Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަޔާތަކީ މިއީ

ދިރިއުޅުމުގައި އަވަދިނެތި އުޅޭއިރު ހަޔާތާމެދު ވިސްނައިލަން އެހާ ބޮޑު ސަމާލުކަމެއް ނުދެވިދާނެއެވެ. ނަމަވެސް ވަގުތުކޮޅެއް ހުސްކޮށްލައިފައި ކޮންމެ ދުވަހަކު ބައެއް ކަހަލަ ކަންތައްތަކާމެދު ވިސްނައިލުމުން ސިކުނޑިއަށްކުރާ ބައެއް އުނދަގޫތަކުން ސަލާމަތްވެވޭނެއެވެ. މި ބަލައިލަނީ މި ގޮތުން ހަޔާތާމެދު ވިސްނައިލުން މުހިންމު 11 ކަމެކެވެ.

  1. ތިބާ އުފަންވީ ނިވާކަމެއް ނެތިއެވެ. އަންނައުނު ލީ އޭގެ ފަހުންނެވެ. މަރުވެ ވެއްޔަށް ވެގެންދާނީ ދުނިޔޭގެ ލޯމައްޗަށް ތިބާގެ ހަށިގަނޑު ފޮރުވައިލި، އަވަހަށް ފީވެގެންދާނެ ފޮތިކޮޅެއް އޮޅައިލައިފައެވެ.
  2. ތިބާ ދުނިޔެއަށް އައީ މާއްދީ މުދާތަކެއް ނެތިއެވެ. ގަނޑުވަރުތަކާއި ރަނާއި ފައިސާ އެއީ ފަހުން ހޯދި ތަކެއްޗެވެ. ދުނިޔެ ދޫކޮށް ދާނީ މި މާއްދީ ހަޔާތް ދޫކޮށްލައިފައެވެ.
  3. ތިބާ ފުރަތަމަ ފެންވެރުވީ އެހެން މީހެކެވެ. އަދި ތިބާ މަރުވުމުން އެންމެ ފަހުން ފެންވަރުވައިދޭނީ ވެސް އެހެން މީހެކެވެ.
  4. އެހާ ބޮޑު ހަސަދަވެރިކަމަކާއި ނަފުރަތު ހިތުގައި ބާއްވަންވީ ކީއްވެ ހެއްޔެވެ؟
  5. ރިޝްވަތު ހިފުމާއި ކޮރަޕްޝަންގައި ބައިވެރިވާންވީ ކީއްވެ ހެއްޔެވެ؟
  6. ދަހިވެތިކަމާއި ރުޅިވެރިކަން ހިތުގައި ބާއްވަންވީ ކީއްވެ ހެއްޔެވެ؟
  7. އެހެން މީހުންނަށް ރަނގަޅަށް ހިތާށެވެ.
  8. ރަނގަޅު އަމަލުތައް ކުރާށެވެ.
  9. މީހުންނަށް ހިތްހެޔޮކަން ދައްކައިށެވެ.
  10. އެހެން މީހުންނާމެދު އިންސާފުން ކަންތައްކުރާށެވެ.
  11. ދުނިޔޭގައި އަހަރެމެން ވޭތުކުރާނީ ކުޑަ ދުވަސްކޮޅެކެވެ. މިހެންވެ، ބޭކާރު ކަންތައްތަކަށް ވަގުތު ނަގާނުލާށެވެ.

ހަޔާތަކީ މިއީއެވެ. ދުވަސްތައް ކުރިއަށްދާ ވަރަކަށް މި ފަދަ ކަންތައްތަކާމެދު ވިސްނެން ފެށޭނެއެވެ. އެއިރުން ހިތަށް އަރަން ފަށާނީ އުމުރުގެ ކުރީކޮޅު ޒުވާން ދުވަސްވަރު މި ފަދަ ފިލާވަޅުތައް ލިބުނު ނަމައެވެ. ނަމަވެސް ވިސްނަން ވީ މުހިންމު ނުކުތާއަކީ ލަސްވިޔަސް މި ވަގުތު ހުރި ހިސާބުން ވެސް ހަޔާތް އަދިވެސް ބާއްޖަވެރިކުރުމުގެ ފުރުސަތު އެބައޮތްކަމެވެ.

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *