އިމާރާތް ފަރުމާކުރާ ޒުވާން އަންހެން އާކިޓެކްޓް ކޯޓްނީ އެއް ދުވަހަކު އިނީ އެމެރިކާގެ ލޮސް އެންޖަލިސް ސަހަރަށް ދާ ދެ ގަޑިއިރުގެ ފްލައިޓެއްގައެވެ.
އެހެން އިންދާ ފަޅުވެރިޔަކު އޭނާގެ ގާތަށް އައެވެ. އަދި ބުންޏެވެ: "ފްލައިޓް ޖެއްސިޔަސް ނުފައިބައި މަޑުކޮށްލައިށެވެ. ޕައިލެޓް ތިބާއާ ސީދާ ވާހަކަދައްކައިލަން ބޭނުންވެއެވެ."
ކޯޓްނީއަށް ލިބުނީ ހައިރާންކަމެކެވެ. ފްލައިޓް ޖައްސަންދެން ވެސް އޭނާއިނީ ޕައިލެޓް ދައްކަން ބޭނުންވަނީ ކޮން ވާހަކައަކާމެދުތޯ ވިސްނާށެވެ.
ކޯޓްނީ ލޮސް އެންޖަލިސްއަށް ދަތުރުކުރަމުން އައީ ޕްރެޒެންޓޭޝަނެއް ދައްކައިލައިށެވެ. އެ ކަމުން އޭނާއަށް ވަޒީފާގައި ހާއްސަ ޕްރޮމޯޝަނެއް ވެސް ލިބިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އެ ކަމަށް އޮތް ފޯކަސް ގެއްލި، އޭނާގެ ހުރިހާ ފިކުރެއް އެނބުރުނީ ޕައިލެޓް އޭނާގެ ގާތުގައި ދައްކަން އުޅޭ ގޮތް ނޭނގޭ ވާހަކައަށެވެ.
ކޯޓުނީގެ ހިޔާލަށް ދެން އައީ އޭނާގެ މަންމަ އޭނާ ގެންގުޅުނު ގޮތެވެ. އެކަނިވެރިމައެއްގެ ގޮތުގައެވެ. މަންމަ ބުނީ ބައްޕަ ވަނީ ނިޔާވެފައިކަމަށެވެ. ކޯޓްނީ އުފަންވުމުގެ ކުރިންނެވެ.
ކަންދިމާކުރިގޮތުން ވީގޮތަކީ ކޯޓްނީގެ އަތުގައި އިން ލަފެއް ފްލައިޓް އެޓެންޑެންޓަށް ފެނުނީއެވެ. ދެން އެ އެއާ ހޮސްޓެސް ގޮސް ޕައިލެޓްގެ ގާތުގައި އެ ލަފުގެ ވާހަކަ ބުނީއެވެ. ކޯޓުނީއާ ޕައިލެޓް ވާހަކަދައްކަން ބޭނުންވީ މި ކަމާ ހުރެއެވެ. ސަބަބަކީ ޕައިލެޓްގެ އަތުގައި ވެސް ހަމަ އެއާ މުޅިން އެއްވައްތަރުގެ ލަފެއް ހުއްޓެވެ.
ފްލައިޓް ޖެއްސުމުން ކޯޓްނީ މަޑުމަޑުން ސީޓުގައި މަޑުކޮށްލައިގެން އިނެވެ. އެހެން އިންދާ ޕައިލެޓް އޭނާގެ ގާތަށް އައެވެ.
ޕައިލެޓްގެ ނަމަކީ ސްޓީވްއެވެ. ކޯޓްނީއަށް އޭނާ ވައްތަރުވީ ކޯޓްނީގެ މަންމަގެ ފޮޓޯ އަލްބަމްގައި ހުރި ފޮޓޯތަކެއްގައި ހުރި މީހަކާއެވެ.
މަންމަ ބުނެފައިވަނީ ސްޓީވްއަކީ މަންމަގެ ރަހްމަތްތެރިއެއް ކަމަށެވެ. ނަމަވެސް ސްޓީވް ކޯޓްނީއަށް ދިނީ ހައިރާންވާވަރުގެ ހަބަރެކެވެ.
