Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އުފާވެރި ޒަވާޖީ ހަޔާތަކަށް 15 މަގެއް

އުފާވެރި އަދި ދިގު މުއްދަތަކަށް ދެމިގެންދާ ޒަވާޖީ ދިރިއުޅުމެއް ހޯދަން ހިނގިދާނެ މަގުތަކެއްވެއެވެ. މި ބަލައިލަނީ އެ ތަނުން 15 މަގަކަށެވެ.

  1. ކައިވެންޏަށް އިންވެސްޓްކުރާށެވެ. މާނައަކީ ދެމަފިރިންގެ ގުޅުމަށް އިސްކަން ދީ، އެ ގުޅުން ވަރުގަދަކުރާށެވެ.
  2. ދެމަފިރިންގެ ގުޅުން ހަރުދަނާކުރުމަށް ތެދުވެރި އަދި ސާފުކޮށް ފެންނަން ހުންނާނެ ގޮތަށް މުއާމަލާތްކުރާށެވެ.
  3. އެންމެ ދަތި ދުވަސްތަކުގައި ވެސް ދެމަފިރިންގެ ދެމެދުގައި ކުރެވުނު ކައިވެނީގެ އަހުދަށް އިހުތިރާމްކުރާށެވެ.
  4. ބައިވެރިޔާގެ ހިޔާލުތަކާއި ޖަޒުބާތުތަކަށް އިހުލާސްތެރިކަމާއެކު ސަމާލުކަންދޭށެވެ.
  5. ދެމަފިރިންގެ ސިއްރުތައް ސޯޝަލް މީޑިއާގައި ހިއްސާނުކުރާށެވެ.
  6. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރާނީ އެކަކު އަނެކަކާ ދިމާކޮށްލައިގެން އުޅޭ ޒާތަކަށް ނޫނެވެ.
  7. ދެ މީހުންގައި އުނި ސިފަތައް ހުއްޓަސް އެކަކު އަނެކަކަށް އަޅާލާ، އަބަދުވެސް ބައިވެރިޔާއާއެކުގައި ހުރިކަން ހާމަކުރާށެވެ.
  8. ކިތައްމެ ބުރަކޮށް އުޅެންޖެހުނަސް، ދެމަފިރިން އެކުއެކީގައި ކޮލިޓީ ވަގުތުތައް ހޭދަކުރާށެވެ.
  9. އެކަކު އަނެކަކުގެ ދެމެދުގައި އިތުބާރު އުފެއްދުމަށް ހުރިހާ ކަމެއް ދެމަފިރިންގެ ދެމެދުގައި ހިއްސާކުރަމުން އަންނާށެވެ.
  10. ދެމަފިރިންގެ ގުޅުން އަބަދުވެސް ތާޒާކަންމަތީ ދެމެހެއްޓުމަށް އާ ކަންތައްތައް އެކުގައި ކުރާށެވެ.
  11. ބައިވެރިޔާއަށް އަބަދުވެސް ތައުރީފުކުރާށެވެ. އޭނާގެ އަގެއްވާކަން އޭނާއަށް ގަބޫލުކުރެވި، ތިބާ އޭނާއަށް ސަމާލުކަން ދޭކަން އޭނާއަށް އިހުސާސްކުރެވޭނެއެވެ.
  12. އާއްމު ތަންތާނގައި އުޅޭއިރު އެކަކުއަނެކަކަށް އިހުތިރާމްކުރާށެވެ. ދެބަސްވުންތައް ހައްލުކުރާނީ ދެމަފިރިން އެކަނިވާ ވަގުތުތަކުގައި އެހެން މީހުންގެ ލޯތަކުން ދުރުގައެވެ.
  13. ލޯބިވާ ވާހަކަ ބައިވެރިޔާގެ ގާތުގައި ކޮންމެ ދުވަހަކުވެސް ބުނާށެވެ.
  14. ދޫދިނުމަކީ މުހިންމު ކަމެކެވެ. އެކަކު އެނަކަކުގެ ބޭނުންތަކަށް ވިސްނައި، ހަމްދަރުދީވާށެވެ.
  15. ދިރިއުޅުމުގައި ކަޑައްތުކުރާ ހުރިހާ މަރުހަލާތަކުގައި އެކުގައި ދުއާކޮށް، އެކުއެކީގައި ކުޅެހަދާ، އަދި އެކުގައި މުނާސަބާތައް ފާހަގަކުރާށެވެ.

މި ފާހަގަކޮށްލި މަގުތައް ކަމަށްވާ އިހުތިރާމްކުރުމާއި ބަލައިގަންނަކަން ހާމަކުރުމާއި އުފާވެރިކަމުގައި ދެމަފިރިން ބައިވެރިވުން ފަދަ ކަންތައްތައްކުރުމުން ހަމަޖެހޭ ޒަވާޖީ ހަޔާތަކަށް ރަނގަޅު ބިންގަލެއްގެ މަތީގައި ކުރިއަށްދެވޭނެއެވެ.

ނޯޓު: ތަރުޖަމާއެއް