Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ސިކުނޑީގެ ކަނާތް ފަޅި ނުލައި ދިރިއުޅޭ ފުލުހެއް

ޖެފްރީ ހޯކިންސްއަކީ ސުމާލިއާގެ ފުލުސް އޮފިސަރެކެވެ. ބޮމެއް ގޮއްވައިލި ތަނެއްގައި ހުރެވުމުން އޭނާއަށް ލިބުނު ޒަހަމްތަކުގެ ސަބަބަން އާދަޔާ ހިލާފު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އެ ގޮތުން ސާޖަރީ ހަދައިގެން ސިކުނޑީގެ ކަނާތް ފަޅި ނުވަތަ ކަނާތު "ހެމިސްފިއާ" ނަގަން ޖެހުނެވެ.

އޭނާގެ ހާލަތަކީ އާދަޔާ ހިލާފު ކޭސްއެކެވެ. އޭނާގެ ވާތު ލޮލަށް ފެނެއެވެ. ހިނގެއެވެ. އަދި ވާހަކަދެއްކެއެވެ.

"ނިއުރޮ ޕްލާސްޓިސިޓީ"ގެ ސަބަބުން ސިކުނޑީގެ އެއް ހެމިސްފިއާ މަދުވިޔަސް ހަށިގަނޑުގެ ހިނގުން ހިންގުމުގެ މަސައްކަތް އަނެއް ހެމިސްފިއާއިން ފަށައެވެ.

ނަމަވެސް އާދައިގެ އެހެން އިންސާނަކަށް މި ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ހޯކިންސްއާ ތަފާތު ގޮތަކަށް ހަށިގަނޑުގެ މަސައްކަތްކުރުން ބައްޓަންވެއެވެ. އެ ގޮތުން ހަށިގަނޑުގެ ވާތް ފަޅި "ޕެރަލައިޒް" ނުވަތަ ވާވެދާނެއެވެ. ސަބަބަކީ ހަށިގަނޑުގެ ވާތް ފަޅި ބަލަހައްޓަނީ ސިކުނޑީގެ ކަނާތް ފަޅިންނެވެ.

އަދި ހަމަ މި ގޮތަށް ވާތު ލޮލުގެ ފެނުން ވެސް ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.

"ހެމިސްފެރެކްޓޮމީ" އޮޕަރޭޝަނެއްކޮށްގެން ސިކުނޑީގެ ކަނާތު ހެމިސްފިއާ ނަގައިފި ނަމަ ދިމާވެދާނެ އިތުރު މައްސަލަތަކުގެ ތެރޭގައި ޖާގަ ފާހަގަކުރަން ނޭނގުމާއި މީހުންގެ މޫނު ވަކިކުރަން ނޭނގުމާއި ޖަޒުބާތުތައް އިހުސާސްނުކުރެވުން ހިމެނެއެވެ.

އާއްމު ގޮތެއްގައި މި އޮޕަރޭޝަންކުރަނީ ބޭސް ދީގެން ކޮންޓްރޯލް ނުކުރެވޭ "އެޕިލެޕްސީ" ހާލަތު ހުންނަ މީހުންގެއެވެ.

ވީޑިއޯ