ވަކި އުސޫލުތަކަކާއި ގަވައިދުތަކެއް ނެތް ނަމަ ތިބާގެ ފިރިމީހާ ވެސް ތިބާގެ އަތުން ދޫވެގެން ހިނގައިދާނެއެވެ.
މި ބަލައިލަނީ ލޯބިވާކަމުގެ އިޝާރާތްތައް ބޭނުންކޮށްގެން ތިބާގެ ފިރިމީހާ ހަމަ މަގުގައި ބެހެއްޓިދާނެ 23 ގޮތެކެވެ.
- ލޯބި ނަމަކުން އޭނާއާ މުހާތަބުކުރާށެވެ.
- އާއިލާގެ ވެރިޔާގެ ގޮތުގައި އޭނާގެ ދައުރު އަދާކުރަން އޭނާއަށް ފުރުސަތު ދޭށެވެ.
- އޭނާއަށް ޖަޒުބާތީ ޒަހަމެއް ލިބިފައިވާ ވަގުތު އޭނާއާ ޖަދަލުކޮށް، އޭނާއަށް ގޮންނުޖަހައިށެވެ.
- އޭނާގެ ގާތަށް ރުޅި އަންނަ ހިނދު ތިބާ މަޑުމައިތިރިވާށެވެ. އޭނާ ހަމައަކަށް އެޅުމުން، އޭނާގެ ގާތަށް ރުޅިއައުމަށް ތިބާއަށް އަމަލު ކުރެވުނު ސަބަބު ކިޔައިދީ މައާފަށް އެދެވިދާނެއެވެ.
- އޭނާ ހިތުގައި ޖެހޭނެ ކަމެއް ކުރެވޭ ވަގުތު ހަމަ އެ ހިނދުކޮޅުގެ ތެރޭގައި މައާފަށް އެދޭށެވެ. އަދި އޭނާގެ ފަރާތުން މައާފު ބޭނުން ކަމަށް ބުނާށެވެ.
- އޭނާގެ ރަނގަޅު ކަންތައްތަކުގެ ވާހަކަ އޭނާގެ އާއިލާ އާއި ރަހްމަތްތެރިންގެ ކުރިމަތީގައި ދައްކައިށެވެ.
- އޭނާގެ މަންމައަށް އިހުތިރާމް އަދާކުރާށެވެ.
- އޭނާގެ މައިންބަފައިންނާއި ތިބާގެ މައިންބަފައިންނަށް ވެސް ހަދިޔާ ގެނެސްދިނުމުގެ މުހިންމުކަން އޭނާއަށް ވިސްނައިދޭށެވެ.
- އޭނާ ހީނުކޮށް ހުއްޓާ އޭނާއަށް އެންމެ ކަމުދާ ކާނާ ތައްޔާރުކޮށްދޭށެވެ. ހާއްސަކޮށް އޭނާގެ އަތުގައި ފައިސާ ނެތް ދަނޑިވަޅުގައެވެ. އަދި އޭނާއަށް ކާން ހަދައިދިނުން ލަސްނުކުރާށެވެ.
- ތިބާ ގޭގައި އުޅޭ ވަގުތުތަކުގައި ގޭގައި ގެންގުޅޭ ނޯކަރު ލައްވައި އޭނާގެ ކެއުން ތައްޔާރުނުކުރާށެވެ. އެހެން ނޫނީ އޭނާއަށް ދެވެން ފަށާނީ ނޯކަރުގެ ފަހަތުންނެވެ.
- ދަތުރަކަށް ފަހު އޭނާ އެނބުރި އަންނަ ވަގުތުގައި އޭނާއަށް މަރުހަބާ ކިޔައި ގައިގައި ބައްދައިލައިށެވެ. އޭނާގެ ލަގެޖާ ހަވާލުވެ ހެދުން ބަދަލުކުރަން އެހީވާށެވެ.
- އޭނާއާ ހަތަރުކަޅިހަމަކުރާ ވަގުތުތަކުގައި ހިނިތުންވާށެވެ. އަދި އިޖުތިމާއީ ހަފުލާތަކުގައި އޭނާގެ ގައިގައި ލޯބިން ފިރުމައިލައިށެވެ.
- ދަރިންގެ ކުރިމަތީގައި އޭނާއަށް ތައުރީފުކުރާށެވެ.
- ފެންވަރާއިރު އޭނާގެ ބުރަކަށި ދޮވެދޭށެވެ.
- އޭނާގެ ލަންޗް ބޮކްސްއަށް ނުވަތަ ބްރީފްކޭސްއަށް ލޯބީގެ ނޯޓު ލާށެވެ.
- އޭނާއަށް ގުޅައިލައި އޭނާ މިސްވާ ކަމަށް ބުނާށެވެ.
- ހަމައެކަނި ލޯބިވާ ވާހަކަ ބުނެލަން ވެސް އޭނާއަށް ގުޅައިލައިށެވެ.
- އޭނާއަކީ މުޖުތަމައު ދަންނަ ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހެއް ނަމަ ވީ އެންމެ ފަތިހަކާ އޭނާ ހޭލައްވައިލައި އޭނާއާ ލޯބީގެ ގުޅުންތަކެއް ހިންގައިލައިށެވެ. އެއިރުން އެހެން އަންހެނަކަށް އޭނާ ޝައުގުވެރިކަން ދޭ ހިތެއް ނުވާނެއެވެ.
- ތިބާގެ ފިރިމީހާއަށް އޭނާ ވުމަކީ ތިބާގެ ނަސީބު ކަމަށް އޭނާ ގާތުގައި ބުނާށެވެ.
- އެއްވެސް ސަބަބެއް ނެތި ވެސް އޭނާގެ ގައިގައި ބައްދާލައިށެވެ.
- ތިބާއަށް އޭނާ ދެއްވީތީ މާތް ﷲ އަށް ހަމްދުކުރާށެވެ.
- އޭނާއަށްޓަކައި ދުއާކުރަން އަބަދުވެސް ހަނދާނުގައި ބަހައްޓައިށެވެ.
- ވީ އެންމެ ގިނައެއްކޮށް އޭނާއާއެކު ދުއާކުރާށެވެ. އަދި ރޭގަނޑު ނިދުމުގެ ކުރިން ވެސް ދެމަފިރިން އެކުގައި ދުއާކުރާށެވެ.
މި 23 ކަމަށް ސަމާލުކަން ދީފި ނަމަ ތިބާގެ ގާތުގައި ތިބާގެ ފިރިމީހާ އަބަދުވެސް ހުންނާނެއެވެ. ތިބާގެ އަތުން އޭނާ ބީވެގެންނުދާނެއެވެ. އެ ކަމުން ތިބާގެ ސިކުނޑިއަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ.
ނޯޓު: ތަރުޖަމާއެއް
