އަލަށް ބޮޑުވަމުން އަންނަ ފިރިހެން ދަރިން ދުނިޔޭގެ ހަގީގަތްތައް ދަސްކޮށް، އެ ކަމަށް ކުރިމަތިލުމަކީ އެ ކުދިން ބޮޑެތި މީހުންނަށްވުމުން އެ ކުދިންނަށް ފައިދާކުރާނެ ކަމެކެވެ. އެ ގޮތުން މި ބަލައިލަނީ ފިރިހެން ދަރިންނަށް ލިބުން ރަނގަޅު 32 ފިލާވަޅަކަށެވެ.
- އިށީނދެގެން އިނދެ މީހަކާ އަތާއިއަތް ޖޯޑުކޮށް ސަލާންނުކުރާށެވެ.
- ސިޑިން ފައިބައިގެން ފަތާފެންގަނޑަށް ނޭރޭށެވެ.
- ބާބެކިއު ހަދަން ހުންނަ މީހާއަކީ ރަސްކަލަކާ އެންމެ ގާތްކުރާނެ މީހާއެވެ.
- ކަމެއް ލިބިގަތުމަށް މަޝްވަރާ މޭޒަށް އައިސް، އެންމެ ފުރަތަމަ ހުށަހެޅުން ތިބާ ހުށަނާޅާށެވެ.
- ހޮޓަލުން ނުވަތަ ގެސްޓްހައުސުން ނުކުންނާނީ އެންމެ ފަހު ވަގުތު ޖެހުމުންނެވެ.
- ސިއްރެއް ހިފަހައްޓަން އެދެފި ނަމަ، އެ ސިއްރު ހިފަހައްޓައިށެވެ.
- ތިބާ ބަތަލުންގެ ގޮތުގައި ބަލައިގަންނަ މީހުން މަތީ ފަޑިއަށްލާށެވެ.
- ފަހުން ދޭން ހޯދި ކާރު އަނބުރާ ދޭއިރު ތެޔޮ އަޅާ ފުރާލައިފައި ދޭށެވެ.
- ކަމެއް ކުރަންވާނީ އެ ކަމެއް ދެކެ ލޯބިންނެވެ. އެހެން ނޫން ނަމަ އެ ކަން އެއްކޮށް ދޫކޮށްލާށެވެ.
- އަތާއިއަތްޖޯޑުކޮށް ސަލާންކުރާއިރު އަނެކާގެ އަތުގައި ގަދައަށް ހިފާށެވެ. އަދި ހަތަރުކަޅިހަމަކުރާށެވެ.
- މައިބަދަ ހުންނަ ތާނގައި މޭކަށިގަނޑެއް ހުރެގެން ނުވާނެއެވެ.
- ގޮނޑުދޮށުގައި ހުންނަ ވަގުތު މިއުޒިކް އަޑުއަހަން ބޭނުންވާ ނަމަ، ބީޗުގައި ހުރުމުގެ ބޭނުމެއް ތިބާއަކަށް ނުވިސްނެއެވެ.
- ދެ ކުޑަރުމާ ގެންގުޅޭށެވެ. ތިބާގެ ފަޓުލޫނުގެ ފަހަތު ޖީބުގައި ބާއްވާނީ ތިބާ ބޭނުންކުރާ ކުޑަރުމާލެވެ. ތިބާގެ ގަމީހުގެ ކުރިމަތީ ޖީބުގައި ބައިންދާ ކުޑަރުމާލަކީ ތިބާގެ ބައިވެރިޔާ ބޭނުންކުރަން ބައިންދާ ކުޑަރުމާލެވެ.
- މީހަކާ ކައިވެނިކުރުމުން އޭނާގެ އާއިލާއާވެސް ކައިވެނިކުރެވުނީއެވެ.
- އަސްދޫންޏެއް އުޅޭހެން އުޅޭށެވެ. ފެނުން މަތީގައި މަޑުމަޑުން ހުންނަހެނެވެ. ނަމަވެސް ފެނުއަޑީގައި ދެ ފައިން ފަލިޖަހާހެންނެވެ.
