Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަނބިމީހާ އެހެން މީހެއް ދެކެ ލޯބިވާކަމުގެ 11 ނިޝާން

ޒަވާޖީ ހަޔާތަކީ އެންމެ މުހިންމު ގުޅުން ކަމަށް ވިޔަސް އެއީ ގޮންޖެހުންތައް ވެސް ކުރިމަތިލާންޖެހޭ ދިރިއުޅުމެކެވެ. މުޅި ހަޔާތަށް ދިގުދެމިގެންދާ މި ގުޅުން ހަރުދަނާކަންމަތީ ބޭއްވޭނީ ބުރަ މަސައްކަތާއި ކެތްތެރިކަމާއި ލޯތްބާއެކު ބައިވެރިޔާއާ މުއާމަލާތްކުރުމުންނެވެ.

ނަމަވެސް، މި ހުރިހާ ކަމަކާއެކު ވެސް ބައެއް ފަހަރަށް ޒަވާޖީ ހަޔާތް ކުރިއަށްނުގޮސް، ހުއްޓި، ސިކުނޑިއަށް އުނދަގޫކުރާ ކަންތައްތައް ދިމާވެއެވެ. މިހެން ދިމާވުމުން އެހެން މީހެއްގެ ފަރާތުން ޖަޒުބާތީ ގުޅުމާއި ލޯބި ހޯދުމަށް އަނބިމީހާ ބޭނުންވެދާނެއެވެ. މި ކަމުގެ ނިޝާންތައް ފާޅުކޮށް ފެންނަން ފަށައިފާނެއެވެ. އަދި ފާޅުނުވާ ކަމަށް ވިޔަސް، ބޭރުފުށުން ނުފެންނަ ސިފައެއްގައި ހުރެދާނެއެވެ. ނަތީޖާއެއްގެ ގޮތުން އަނބިމީހާގެ ޖަޒުބާތުތަކާއި އަމަލުތައް ތިބާއަށް ސަމާލުކަން ނުދޭ ގޮތަކަށް ބައްޓަންވާ ގޮތް ފެންނަން ފަށައިފާނެއެވެ.

މި ބަލައިލަނީ، އަނބިމީހާ އެހެން މީހެއްދެކެ ލޯބިވާން ފަށާ ހިސާބުން ފެނިދާނެ 11 ނިޝާނެކެވެ.

