Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ދުޅަހެޔޮކަމަށް މުހިންމު 12 ކާބޯތަކެތި

އިންސާނުންގެ ހަށިގަނޑަކީ އާދަޔާހިލާފު މުއުޖިޒާތެކެވެ. އެތައް ދަހަރެއް ވަންދެން ހުއްޓިނުލައި ހިނގަހިނގައި ހުންނަ ގުނަވަންތަކެއް އެކުލެވޭ މޮޅު ނިޒާމެކެވެ. މި ބަލައިލަނީ މި ސިސްޓަމް ދުޅަހެޔޮކޮށް ހިންގުވުމަށް ބަޔޮލޮޖީ އިލްމުން ދެނެގަނެވިފައިވާ 12 ކާބޯތަކެތީގެ ބާވަތަކަށެވެ.

  1. ސްޓްރެސް ކުރިމަތިވުމުން ދޮންކޭލާއި ކަރާ ކާށެވެ.
  2. ހަން ރަނގަޅުކުރަން ލިނބޯ، އާފަލު، ކުރުނބާ އަދި ކެރެޓު ކާށެވެ.
  3. ލޮލުގެ ސިއްހަތަށް ކެރެޓު، އާފަލު އަދި ވިޓަމިން 'އޭ' ލިބޭ ކާނާ ކާށެވެ.
  4. ކެއްސާ ނަމަ އަލަނާސި، ލޮނުމެދު އަދި އިނގުރު ކާށެވެ.
  5. ބޭރަށްހިންގާ ނަމަ ކުރުނބާ، އެވޮކާޑޯ އަދި ކެބެޖު ކާށެވެ.
  6. ގޮހޮރުގެ ނިޒާމު ރަނގަޅުކުރުމަށް ކެބެޖު، ލޮނުމެދު އަދި ފިޔާ ކާށެވެ.
  7. ހަށިގަނޑުގައި ފެން ހަރުލެއްވުމަށް ކިއުކަމްބާ، އޮރެންޖު އަދި ކަރާ ކާށެވެ.
  8. ގުރުދާގެ ދުޅަހެޔޮކަމަށް ދުވާލަކު ދެއަކާއި ތިނަކާ ދެމެދުގެ ލީޓަރު ފެން ބޯށެވެ. އަދި ތޮޅި އާއި ޓޮމާޓޯ ކާށެވެ.
  9. ހިތުގެ ސިއްހަތަށް އެވޮކާޑޯ، ތޮޅި، ލޮނުމެދު އަދި ފިޔާ ކާށެވެ.
  10. ޕްރޮސްޓްރޭޓްގެ ދުޅަހެޔޮކަމަށް ޓޮމާޓޯ، އަނޯނާ، ކެރެޓު އަދި ތޮޅި ކާށެވެ.
  11. ލޭގެ ރެޑް ބްލަޑް ސެލް އިތުރުކުރުމަށް ބީޓުރޫޓު، ކެރެޓު އަދި ކިއުކަމްބާ ކާށެވެ.
  12. ކަށި ވަރުގަދަ ކުރުމަށާއި ބަލިބަލިން ދިފާއުވެ، ހަށިގަނޑުގެ އާއްމު ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށް ކުކުޅު ބިސް، ކަނޑުމަސް އަދި ގެރިމަސް ކާށެވެ.

އިންސާނާ ލައްވައިފައިވަނީ ގުދުރަތީ މާހައުލަކަށެވެ. އެހެންކަމުން އަހަރެމެންގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ރަނގަޅު ސިއްހަތެއްގައި ބެހެއްޓޭނެ ބިންގަލަކީ ގުދުރަތީ މާހައުލުން ލިބޭ ކާބޯތަކެތި ބޭނުންކުރުމެވެ.

ނޯޓު: ތަރުޖަމާއެއް