- އެކަނި ދަތުރުކޮށްލުމުން އެ ލިބޭ ހިތްހަމަޖެހުން ހޯދައިގަންނާށެވެ.
- ބޭރަށް ދާން އަހާނީ ތިބާއަށް އެންމެ ކަމުދާ ކުއްޖާގެ ގާތުގައެވެ.
- އަނގައިން ނުބައި ވަސް ކަނޑުވާ މިންޓް ގުޅައެއް މީހަކު ދީފި ނަމަ އޭތި ބަލައިގަންނާށެވެ.
- ކުޅިވަރު ކުޅޭއިރު ލާ ޖެކެޓެއްގެ އަގު 1،000 ބަހާ އެއްވަރެވެ.
- ތިބާ މަރުވުމުން ތިބާގެ ހަނދާނުގައި ލިޔާ ބަސްކޮޅު ތިބާ އަމިއްލައަށް މިހާރު ލިޔާށެވެ. އަދި އެ ބަސްކޮޅަށް އިތުރަށް ފުރިހަމަކަން ގެނައުން ހުއްޓައިނުލައިށެވެ.
- ހަނގުރާމައެއްކޮށްފައިވާ ސިފައިންގެ މީހަކަށް ޝުކުރުވެރިވާށެވެ. ދެން އޭނާއަށް އެހީވާށެވެ.
- އަލަށް ދިމާވާ ކުޑަކުއްޖަކާއެކު މެންދުރުގެ ނާސްތާ ކާލާށެވެ.
- ރުޅި އައިސްފައި ހުރެ ލިޔާ އީމޭލެއް ލިޔެ ނިންމައިލައިފައި ފަރުވާތެރިކަމާއެކު އެ ކިޔައިލައިށެވެ. ދެން އެ އީމޭލް ޑިލީޓްކޮށްލައިށެވެ.
- ތިބާއާއެކު ކުޅިވަރެއް ކުޅެލަން މަންމަގެ ގާތުން އެދޭށެވެ. ތިބާ މޮޅުވިޔަކަ ނުދޭނެއެވެ.
- ރަނގަޅު އަހުލާގަކީ ފިރިހެންވަންތަކަމެވެ.
- ތައުރީފުކުރާނީ އަނެކާއަށެވެ. ކުށުގެ ޒިންމާ ނަގާނީ ތިބާއެވެ.
- ހަނގާކުރާ މީހުންނާ ދެކޮޅަށް ތެދުވާށެވެ. އެ ފަދަ މީހުން ޝިކާރަކުރާ މީހުންނަށް ރައްކާތެރިކަން ދޭށެވެ.
- ތިބާ ދެކޭ ހުވަފެންތައް ލިޔުމުން ރައްކާކުރާށެވެ.
- ތިބާ ޕެޓުގެ ގޮތުގައި ގެންގުޅޭ މަހުލޫގުންގެ ގައިގައި ބައްދާލާށެވެ. އެ ސޮރުމެން ތިބާ ދެކެ ވަރަށް ލޯބިވެއެވެ. އަދި ތިބާ އަބަދުވެސް ދެކޭހިތްވެއެވެ.
- އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ހިތްތިރިވެސްކުރާށެވެ.
- ޝައްކެއް ވަސްވާހެއް އުފެދިއްޖެ ނަމަ ތިބާއަކީ ކާކުގެ ދަރިއެއްކަން ހަނދާންކުރާށެވެ. އަދި އާދަޔާ ހިލާފު މީހަކަށްވާން އަޒުމް ކަނޑައަޅައިށެވެ.
- އިސްނަގާނީ މިސާލު ދައްކައިގެންނެވެ. ކަންތައްތައް ކިޔައިދީގެން ދޭހަކޮށްދީގެންނެއް ނޫނެވެ.
މި ބަލައިލި ދިރިއުޅުމުގެ 32 ފިލާވަޅު އެނގިގެން ތިބެ ހަޔާތާކުރިމަތިލުމުން ތިޔަ ދެމަފިރިންގެ ފިރިހެން ދަރިންނަށް ހަޔާތުގައި ކާމިޔާބު ލިބޭނެއެވެ.
ނޯޓު: ތަރުޖަމާއެއް
