ހުވަފަތްވެފައިވާ އުމުރުން 70 އަހަރުގެ އަންހެނަކު އަލުން ކައިވެނިކުރަން ނިންމިއެވެ.
މި ނިޔަތުގައި އޭނާ ނޫހެއްގައި އިސްތިހާރެއްޖެހިއެވެ. އިސްތިހާރުގައި ލިޔެފައިވަނީ މިހެންނެވެ: "އަހަރެންނާ ކައިވެނިކުރަން އެދޭ މީހާ ވާންޖެހޭނީ އަހަރެންގެ އުމުރުގެ މީހަކަށެވެ. އަހަރެންނަށް ބޭވަފާތެރިވެގެންނުވާނެއެވެ. އަހަރެންނަށް އަނިޔާކޮށްގެންނުވާނެއެވެ. އެއްދާންކުރެވެންވާނެއެވެ. ފޯމު ހުށަހަޅާނީ އަހަރެންގެ ގެއަށް އައިސްފައެވެ."
ޖެހިގެން އައި ދުވަހު އަންހެންމީހާގެ ގޭގެ ރަނގަބީލު ޖެހި އަޑު އޭނާއަށް އިވުނެވެ.
އޭނާ ގޮސް ދުރުހުޅުވައިލިއެވެ. ފެނުނު މަންޒަރުން ހިތްމަރުވިއެވެ.
އޭނާގެ ކުރިމަތީގައި އިނީ އޭނާއާ އެއް އުމުރުގެ, ނުރަވެފައިވާ މީހެއް ކަމަށް ވިޔަސް އެ މީހާ އިނީ ފުރޮޅު ލީ ގޮނޑިއެއްގައެވެ. އާނއެކެވެ. އެއީ ނުކުޅެދޭ މީހެކެވެ. އޭނާގެ ދެ އަތް އަދި ދެ ފައި ވެސް ނެތެވެ.
"ތިބާ ހަގީގަތުގައި ވެސް އަހަރެންނާ ކައިވެނިކުރަން އެދެނީ ހެއްޔެވެ؟" ބުއްދި ގަބޫލު ނުކުރެވިފައި ހުރި ގޮތަކަށް އަންހެންމީހާ އެ މީހާއާ ދިމާއަށް ބުންޏެވެ.
ދެން އިތުރަށް އަންހެންމީހާގެ ވާހަކަ ކުރިއަށްގެންދިޔައެވެ: "ތިބާއަށް ބަލައިލަބަލައިށެވެ. ތިބާގެ ދެ ފައެއް ނެތެވެ."
ފިރިހެންމީހާ ޖަވާބުދިނެވެ: "އެހެންވީމާ ރަނގަޅު ނޫން ހެއްޔެވެ؟ އަހަރެންނަށް ތިބާއަށް ބޭވަފާތެރި ނުވެވޭނެއެވެ."
އަންހެންމީހާ ދެން ބުނެލިއެވެ: "ތިބާގެ ދެ އަތް ވެސް ނެތެއް ނޫން ހެއްޔެވެ؟"
ފިރިހެންމީހާ ޖަވާބުދިނެވެ: "ރަނގަޅެއް ނޫން ހެއްޔެވެ؟ އެއިރުން އަހަރެންނަކަށް ތިބާއަށް އަނިޔާއެއް ނުކުރެވޭނެއެވެ."
އަންހެންމީހާ ފަހު ޝަރުތާމެދު ސުވާލުކޮށްލިއެވެ: "ތިބާއަށް އެއްދާން ކުރެވިދާނެ ހެއްޔެވެ؟"
ފިރިހެންމީހާ ޖަވާބުދިނެވެ: "މި ގޭގެ ރަނގަބީލު އަހަރެން ޖެހީމެއް ނޫން ހެއްޔެވެ؟"
ނޯޓު: ތަރުޖަމާއެއް
