި ވެސް ޖަމަލަކީ އާދަޔާ ހިލާފު ސިފަތަކެއް ލިބިފައިވާ މަހުލޫގެކެވެ.
- ތަރުޖަމާއެއް