Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މީހަކަށް ނޭނގޭ ގޮތަށް އޭނާގެ ހަރަކާތްތައް ދެނެގަތުން

ދޭދޭ މީހުންގެ ދެމެދުގައި މުއާމަލާތްކުރާއިރު ވާހަކަދެއްކުމުގެ އިތުރުން ހަށިގަނޑުގެ ހަރަކާތްތަކުންވެސް އެތައް މާނައެއް ދޭހަވާނެއެވެ. މި ބަލައިލަނީ މީހަކާއެކު ގުޅުމެއް އުފައްދާއިރު ދެނެގަތުން މުހިންމު ހަތް ހަރަކާތަށެވެ.

  1. އިށީންނަ ގޮތަށް އެއް ފައި މައްޗަށް އަނެއް ފައި ނަގައިފި ނަމަ އޭނާއަކީ ކަންތައްތައް ކުރާހިތްވާ އަދި ކަންތައްތައް ކުރަން އިސްނަގާ މީހެކެވެ.
  2. ވާހަކަދައްކާއިރު އާއްމު ގޮތެއްގައި ދަތްދޮޅީގައި އަތްލައި ނަމަ އޭނާއަކީ އޭނާގެ އަމަލުތަކާމެދު އާއްމު ގޮތެއްގައި ފަރުވާތެރިވާ މީހެކެވެ.
  3. މޭމަތީގައި ދެ އަތް ހުރަސްކޮށްގެން ހުންނާނީ ވަރުގަދަ ހިޔާލު ހުންނަ މީހެކެވެ. އެކަމަކު މި ފަދަ މީހާއަކީ ވަރަށް ގޮތް ދޫނުކުރާ މީހެއްވެސްމެއެވެ.
  4. ތިން ސިކުންތަށްވުރެ ގިނައިރު މޫނުމަތިން ހައިރާންކަން ފެންނަން ހުރި ނަމަ އޭނާ އެ ދައްކަނީ ދަޅައެކެވެ.
  5. ތިބާގެ "ބޮޑީ ލެންގުއެޖް" ނުވަތަ ހަށިގަނޑުގެ ހަރަކާތްތަކާ އެއް ގޮތަށް އޭނާގެ ހަށިގަނޑުގެ ހަރަކާތްތައް ވެސް ހުންނަ ނަމަ ތިބާއާއެކު އޭނާ ކުރަމުން އަންނަ މުއާމަލާތް އެ އަންނަނީ ރަނގަޅު މަގުންނެވެ.
  6. މާގިނައިން ހޭ ނަމަ- އޭގެ ތެރޭގައި ތާކުންތާކު ނުޖެހޭ ކަންތައްތަކާމެދުވެސް- އޭނާއަކީ އެކަނިވެރިކަން އިހުސާސްކުރެވޭ މީހެކެވެ.
  7. ވާހަކަ ދައްކާ އަޑު މަޑުވެ އަދި ބާރުވެ، މި ދެމެދުގައި އުޅޭ ނަމަ، ތިބާއާމެދު އޭނާ ޝައުގުވެރިކަމެއް އެބަހުއްޓެވެ.

މި ހަތް ހަރަކާތަށް ބަލައިގެން އުޅެފި ނަމަ ގުޅުން ބާއްވަން ރަނގަޅު މީހުންނާއި ގުޅުން ބާއްވަންވީ މިންވަރު ދެނެގަނެވޭނެއެވެ.

ނޯޓު: ތަރުޖަމާއެއް