  1. އަނބިމީހާ ލޯބިވާ މީހާއާމެދު މާގިނައިން ވިސްނައި، އެ މީހާ ޝައުގުވެރިވާ ކަންތައްތަކާއި އެ މީހާގެ ހަރަކާތްތަކުގެ ވާހަކަތައް ތިބާއާ ހިއްސާކުރަން ފަށައިފާނެއެވެ.
  2. އަނބިމީހާ ލޯބިވާ މީހާއާ ތިބާ އަޅާކިޔަން ފަށައިފާނެއެވެ. އެ މީހާގެ ރަނގަޅު ސިފަތަކުގެ ވާހަކަ ދައްކާއިރު ތިބާގެ އުނި ސިފަތަކުގެ ވާހަކަ ދައްކަން ފަށައިފާނެއެވެ.
  3. އަނބިމީހާ ތަފާތު ގޮތަކަށް ހެދުން އަޅަން ފަށައިފާނެއެވެ. މާބޮޑަށް މޭކަޕްކޮށް، އަނެއް މީހާއާ ގިނައިން ހީސަމާސާކުރަން ފަށައިފާނެއެވެ.
  4. އަނބިމީހާ ހިތްކިޔާ މީހާއާއެކު މާގިނައިން ވަގުތު ހޭދަކުރަން ފަށައިފާނެއެވެ. ތިބާއާމެދު އިހުމާލުވާން ފަށައިފާނެއެވެ. ތިބާއާއެކު ކުރަން ނިންމައިފައިވާ ކަންތައްތައް ކުރުން ހުއްޓައިލައިފާނެއެވެ.
  5. އަނބިމީހާ ލޯބިވާން ފަށާ މީހާ އެހެން އަންހެނުންނާ ގާތްވާ ތަން އަނބިމީހާއަށް ފެންނަން ފެށުމުން އަނބިމީހާގެ ކިބައިން ހަސަދަވެރިވުމުގެ ސިފަ ފެންނަން ފަށައިފާނެއެވެ.
  6. އަނބިމީހާގެ ސިއްރުތައް އޭނާ ލޯބިވާ މީހާއަށް ކިޔައިދޭން ފަށައިފާނެއެވެ.
  7. ތިބާއާ ޖިސްމާނީ ގޮތުން ގާތްވުމާމެދު އޮންނަ ޝައުގުވެރިކަން ކުޑަވާން ފަށައިފާނެއެވެ. ތިބާއާއެކު ޖިންސީ ގުޅުން ހިންގުމާ ވެސް ދުރަށް ދާން ފަށައިފާނެއެވެ.
  8. ޒަވާޖީ ހަޔާތާމެދު ތިބާއާ ވާހަކަ ދެއްކުމާ ދުރަށްޖެހެން ފަށައިފާނެއެވެ. ތިބާގެ ކަންތައްތަކާ މަޝްވަރާކުރުމާ ވެސް ދުރަށް ދާން ފަށައިފާނެއެވެ.
  9. އަނބިމީހާ ފޯނުގައި މާގިނަ ވަގުތު ހޭދަކުރަން ފަށައިފާނެއެވެ. އޭނާ ގޮސް އުޅޭ ތަންތަން ތިބާއަށް ސިއްރުކުރަން ފަށައިފާނެއެވެ. އަދި ތިބާއަށް ނުދައްކަންވެގެން އޭނާގެ ފޯނު ފޮރުވަން ވެސް ފަށައިފާނެއެވެ.
  10. އަނބިމީހާ އާ ކަންތައްތައްކުރަން ފަށައިފާނެއެވެ. އެ ގޮތުން، އޭނާ ހިތްކިޔަން ފެށި މީހާގެ ހޮބީތަކަށް އޭނާ ވެސް ޝައުގުވެރިވާން ފަށައިފާނެއެވެ.
  11. ތިބާއާ އޭނާ މުއާމަލާތްކުރާއިރު އޭނާ ރުންކުރުވުން ފަދަ ސިފަތައް ފެންނަން ފަށައިފާނެއެވެ. ތިބާއާހެދި އުނދަގޫވާކަމުގެ ސިފަތައް ފެންނަން ފަށައިފާނެއެވެ.

މި ބަލައިލި 11 ނިޝާން ފެންނަން ފަށައިފި ނަމަ، އަނބިމީހާއާމެދު ވިސްނުންތެރިކަމާއި ކެތްތެރިކަމާއި އޯގާތެރިކަމާއެކު މުއާމަލާތްކުރާށެވެ. ތެދުވެރިކަމާއެކު އޭނާއާ މުއާމަލާތްކުރުމަކީ ތިޔަ ދެމަފިރިންގެ ޒަވާޖީ ހަޔާތުގައި ޖެހޭ ކުނިތައް ނައްތައިލުމަށް މުހިންމު ކަމެކެވެ.

ކައިވެނިކޮށްގެން އުޅޭ އަންހެނަކު އެހެން މީހެއްދެކެ ލޯބިވުމަކީ ނުވާނެ ކަމެއް ނޫނެވެ. ނަމަވެސް އެއީ ޖަޒުބާތީ ގޮތުންނާއި ސުލޫކީ ގޮތުން ކުރިމަތިވާނެ ގޮންޖެހުމެކެވެ. ތިބާގެ އަނބިމީހާގެ ފަރާތުން މި ފަދަ ނިޝާންތަކެއް ފެންނަ ނަމަ، ވިސްނުންތެރިކަމާއި އިހްތިރާމާއި ތެދުވެރިކަމާއެކު އޭނާއާ މުއާމަލާތްކުރާށެވެ.

ނޯޓު: ތަރުޖަމާއެއް