Support Us

ކޮލަމް މީތިނުކިޔާތި: އެފްރިކާގެ މަޖާ، ނަމަވެސް އިބުރަތްތެރި ބޯދާބަސްތަކެއް

  • މާމުއި ކުޅަނދުރެއް ކަށި ޖެހުމުން ހުރިހާ މާމުއި ހަތާތަކެއް ނައްތައިނުލައިށެވެ. (ކެންޔާ)
  • ރީތި ނަމަވެސް ކަތިލާ ތަނަކަށް ގެންދިއުމުން އުފާކުރާނީ މޮޔަ ގެރިއެކެވެ. (ޒެމްބިއާ)
  • އުޑުގެ ކިތައްމެ އުހަކަށް އުދުހިފައި އެރިއަސް ކާބޯތަކެތި ހޯދަން ބާޒަށް ޖެހޭނީ ބިންމައްޗަށް ޖައްސައިށެވެ. (ޒިމްބާބްވޭ)
  • ކަންބަޅިތަކެއްގެ މައްޗަށް ރަސްކަންކުރާ ސިންގާއަކަށް ކަންބަޅިތަކަކަށް ތަބާވާ ސިންގާތަކެއް ބަލިކޮށްލެވޭނެއެވެ. (ގާނާ)
  • ކާބޯތަކެތީގެ މީރުކަން އަނގައަށް ދަސްކޮށްދެވޭނީ ފުރަގަސްފަރާތަކަށް ނޫނެވެ. (ދެކުނު އެފްރިކާ)
  • ރީތި އަންހެނަކާ ކައިވެނިކުރާ މީހަކީ މަގު ކައިރީގައި ޒުވާރި އިންދާ ދަނޑުވެރިއެއް ފަދަ މީހެކެވެ. (އިތިއޯޕިއާ)
  • އިސްކޮޅުން ކުރު މީހަކީ ކުޑަ ކުއްޖެއް ނޫނެވެ. (ނައިޖީރިއާ)
  • ރުޅިގަނޑު ކިތައްމެ ހޫނަސް އެއަކުން އޮޅުއަލައެއް ނުކެއްކޭނެއެވެ. (ނައިޖީރިއާ)
  • ކުރިމަތިފަރާތުގައި ޖައްސާ މެއްސެއް ފައްސައިލުމަކީ ނުހަނު ހުށިޔާރުކަން ބޭނުންވާނެ ހުނަރެކެވެ. (ގާނާ)
  • ކަރު ތެރެއަށް ވަޅިއެއް ވައްދަން ބޭނުން ނަމަ ފުރަގަސްފަރާތުން އޭތި ނެރެން ވެސް އެނގެންޖެހޭނެއެވެ. (ދެކުނު އެފްރިކާ)
  • ބަކައްޓެއް ދެ ބުމަ ގޮށްޖަހައިގެން ހުއްޓަސް އެ ސޮރު މާރުކޭޓަށް ވިއްކައިލަން ނުގެންދާނެ ގޮތެއް ނޯންނާނެއެވެ. (ނައިޖީރިއާ)
  • މުރަނަ ކަށިތަކެއްގެ ވާހަކަ ބުނުމުން މުސްކުޅި އަންހެނަކަށް ނުތަނަވަސްކަން ލިބޭނެއެވެ. (ގާނާ)
  • އުއް ވިރުވާލަނީ މަށި ހަރުކޮށްލާ ހަމަ އިރުގެ އަވިންނެވެ. (ނައިޖީރިއާ)
  • ދާ މަންޒިލު ނޭނގޭ ނަމަ ކޮންމެ މަގަކުން ދެވޭނީ ވެސް އެ މަންޒިލަށެވެ. (ޔުގެންޑާ)
  • މާބަނޑު މީހުން އެޑްމިޓްކޮށްފައި ތިބޭ ހޮސްޕިޓަލް ވޯޑުގައި ބިކުރުވެރި އަންހެނުންނެއް ނުތިބޭނެއެވެ. (ކެމަރޫން)
  • މީހުން ތޮއްޖެހިފައިވާ މާރުކޭޓަކަށް ގާބުރިއެއް އެއްލާ މޮޔަ މީހަކަށް އޭނާގެ މަންމަގެ ހަށިގަނޑަށް އެ ގާބުރި އަރާފާނެކަމެއް ނޭނގޭނެއެވެ. (ޔުގެންޑާ)
  • ތުއްތު ކުއްޖަކަށް އޭނާގެ މަންމަގެ އުރަމަތި ކުޅެން ލިބުނަސް އޭނާގެ ބައްޕަގެ ކުރިމަތިފަރާތާ ނުކުޅެވޭނެއެވެ. (ގިނީ)
  • ފުރަގަސްފަރާތް ހިރުވަނިކޮށް ނިދަން އޮށޮންނަ މީހާއަށް ހޭލެވެނީ އިނގިލިތަކުން ނުބައި ވަސް ދުވާ ހާލުގައެވެ. (ނައިޖީރިއާ)

ނޯޓު: ތަރުޖަމާއެއް