ލޯބިވާ މީހަކާ ދިމާއަށް "އައި ލަވް ޔޫ" ނުވަތަ "އަހަރެން ތިބާ ދެކެ ލޯބިވަމޭ" ބުނެލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް މި ޖުމްލައިގެ މާނަ އެހާ ސީދާސާދާ ހެއްޔެވެ؟ މި އިބާރާތުން ދޭހަވާ އިތުރު ކަންތައްތަކެއް އެބަހުރި ހުއްޔެވެ؟ މި ބަލައިލަނީ "އައި ލަވް ޔޫ" ބުނާއިރު އިހުސާސްކުރެވޭ އެކަމުގެ ފަހަތުގައިވާ ހަތް ކަމަކަށެވެ.
- "އައި ލަވް ޔޫ" ބުނުމަކީ ތިބާ ތިބާގެ ގޮތުގައި ބަލައިގަތުމެވެ. ތިބާގެ ޝަހުސިއްޔަތު އެހެން ގޮތަކަށް ބަދަލުކުރުމުން ނޫނީ ލޯބިވާނެ ކަމަށް ޝަރުތު ނުކުރުމެވެ.
- "އައި ލަވް ޔޫ"ގެ މާނައަކީ އެންމެ ބޮޑަށް ހާލުގައި ޖެހޭ ދަނޑިވަޅުގައި ވެސް ތިބާއާ އެކުގައިވުމެވެ.
- "އައި ލަވް ޔޫ"ގެ މާނައަކީ ތިބާ ނުބައި މޫޑެއްގައި ހުންނަ އިރު ވެސް ނުވަތަ ތިބާ ކުރަން ތިބާގެ ބައިވެރިޔާ އެދޭ ކަންތައްތައް ކުރުމަށްވުރެ ވެސް ވަރުބަލިވެފައި ތިބާ ހުއްޓަސް ތިބާ ދެކެ ލޯބިވުމުގައި ދެމިހުރުމެވެ.
- "އައި ލަވް ޔޫ"ގެ މާނައަކީ ތިބާ ޑިޕްރެޝަނެއްގައި ނެގިމަޑުވެފައި ހުންނަ ވަގުތުތަކުގައި ވެސް ތިބާ ދެކެ ލޯބިވުންމަތީގައި ހުރުމެވެ. ހަމައެކަނި މަޖާވެފައި ތިބާ ހުންނަ ވަގުތުތަކުގައި ތިބާ ދެކެ ލޯބިވުމެއް ނޫނެވެ.
- "އައި ލަވް ޔޫ"ގެ މާނައަކީ ތިބާގެ އެންމެ ބޮޑެތި ސިއްރުތައް އެނގޭ ހާލުގައި ވެސް ތިބާއާމެދު ނުރަނގަޅު ގޮތަކަށް ނުދެކުމެވެ. އަދި ތިބާ ވެސް ތިބާގެ ބައިވެރިޔާއާމެދު އެ ގޮތަށް ކަންތައް ކުރުމެވެ.
- "އައި ލަވް ޔޫ"ގެ މާނައަކީ ދެ މީހުންގެ ގުޅުމާމެދު ހިތްހަމަޖެހޭ ހާލު ތިބާ ދޫކޮށްލުމަށްވުރެ ބޮޑަށް ތިބާ ދެކެ ތިބާގެ ބައިވެރިޔާ ލޯބިވުމެވެ.
- "އައި ލަވް ޔޫ"ގެ މާނައަކީ ތިބާއާމެދު ތިބާގެ ބައިވެރިޔާ ވިސްނައި، ތިބާ ހުވަފެނުން ފެނުމަށް އެދި، އަދި އަބަދުވެސް ތިބާއަށް ބޭނުންވެފައި ހުރުމެވެ.
މި ހަތް ކަމުން އެނގޭ ކަމަކީ "އައި ލަވް ޔޫ" ނުވަތަ "އަހަރެން ތިބާ ދެކެ ލޯބިވަމޭ" ބުނުމަކީ އާދައިގެ ބުނުމެއް ނޫންކަމެވެ. ތިބާ ތިބާގެ ބައިވެރިޔާއާމެދު މި ހަތް ގޮތަށް އިހުސާސްނުކުރެވޭ ނަމަ، މި މާނަ ފުން އިބާރާތް ބުނުމުގެ ބޭނުމެއް ނެތެވެ.
ނޯޓު: ތަރުޖަމާއެއް