"ކޯޓްނީ، އަހަރެން މިއީ ތިބާގެ ބައްޕަ،" ސްޓީވް ރޯންފެށިއެވެ.
އޭނާގެ ބައްޕަ ދުނިޔޭގައި ހުރިކަން އެނގި، އަދި މިހާރު އެހެރީ އޭނާގެ ކުރިމަތީގައިކަން އެނގުމުން ކޯޓްނީއަށް ލިބުނީ ސިހުމެކެވެ.
ސްޓީވް ކިޔައިދިނީ ސްޓީވްގެ ހަޔާތް ކުރިއަށް ދިޔަ ގޮތެވެ. ކޯޓްނީއަށް ބަލިވެއިން ވާހަކަ ކޯޓްނީގެ މަންމަ މަލިސާ، ކޯޓްނީގެ ބައްޕަ ސްޓީވްގެ ގާތުގައި ނުބުނާކަމަށެވެ. ޕައިލެޓަކަށްވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ސްޓީވް ދޫކޮށް ދިޔަ ވާހަކައެވެ. ސަބަބަކީ ކޯޓްނީއަށް ބަލިވެއިންކަން ސްޓީވްއަށް އެނގިއްޖެ ނަމަ ޕައިލެޓްކަން ކިޔަވަން ސްޓީވް ނުދާނެކަން މަލިސާއަށް އެނގޭތީއެވެ.
ސްޓީވް ބުނީ ކޯޓްނީގެ ވާހަކަ އެނގުނީ އޭނާ އުފަންވިތާ އެތައް ދުވަހެއް ފަހުން ރަހްމަތްތެރިއެއްގެ ފަރާތުން ކަމަށެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ހުރި ހާލުގައި ވެސް ކޯޓްނީ ވަގުތުން މަންމަ މަލިސާއަށް ގުޅިއެވެ. ސްޓީވްއަކީ ކާކުކަމުގެ ސިއްރު ހިފަހައްޓަން މި ހުރިހާ ދުވަހަކު މަންމަ ކޯޓްނީ ގާތުގައި ދޮގުހަދައިފައިވާތީއެވެ.

ކޯޓްނީއަށް ބަލިވެއިންކަން ސިއްރުކުރުމާއެކު މަލިސާ ސްޓީވް ދޫކޮށްލީ ކޯޓްނީގެ ހައްގުގައި ސްޓީވް ޕައިލެޓަށްވުމަށް ދެކެމުން އައި އުއްމީދު ސްޓީވް ގުރުބާންކޮށްފާނެތީ ކަމަށް މަލިސާ އިއުތިރާފުވިއެވެ. ސްޓީވްގެ ޕައިލެޓްކަމުގެ ކެރިއަރު ސަލާމަތްކުރުމަށެވެ.
ކޯޓްނީ އާއި ސްޓީވްގެ ވާހަކަ ދިގުލައިގެން ދިއުމުން ކޯޓްނީއަށް ކޯޓްނީގެ މީޓިން ގެއްލުނެވެ. މިހެންވެ، ދަންނަ މީހުންނަށް ގުޅައިގެން ކޯޓްނީއަށް ބޭނުންވާ ވަޒީފާގެ ކުރިއެރުން އިންވެސްޓަރުންގެ ފަރާތުން ސްޓީވް ކޯޓްނީއަށް ހޯދައިދިނެވެ.
އޭގެ ހަފުތާއެއް ފަހުން ސްޓީވް މަލިސާގެ ގެއަށް ޒިޔާރަތްކުރިއެވެ.
މި ހާދިސާއިން ހާމަވި ކަންތައްތަކުގެ ސަބަބުން ކޯޓްނީ އާއި އޭނާގެ ބައްޕަ ސްޓީވް އާއި މަންމަ މަލިސާއަށް ވެސް، ތިން މީހުންނަށް އެކުގައި އަލުން އާއިލާއެއް ލިބުނު ފަދަ އިހުސާސެއް ކުރެވުނެވެ. ތިން މީހުންގެ ހަޔާތުގައި އޮތް ހުސްކަމަށް ނިމުމެއް އައެވެ.
