Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މާމުއިގެ ޖާދޫ

އެނގޭ ހެއްޔެވެ؟

  1. އެންމެ ސަމުސަލެއްގެ މާމުއިން ވެސް މީހަކު 24 ގަޑިއިރަށް ދިރިދެމިހުރެވެއެވެ.
  2. ދުނިޔޭގައި އުފެއްދި ފުރަތަމަ ފައިސާ ފޮތިތަކުގެ ތެރެއިން އެއް ފައިސާ ފޮތީގައި ވަނީ މާމުއި ކުޅަނދުރެއްގެ ސޫރައެވެ.
  3. މާމުއިގައި ދިރޭ އެންޒައިމް ހިމެނެއެވެ. ދަގަނޑު ސަމުސަލުން މި އެންޒައިމްތައް މަރައިލައެވެ. އެހެންކަމުން، މާމުއި ބޯން އެންމެ ރަނގަޅީ ލަކުޑި ސަމްސަލުގައެވެ. ލަކުޑި ސަމްސަލެއް ނުލިބިއްޖެ ނަމަ، ޕްލާސްޓިކް ސަމްސަލެއް ވެސް ރަނގަޅުވާނެއެވެ.
  4. ސިކުނޑި ހަރަކާތްތެރިކުރުވާ މާއްދާތައް މާމުއިގައި އެކުލެވިގެންވެއެވެ. އެ ގޮތުން ގުލުކޯޒަކީ ސިކުނޑީގެ މަސައްކަތަށް އެންމެ ފުރަތަމައިން ބޭނުންވާ އާދައިގެ ހަކުރެކެވެ. ބީ ވިޓަމިނަކީ ސިކުނޑީގެ ނާރުތަކުގެ ވިއުގައިގެ މަސައްކަތަށް މުހިންމު އެއްޗެކެވެ. ސިކުނޑިއަށް ގެއްލުންދޭ ފްރީ ރެޑިކަލްސްގެ ކިބައިން ސިކުނޑި ސަލާމަތްކޮށްދޭ އެންޓި-އޮކްސިޑަންޓްސް މާމުއިގައި ހުރެއެވެ. ފްރީ ރެޑިކަލްސްއަކީ ސެލްތަކާއި ޕްރޮޓީނާއި ޑީ.އެން.އޭ.އަށް ގެއްލުންދޭ މޮލެކިއުލްތަކެކެވެ.
  5. އެފްރިކާ ބައްރުގެ ރައްޔިތުން ބަނޑުހައިހޫނުކަމުން ސަލާމަތްކޮށްދިނީ މާމުއި ކުޅަނދުރެވެ.
  6. މާމުއި ކުޅަނދުރު ދިރިއުޅޭ ހަތާ ހެދުމަށް ބޭނުންކުރާ ޕްރޮޕޮލިސްއަކީ ގުދުރަތީ ގޮތުން އުފެދިފައިވާ އެންމެ ވަރުގަދަ އެއް އެންޓިބަޔޮޓިކެވެ. ޕްރޮޕޮލިސްއަކީ އިންސާނުން ބޭނުންކުރާ ކްރީމާއި ތެލާއި ޖެލް އާއި އަނގަ ދޮވުމަށް ބޭނުންކުރާ ތަކެތީގައި ބޭނުންކުރާ މާއްދާއެކެވެ.
  7. މާމުއިއަކީ ކުނިވާ އެއްޗެއް ނޫނެވެ. މިހެންވެ މާމުއި ފުޅީގައި "އެކްސްޕަޔަރީ ޑޭޓް" ނުވަތަ ބޭނުން ނުކުރަންވީ ތާރީހެއް ޖަހައިފައި ނުހުރެއެވެ.
  8. ދުނިޔޭގެ ނުފޫޒު ގަދަ ރަސްކަލުން ވަޅުލާފައިވަނީ އެ މީހުންގެ ހަށިގަނޑުގައި މާމުއި އުނގުޅައިފައެވެ. އެއީ ހަށިގަނޑު ކުނިވިޔަ ނުދިނުމަށެވެ.
  9. "ހަނީ މޫން" ނުވަތަ "މާމުއި ހަނދު" މި ބަހުގެ އަސްލަކީ އަލަތު ކައިވެނިކޮށްފައި ބަލިވެއިނުމަށް އެދެެވޭތީ މާމުއި ބޯތީއެވެ.
  10. މާމުއި ކުޅަނދުރު 40 ދުވަހު ވެސް ދިރިނުހުރެއެވެ. މި ކުރު ހަޔާތުގައި އެ ސޮރު އެންމެ މަދުވެގެން 1،000 މަލުން ފޮނި ބޮއެއެވެ. އަދި އުފައްދަނީ އެންމެ ސަމްސަލެއްގެ މާމުޔެވެ. މިއީ އެ ސޮރުގެ މުޅި ހަޔާތުގެ މަސައްކަތެވެ.

މާމުއި ކުޅަނދުރަށް ޝުކުރިއްޔާއެވެ!