Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފިރިމީހާގެ ހިތްލަންބައިލެވޭނެ 12 ގޮތެއް

ޒަވާޖީ ހަޔާތުގައި ފިރިމީހާގެ ދައުރު ކިތައްމެހާވެސް މުހިންމެވެ. އެ ރޯލު އޭނާ އަދާކުރުމަށްޓަކައި އަނބިމީހާ ވެސް އުސޫލުތަކެއް ގެންގުޅެންޖެހެއެވެ. މި ބަލައިލަނީ، މި ގޮތުން، ފިރިމީހާގެ ހިތް އަތުލުމަށް ތިބާއަށް އަމަލުކުރެވިދާނެ 12 ގޮތަކަށެވެ.

  1. އޭނާއަށް އިހުތިރާމްކުރާށެވެ. އާއިލާގެ ވެރިޔާގެ ގޮތުގައި އޭނާ އަދާކުރާ ރޯލަށް ކިޔަމަންވާށެވެ.
  2. އޭނާއަށް ތައުރީފުކުރާށެވެ. އޭނާގެ ހުރިހާ ކަމެއް ވަށާޖެހޭ ގޮތަށް ފާހަގަކުރާށެވެ. އޭނާ ދެކެ ލޯބިވާށެވެ.
  3. އޭނާ ވާހަކަދައްކާއިރު ކަނުލައި އަޑުއަހައިށެވެ. ހަތަރުކަޅިހަމަކުރާށެވެ. އޭނާއާ އެކުގައިވާއިރު 100 ޕަސެންޓް ސަމާލުކަން އޭނާއަށް ދޭށެވެ.
  4. ޒަވާޖީ ހަޔާތުގެ ކުރިމަގު ބައްޓަންކުރަން ފިރިމީހާ ގެންގުޅޭ ތަސައްވުރަށް ތަރުހީބު ދޭށެވެ. އޭނާގެ ކެރިއާ އާއި ވިޔަފާރިއަށް ތާއީދުކުރާށެވެ.
  5. ކުޅިވަރެއްގައިހެން އޭނާގެ އެންމެ ބޮޑު ފޭނަށާއި ޗިއާލީޑަރަށް ތިބާ ވާށެވެ.
  6. އޭނާގެ ސިއްރުތައް ބޭޒާރުނުކުރާށެވެ. އޭނާގައި ހުރި އެއްވެސް ނިކަމެތިކަމެއް އާއިލާއަށާއި ރަހްމަތްތެރިންނަށާއި އަދި ހަތުރުންނަށް ވެސް ފަޅައިއަރުވައިނުލާށެވެ.
  7. ތިބާގައި ހުރި އުނި ސިފައެއް އޭނާ ތިބާއަށް ކިޔައިދޭއިރު މަޑުމައިތިރިކަމާއެކު އަޑުއަހައިށެވެ.
  8. އަމިއްލަ ތަނެއްގައި ނުވަތަ އާއްމު ތަނެއްގައި ވިޔަސް އޭނާ ފަލީހަތްކޮށްނުލައިށެވެ. އޭނާގެ ކުށްތައް ލޯތްބާއެކު އޭނާއަށް ކިޔައިދޭށެވެ. އޭނާއާ ދިމާއަށް ހަޅޭއްނުލަވާށެވެ.
  9. އޭނާއަށް ރަނގަޅު ކާބޯތަކެތި ދޭށެވެ.
  10. ބަލިވެ ނުވަތަ ވަރުބަލިވެފައިވާ ވަގުތެއް ނޫން ނަމަ އޭނާ ބޭނުންވުމުން އޭނާއާ އެއްދާންކުރާށެވެ. ވިހެއުމަށް ފަހު ވެސް ހަށިގަނޑު ފިޓުކޮށް ބަހައްޓާށެވެ. އެއްދާންކުރަން ވާނީ ގައިންތާހިރުވެ، ގައިގައި މީރު ވަސް ދުއްވައިގެންނެވެ. ތިބާ ވެސް އިސްވެ އެއްދާންކުރަންވާނެއެވެ.
  11. އޭނާއަށްޓަކައި ކޮންމެ ދުވަހަކު ވެސް ހެޔޮ ދުއާކުރާށެވެ.
  12. ހުރިހާ ކަމެއްގައި ވެސް މަޑުމައިތިރިކަމާއި ލޯތްބާއެކު އަމަލުކުރާށެވެ.

މި ގޮތްތަކަށް ތިބާގެ އަމަލުތައް ބެހެއްޓުމުން ތިބާ ދޫކޮށްލައިފައި ދިއުމަށް ނުވަތަ ތިބާއަށް އަނިޔާއެއް ދިނުމަށް ނުވަތަ ތިބާ ވަރިކުރުމަށް ތިބާގެ ފިރިމީހާ ހިތަކަށް ނާރާނެއެވެ. ރަސްކަލެއްގެ ގޮތަށް އޭނާއަށް ހިތާ ނަމަ އޭނާ ތިބާއަށް ހިތާނީ ރަނިކަމަނައެއްގެ ގޮތުގައެވެ.

ނޯޓު: ތަރުޖަމާއެއް