ކުޅިވަރެއް ކުޅެލައި، ޖޯކެއް ކިޔައިލާ ކަހަލަ ބައިވެރިޔަކާ ކައިވެނި ނުކުރެވިއްޖެ ނަމަ، ޒަވާޖީ ދިރިއުޅުން ވެގެންދާނީ ފޫހިކަމަކަށެވެ. ޒަވާޖީ ހަޔާތަކީ ސިފައިންގެއެއްގައި އުޅުން ކަހަލަ ކަމެއް ނޫނެވެ.
ސަކަރާތްޖެހުމަކީ ހަމައެކަނި ކުޑަކުދިން ކުރާކަމެއް ނޫނެވެ. އުފާވެރި، ދުޅަހެޔޮ، ދިގު މުއްދަތަކަށް ދެމިގެންދާ ގުޅުމަކަށް ވެސް އެއީ މުހިންމު ކަމެކެވެ. ހާއްސަކޮށް، މި ޒަމާނުގައެވެ.
އެކުގައި ކުޅިވަރު ކުޅުމަކީ ސްޓްރެސް ފިލައި، މުއާމަލާތްކުރުން ރަނގަޅުވެ، ގުޅުން ބަދަހިވެ، މައްސަލަތައް ހައްލުކުރެވި، އަދި ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުމުން ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.
މި ބަލައިލަނީ މި ގޮތުގެ މަތިން ދެމަފިރިންގެ ގުޅުން ބަދަހިކުރެވިދާނެ 23 ގޮތަކަށެވެ:
- ދެމަފިރިން "ރޮމޭންޓިކް" ނުވަތަ އިޝްގީ ގޮތުން ސަކަރާތްޖަހާލާށެވެ.
- ގިލިގިލި ކޮށްޓާލާށެވެ.
- ބޭރަށް ޖައްސާލާށެވެ. ބީޗަށް ގޮސްލާށެވެ. ދެމަފިރިން އެކުގައި ކެއުމަކަށް ދާށެވެ.
- ސިނަމާއަށް ގޮސް އެކުގައި ފިލްމެއް ބަލައިލާށެވެ.
- ދެމަފިރިން އެކުގައި ކޮލިޓީ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކުޑަވަރެއްގެ ހަނީމޫނަކަށް އަލުން ގޮސްލާށެވެ.
- ސްކްރެބްލް، ކެރަމް، ރާޒުވާ ފަދަ ބޯޑު ކުޅިވަރެއް ކުޅެލާށެވެ.
- ބެޑްމިންޓަން ނުވަތަ ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރެއް ކުޅެލާށެވެ.
- ކައްކާ ނުވަތަ ބޭކް ކުރާ ނުވަތަ ކޭކު އަޅާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވާށެވެ.
- ނިދާ ކޮޓަރީގައި އާ ކަންތައްތައް ކޮށްލާށެވެ.
- ކަންތައްތަކާ އުފާކުރުމުގައި ދެމަފިރިން ބައިވެރިވާށެވެ.
- ހާއްސަ ހަފުލާތަކަށް ދެމަފިރިން އެކުގައި ޖައްސާލާށެވެ.
- ދެމަފިރިން އެކުގައި ހުނުމުގައި ވަގުތު ހޭދަކޮށްލާށެވެ.
- އެކުގައި ހިނގާލަން ދާށެވެ.
- ދެމަފިރިން އެކުގައި ނަށާލާށެވެ. ނެށުމަކީ އުފާވެރިކަން ގާއިމުކޮށްދޭ ހޯމޯންސް ހަށިގަނޑުގައި އުފައްދައިދޭ ކަމެކެވެ.
- އެކުގައި ލަވަ ކިޔާށެވެ.
- އެކުގައި ނާސްތާކުރާށެވެ.
- އެކުގައި ފެންވަރާށެވެ.
- އެކުގައި ކަސްރަތުކުރާށެވެ.
- އެކުގައި ނިދާށެވެ.
- ބޮސް ދޭށެވެ.
- ގޭތެރޭގެ ކަންތައްތައް އެކުގައިކުރާށެވެ.
- އެކުގައި ކަންތައްތައް ރާވާށެވެ.
- ގަވައިދުން އެއްދާންކުރާށެވެ.
މި 23 ކަންތައްތަކަށް ސަމާލުކަން ދިނުމުން ދެމަފިރިންގެ ޒަވާޖީ ހަޔާތް ތާޒާކަންމަތީ ދެމެހެއްޓޭނެއެވެ. ތިބާގެ ބައިވެރިޔާއަކީ ތިބާގެ އެންމެ ގާތް ރަހްމަތްތެރިޔާގެ ގޮތުގައި ބަލާށެވެ.
ނޯޓު: ތަރުޖަމާއެއް

One Response
އަނެއްހެން ރަގަޅު ވާހަކަ ތަކެއް ކަމަށް ބެލެވޭ!