Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފިރިމީހާއަށް ހެދިދާނެ 18 ގޯހެއްގެ ވާހަކަ

ޒަވާޖީ ހަޔާތް ވޭތުކުރަމުން އަންނަ ފިރިޔަކަށް ދިރިއުޅުމުގައި ބައެއް ފަހަރަށް ވަރަށް ސީރިއަސް ކުށްތަކެއްކުރެވެއެވެ. މި ކަމުގެ ސަބަބުން ކައިވެންޏަށް ނުބައި އަސަރުކޮށް، ދެމަފިރިން ވެސް ހިތާމައެއްގެ ތެރެއަށް ވެއްޓިދާނެއެވެ.

މި ބަލައިލަނީ މި ގޮތުން ފިރިއަކަށް ހެދިދާނެ 18 ގޯހަކަށެވެ.

  1. އާއިލާއަށްވުރެ ބޮޑަށް ވަޒީފާ އާއި މަސައްކަތަށް އިސްކަންދިނުމުން އާއިލީ ގުޅުންތަކާއި އާއިލީ ހަމަޖެހުމަށް ބުރޫއަރާނެއެވެ.
  2. އެހެން އަންހެނުންނާ ޖަޒުބާތީ ގާތްކަން ބާއްވާ، ޖިންސީ ސަމާސާކުރުމުން އަނބިމީހާކުރާ އިތުބާރު ގެއްލޭނެއެވެ.
  3. އާއިލާއަށް ހަރަދުނުކޮށް އެހެން ކަންތައްތަކަށް ހަރަދުކުރާ ނަމަ އާއިލީ މީހުންގެ ނަފުރަތު ފިރިމީހާއަށް އަމާޒުވާނެއެވެ.
  4. ފިރިހެނަކަށްވީތީ ލޯބިވާކަން ފޮރުވައިގެން އުޅޭކަށް ނުޖެހޭނެއެވެ. ޖަޒުބާތުތައް ފާޅުކުރުމުގައި ފިރިހެނަކަށްވީތީ ލަދުގަންނާކަށްނުޖެހެއެވެ.
  5. މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު އެ ކަމުގެ ހައްލަކީ މާއްދީ ހަދިޔާތަކެއް ދިނުމެއް ނޫނެވެ. އާއިލީ މީހެއްގެ ކަންބޮޑުވުންތައް މި ގޮތަށް ހައްލުކުރަން އުޅޭ ނަމަ އާއިލާ ތެރޭގައި ކުރިއަށްވުރެ ބޮޑަށް ހަމަނުޖެހުން އުފެދޭނެއެވެ.
  6. ފިރިމީހާވާންޖެހޭނީ އަނބިމީހާގެ ހުރިހާ ރީތިކަމެއް ބަލައިގަންނަ، އެ ކަން ކުރިއަރުވަން ވެސް މަސައްކަތްކުރާ މީހަކަށެވެ.
  7. އާއިލާއަށް ހަރަދުކުރުމުގެ ބަދަލުގައި ނުބައި ކަންތައްތަކަށް ފައިސާ ހަރަދުކުރުމުން މާލީ ގޮތުންނާއި ޖަޒުބާތީ ގޮތުން އާއިލާގެ މެންބަރުންނަށް ނޭދެވޭ އަސަރުކުރާނެއެވެ.
  8. ބަރަހަނާ ފިލްމް ނުވަތަ "ޕޯން" ބަލާ ނަމަ އާހިރު ނަތީޖާއަކަށް ވާނީ އަނބިމީހާއަށް ބޭވަފާތެރިވެ، އަނބިމީހާއާ ދެމެދު ޖަޒުބާތީ ދުރުކަމެއް އުފެދުމެވެ.
  9. އާއިލާގެ ވެރިމީހާކަމަށްވިޔަސް ހުދުމުހުތާރުކޮށް އަމަލުކުރާކަށްނުޖެހެއެވެ.
  10. އަނބިމީހާގެ ހިޔާލާއި ނަސޭހަތަކީ އަގުހުރި އެއްޗެކެވެ. އެ ކަން ބަލައިގަންނަންޖެހޭނެއެވެ.
  11. ކުށެއް ކުރެވުމުން އެ ކަމަށް މައާފަށް އެދުމާއި އާއިލާގެ އެހެން މެންބަރުން ދައްކާ ވާހަކަ އަޑުއެހުމަކީ މައްސަލަ ހައްލުކުރެވޭނެ ގޮތެވެ.
  12. ދީނީ ގޮތުން އާއިލާގެ މެންބަރުން ކުރާ ކަންތައްތަކުގައި ފިރިމީހާގެ ބައިވެރިވުން ވަރަށް މުހިންމެވެ.
  13. ދިރިއުޅޭ ތަނަކީ ވަޒީފާ އަދާކުރާ އޮފީހެއް ނޫނެވެ. ގޭތެރެއަކީ ސިޔާސީ ކުޅިގަނޑު ކުޅެންޖެހޭ ތަނެއް ނޫނެވެ. އަނބިމީހާއާމެދު އަމަލުކުރަންޖެހޭނީ އިހުތިރާމާއި ލޯތްބާއެކުއެވެ.
  14. ތިބާގައި ހުރި ނިކަމެތި ކަންތައްތައް އަނބިމީހާއާ ހިއްސާކުރުމަކީ ދެމަފިރިންގެ ގުޅުން ބަދަހިވާނެކަމެކެވެ.
  15. އާއިލާ މެންބަރުންގެ ހިޔާލުގެ ބަދަލުގައި ބޭރުތެރެއިން ލިބޭ ނަސޭހަތަށް އިސްކަން ދޭ ނަމަ އާއިލާ ތެރޭގައި ހަމަނުޖެހުން އުފެދޭނެއެވެ.
  16. ޖިންސީ އެދުމަކީ ހަމައެކަނި ތިބާގެ އުފަލަކަށްނުހަދާށެވެ. އަނބިމީހާގެ އުފަލާއި ހިތްހަމަޖެހުމަށް ވެސް ސަމާލުކަން ދޭންވާނެއެވެ.
  17. ދަރިން ބެލުމުގައި ދެމަފިރިންގެ ހިއްސާ ވެސް ހަމަހަމަވާންޖެހޭނެއެވެ.
  18. ދުޅަހެޔޮ ޒަވާޒީ ހަޔާތަކަށް ދެމަފިރިންގެ ދެމެދުގައި ހާމަކަން ބޮޑު ގޮތެއްގައި މުއާމަލާތްކުރުންމަތީ ދެމިހުންނަންވާނެއެވެ.

މި ބަލައިލި 18 ކަންތައްތަކަށް ސަމާލުކަން ދިނުމުން، ހަރުދަނާ އަދި އުފާވެރި ދިރިއުޅުމެއް ދެމަފިރިންނަށް ލިބޭނެއެވެ.

ނޯޓު: ތަރުޖަމާއެއް