Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފިރިހެނުންނަށް ހާއްސަ 25 މެސެޖް

ބައެއް ފަހަރަށް ތިބާގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ތިބާގެ ޖިންސު ގުޅެއެވެ. މި ބަލައިލަނީ ފިރިހެނަކަށްވީތީ ތިބާ ސަމާލުކަން ދޭން ޖެހޭ 25 ކަމަކަށެވެ.

  1. މައިންބަފައިންނާމެދު އިހުމާލުނުވާށެވެ. އެ މީހުންނަކީ އަބަދުގެއަބަދަށް މި ދުނިޔެމަތީގައި ތިބާގެ ގާތުގައި ތިބޭނެ ދެ މީހުންނެއް ނޫނެވެ.
  2. ތިބާގެ ނަފުސު ތަރައްގީކުރުމުން އެ ކުރެވެނީ ތިބާގެ އާއިލާގެ ތަރައްގީއެވެ. ތިބާގެ އާއިލާ ތަރައްގީކުރެވުމުން އެ ކުރެވެނީ ތިބާގެ މުޖުތަމައުގެ ތަރައްގީއެވެ.
  3. ޝަހުވާނީ އެދުން ކޮންޓްރޯލްކުރުމުން އެހެން ހުރިހާ ކަމެއްގައި ތިބާ ކުރިއަރައިގެން އަންނާނެއެވެ. ތިބާގެ ދިރިއުޅުމުގެ 80 ޕަސެންޓް މައްސަލަ ހައްލުކުރެވޭނެއެވެ.
  4. ލަދެއްގައި އެއް ދުވަހަށް ބެދިދާނެއެވެ. ނަމަވެސް ކުށެއް ކުރެވުމުގެ ހިތާމަ މުޅި ހަޔާތަށް ދެމިގެން ހިނގައިދާނެއެވެ.
  5. ވަކި މިސްރާބެއް ނުވަތަ އަމާޒެއް ނެތް ނަމަ އުޅެވޭނީ އަގެއް ނެތް ކުދިކުދި އުފާތައް ހޯދާށެވެ.
  6. އަންހެނުން ދެކެ ނަފުރަތުކުރާ މީހުންނާ ދުރުގައި ހުންނާށެވެ.
  7. އުފާވެރިކޮށް އުޅޭ މުސްކުޅިން ދޭ ނަސޭހަތަށް ސަމާލުކަންދޭށެވެ.
  8. ކަމެއް ކުރާހިތްވުމަށްވުރެ ކަމެއްކުރުމުގައި ހިތްވަރުކުރުން މާމުހިންމެވެ.
  9. އެހެން މީހުންގެ ރުހުން ހޯދަން ބޭނުންވާ ނަމަ ތިބާ ވެގެންދާނީ އެ މީހުންގެ އަޅަކަށެވެ.
  10. އުފާވެރިކަން ގިނަ ފަހަރަށް އިހުސާސްނުކުރެވެނީ ތިބާ މިސްރާބު ޖަހާނެ އަމާޒުފަތްގަނޑެއް ކަނޑަނޭޅޭތީއެވެ.
  11. މައިންނަށް އިހާނެތިކޮށް ހިތާ ފިރިހެނުންނާ ގާތްނުވުމަށް ތިބާ ދަންނަ އަންހެނުންނަށް ނަސޭހަތްދޭށެވެ.
  12. ދެވިހިފާފާނެ އެންމެ ސަކަރާތް އެއް ކަމަކީ ހުރިހާ ކަމެއް އަބަދު ފަސޭހަކޮށްލައިގެން އުޅުމެވެ.
  13. ފިރިހެންވަންތަކަމަކީ އަންހެންވަންތަކަމަށް ދެވޭ ހިތްވަރެކެވެ. އަންހެންވަންތަކަމަކީ ފިރިހެންވަންތަކަމަށް ދެވޭ ހިތްވަރެކެވެ.
  14. ހަޔާތް ފަސޭހައެއް ނުވާނެއެވެ؛ ވާނެ ގޮތަކީ ތިބާގެ ހިތްވަރުގަދަކަން އިތުރުވުމެވެ.
  15. ސޯފާގައި އިށީނދެގެން އިނދެ މުޅި ދުވަހު ނެޓްފްލިކްސް ބެލުމުގައި އަވަދިނެތިއުޅުމަކުން އެއްވެސް މީހަކު މޮޅު މީހަކަށް ވެފައެއްނެތެވެ.
  16. އެންމެ ބޮޑު އުފާވެރިކަން ލިބޭނީ ތަރިކަ ގާއިމުކުރުމުގައި މަސްއޫލުވެގެން އުޅުމުންނެވެ.
  17. މުސްކުޅި ވާވަރަކަށް ދިރިއުޅުން ވާނީ ސަކަރާތްކަމަށް ބުނާ މީހުންނާ ދުރުވާށެވެ.
  18. އެހެން އެންމެން މާޔޫސްވެގެން އުޅުނަސް ތިބާ ހަމަޖެހިލައިގެން އުޅެވޭތޯ ބަލާށެވެ.
  19. ނުބައިކޮށް ކަމެއް ކުރެވިދާނެކަމުގެ ފުރުސަތު އޮތަސް، އެއްވެސް ކަމެއް ނުކޮށް ހުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
  20. ޖިމްގައި ކަސްރަތުކުރާ ފަލަ މީހަކާ ދިމާއަށް މަލާމާތްކުރުމަކީ ގެދޮރު ނެތް މީހަކު ވަޒީފާއެއް ހޯދަން މަސައްކަތްކުރާތީ އެ ކަމަށް މަލާމާތްކުރުން ކަހަލަ ކަމެކެވެ.
  21. ގުދުރަތީ މާހައުލުތަކުގައި ވަގުތު ހޭދަކުރުމުން މާޔޫސްކަން ނައްތައިލައެވެ.
  22. ޖަޒުބާތުގައި ނުޖެހި ފާޑުކިޔުން ބަލައިގަންނާށެވެ.
  23. ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބެލުން ހުއްޓައިލުމުން ރަނގަޅު މީހަކަށް ބަދަލުވާނެއެވެ.
  24. އެއް ގޮތަކީ ތިބާއަށް ދޭ އެއްޗެއް ތިބާ ބަލައިގަތުމެވެ. އަނެއް ގޮތަކީ ތިބާ ބޭނުންވާ އެއްޗެއް ތިބާ ލިބިގަތުމަށް މަސައްކަތްކުރުމެވެ.
  25. ބައެއް މީހުން ހިތްހެޔޮކަން ދައްކަނީ އެހެން މީހުންނާ ކުރިމަތިލުމުގެ ހިތްވަރެއް ނެތީމައެވެ.

ފިރިހެނަކަށްވީތީ މި 25 ކަންތަކަށް ސަމާލުކަން ދޭން ޖެހޭ ފަހަރު އަންނާނެއެވެ. ނަމަވެސް މިއީ ވިސްނުންތެރިކަމާއެކު ވަރަށް ފަސޭހައިން ޑީލްކުރެވިދާނެ ކަންތައްތަކެވެ.

ނޯޓު: ތަރުޖަމާއެއް