ލޯބިވުމަށްވުރެ ބޮޑު އުފަލެއް މި ދުނިޔެ މަތިން ނުލިބޭނޭ ހިތަށް އަރާފާނެއެވެ. އެ ކަން ހަގީގަތަކަށް ވާނީ ވަކި ގޮތްތަކަކަށް އަމަލުކުރުމުންނެވެ. މި ބަލައިލަނީ މި ގޮތުން ލޯތްބާމެދު ސަމާލުވާންވީ 10 ކަމަކަށެވެ.
- އެހެން މީހުން ތިބާގެ ބައިވެރިޔާގެ ފޯނަށް ފޮނުވާ މެސެޖްތައް ބެލުމުގެ ބޭނުމެއް ނެތެވެ. ތިބާގެ ސިކުނޑި ހާސްކޮށްލައި، ކަމަކާ ނުލައި ބޮޑު ސްޓްރެސްއެއްގެ ތެރެއަށް ގެނބިގެންދިއުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟
- ތިބާ ދެކެ ލޯބިވުމަށް އެދި އޭނާގެ ގާތުން އާދޭސް ނުކުރާށެވެ. ލޯތްބަކީ މަޑުމަޑުން އޭގެ ޒާތުގައި އަމިއްލައަށް އުފެދޭ އެއްޗެކެވެ. އޭނާ ތިބާ ދެކެ ލޯބިވުމަށް މަގުފަހިވާނެ ކަންތައްތައް މަޑުމަޑުން ކުރަމުން އަންނާށެވެ. ލޯބި ހޯދާނީ އޭނާގެ ގާތުގައި ރޮއެގެން ސަލާން ޖަހައިގެނެއް ނޫނެވެ.
- ތިބާގެ ބައިވެރިޔާ ތިބާއާ ވަކިވާން އެދޭ ކަމަށް ބުނެފި ނަމަ އޭނާ ދޫކޮށްލާށެވެ. އޭނާ ކަހަލަ އެހެން މީހުން ދުނިޔޭގައި ނޫޅޭކަމަށް ތިބާގެ ގާތުގައި ބުނީ ކާކު ހެއްޔެވެ؟ ތިބާގެ ބައިވެރިޔާއަށްވުރެ މާ ރަނގަޅު އެތައް ބަޔަކު މި ދުނިޔޭގައި އުޅެއެވެ. އޭނާއަށްވުރެ ރަނގަޅު މީހަކު ތިބާގެ ހަޔާތަށް އަންނާނެއެވެ.
- ހިތް ހަލާކުވެގެން އެ ލިބޭ ވޭނުން ސަލާމަތްވެވޭނީ ލޯބީގެ ގޮތުން އޭނާއާ ގުޅޭއިރު ފުރަތަމައިން ވެސް ތިބާގެ މުޅި ހިތާއި ޖާނާއި ހަޔާތް އޭނާއަށް ނުދިނީމައެވެ. ބައެއް އިންސާނުންނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫނެވެ. ތިބާގެ ހިތް ހަމަ ކޮންމެ ވަގުތެއްގައި ވެސް ހަލާކުކޮށްލަފާނެއެވެ.
- ތިބާގެ ފުރަތަމަ ލޯތްބަކަށްވާންވާނީ މާތް ކަލާނގެއެވެ. ތިބާ ލޯބިވާ އިންސާނެއް ނޫނެވެ.
- ލޯބިވުމަކީ ތިބާގެ ބައިވެރިޔާއަށް އަޅުކަންކުރުމެއް ނޫނެވެ. އޭނާއަށް އިހުތިރާމުކުރާށެވެ. ނަމަވެސް އަޅުކަން ނުކުރައްޗެވެ.
- ހިތް ހަލާކުވުމަކީ ތިބާގެ ދުނިޔެ ގިޔާމަތްވުމެއް ނޫނެވެ. އެ ކަމުން ތިބާއަށް މާ އުފާވެރި ހަޔާތަކަށް ދޮރެއް ވެސް ހުޅުވިދާނެއެވެ. އާ ބައިވެރިޔަކާއެކު މާ ރަނގަޅު ގުޅުމަކަށް ވެސް ފުރުސަތު ލިބިދާނެއެވެ.
- ހިތް ހަލާކުވުމަށް ފަހު ވެސް އަނެއްކާ އެހެން މީހަކު ދެކެ ލޯބިވާން ޖެހިލުންނުވާށެވެ. ނުބައި ދޮރެއް ބަންދުނުވެ ރަނގަޅު ދޮރެއް ނުހުޅުވޭނެއެވެ.
- ވަކި މީހެއް ދެކެ ލޯބިވިއްޔޭ ކިޔައިފައި އެހެން މީހުންނަށް އިހުމާލުނުވާށެވެ. އެއީ ފާޑެއްގެ ފިނޑިވުމެކެވެ.
- ލޯބިވާންވާނީ ހަމައެކަނި ހިތަކުން ނޫނެވެ. ސިކުނޑީގެ ބޭނުން ވެސް ހިފަންޖެހޭނެއެވެ.
މި 10 ކަންތަކަށް ސަމާލުކަން ދީފި ނަމަ ލޯބީގެ ދުނިޔޭގައި ތިބާއަށް ކާމިޔާބުވާނެ ހުރިހާ މަގެއް ކޮށޭނެއެވެ.
ނޯޓު: ތަރުޖަމާއެއް
