Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ލޯބި މަސައްކަތްކުރުވާނެ 7 ގޮތް

"މެރިޖް ތެރަޕީ" ނުވަތަ ދެމަފިރިންގެ ދެމެދުގައި އޮންނަ ޒަވާޖީ ގުޅުން ރަނގަޅުކުރުވައި، ދިރިއުޅުން ކާމިޔާބުކުރުމަށްޓަކައި އުސޫލުތަކެއްވެއެވެ. މި ބަލައިލަނީ މި މައުލޫގެ މައްޗަށް ޓެރެންސް ރިއަލް ލިޔެފައިވާ ފޮތް "ދަ ނިއު ރޫލްސް އޮފް މެރިޖް: ވަޓް ޔޫ ނީޑް ޓު ނޯ ޓު މޭކް ލަވް ވޯކް"ގައި އޭނާ އަލިއަޅުވައިލައިފައިވައި ހަތް ހަމައެއްގެ މައްޗަށެވެ.

  1. ދެމަފިރިންނަކީ ހަމަހަމަ ބައެއްކަން ގަބޫލުކުރަންޖެހެއެވެ. މި ޒަމާނުގައި ކައިވެންޏެއް ދެމެހެއްޓޭނީ ދެމަފިރިންވެސް އެކަކު އަނެކަކަށް އިހުތިރާމްކޮށް އަގުއަދާކުރުމުންނެވެ. އެކަކު އަނެކަކުގެ ކަންތައްތަކަށް ތަރުހީބު ދީ ޒިންމާތައް އެއްވަރަކަށް ހިއްސާކުރުމުންނެވެ.
  2. މުއާމަލާތްކުރަންވާނީ އިހުލާސްތެރިކަމާއެކުއެވެ. ހަގީގީ ޖަޒުބާތުތައް ހާމަކުރަންވާނެއެވެ. އެދޭ އެދުންތައް ފުރިހަމައަށް ފާޅުކުރަންވާނެއެވެ. ދެމަފިރިންގެ ގުޅުން ރަނގަޅުކުރުމަށާއި އެކަކު އަނެކަކު ކަންތައްތައް ފަހުމްވެފައި އޮތުމަށް މަގުފަހިކުރުމަށެވެ.
  3. ނުރަނގަޅު ގޮތަކަށް އަމަލުތައް ތަކުރާރުވުމަކީ ގިނަ ބައެއްގައި ހުންނަ ސިފައެކެވެ. ކެނޑިނޭޅި އަބަދު މައްސަލަ ޖެހޭ ނަމަ މި ނޭދެވޭ އާދަތަކަކީ ކޮބައިކަން ދެނެގަތުން މުހިންމެވެ. ސަބަބަކީ އަބަދު މައްސަލަ ޖެހެން ވެއްޖެ ނަމަ ދެމަފިރިންނަށް އެކަކު އަނެކަކުގެ ޝަހުސިއްޔަތުގައިވާ ސިފަތަކަކީ ކޮބައިކަމާމެދު އޮޅުން އަރާނެއެވެ. ދުޅަހެޔޮ ގޮތުގައި މުއާމަލާތްކުރެވޭނީ މައްސަލަޖެހުމުގެ މި ބޮޅުން ނުކުމެވިގެންނެވެ.
  4. ޖަޒުބާތީ ގޮތުން ގާތްކަމެއް ބޭއްވުމަކީ މުހިންމު ކަމެކެވެ. މި ކަން ކުރެވޭނީ ދެމަފިރިން އެކުގައި ކަންތައްތައް ތަޖުރިބާކޮށްގެންނެވެ. އަދި ދެމަފިރިންގައި ހުރި ނިކަމެތި ސިފަތައް އެކަކު އަނެކަކަށް އަންގައިދީގެންނެވެ.
  5. އެ މީހެއްގެ އަމަލުތަކަށް އެ މީހަކު ޒިންމާ ނަގަންޖެހޭނެއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ދަމަހައްޓަން ތިބާ ކުރާ ކަންތައްތަކުގެ ވެސް ޒިންމާ ތިބާ ނަގަންވާނެއެވެ.
  6. ދެމަފިރިން ޓީމެއް ގޮތަށް އަމަލުކުރުން މުހިންމެވެ. ގޮންޖެހުންތައް ހައްލުކުރުމުގައި ފަރުދީ ނަޒަރެއްގެ ބަދަލުގައި ދެމަފިރިން ގޮތުގައި ހިއްސާވާނޭހެން މައްސަލަތަކާ ކުރިމަތިލައި، އެ ކަންތައްތައް ހައްލުކުރަންވާނެއެވެ. މި ކަމުގެ ސަބަބުން އެކުވެރި ގުޅުމެއްގެ ތެރެއިން މައްސަލަތައް ހައްލުކުރެވޭނެއެވެ.
  7. ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުމަށް "އިންވެސްޓް"ކުރުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް، ދެ މީހުން އެކުގައި ހޭދަކޮށްލާނެ ވަގުތުކޮޅަކަށެވެ. ދެ މީހުން އެކުގައި ކަންތައްތައްކޮށްލުމަށެވެ. ޒާތީ ތަރައްގީ އާއި ދެ މީހުންގެ ގުޅުން ތަރައްގީކުރަން މަސައްކަތްކުރުމުގައެވެ.

"ލޯބި އާލާކުރެވޭނީ ހަމައެކަނި ޖަޒުބާތަކުން ނޫން. ލޯބި އާލާކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރުމަކީ ވެސް މުހިންމުކަމެއް،" ޓެރެންސްގެ ފޮތުގައި ބުނެފައިވެއެވެ.

ނޯޓު: ތަރުޖަމާއެއް