Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހިމޭނުން ހުރުން ރަނގަޅު 20 ހާލަތެއް

"ސައިލެންސް އިޒް ގޯލްޑަން" މިއީ މަޝްހޫރު އިނގިރޭސި ޖުމްލައެކެވެ. ލަފުޒީ މާނައަކީ "ހިމޭންކަމަކީ ރަނެވެ". މިހެން ބުނެއުޅޭ މާނައަކީ ބައެއް ހާލަތްތަކުގައި ހިމޭންކަން އިސްކުރުމުން އެ ކަމުން ފައިދާ ވާނީ ތިބާއަށް ކަމެވެ.

މި ބަލައިލަނީ ހިމޭނުން ހުރުން ރަނގަޅު 20 ހާލަތަކަށެވެ: އެއީ

  1. ރުޅިގަދަވުމުން އަންނަ ހޫނުގަނޑުގައި.
  2. ކަމަކާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބިފައި ނުވާ ހާލަތެއްގައި.
  3. ކަމެއް ކަށަވަރު ނުކުރެވޭ ހިނދުގައި.
  4. ތިބާއަށްވުރެ ނިކަމެތި މީހަކު ހިތުގައި ޖެހިދާނެ އެއްޗެއް ބުނަން ހިތަށް އަރައިއިރުގައި.
  5. އެހެން މީހަކު ދައްކައި ވާހަކައެއް އަޑުއަހަން ޖެހޭ ވަގުތުގައި.
  6. ދީނީ ކަންކަމަށް އިސްކަން ދޭންޖެހޭ ދަނޑިވަޅުގައި.
  7. ފާފައަކާމެދު ހަޖޫ ޖެހުމަށް ހިތަށް އަރައި ވަގުތުގައި.
  8. ތިބާގެ ދުލުން ބޭރުކުރަން އުޅޭ ބަހަކީ ފަހުން ތިބާ ލަދުގަތްފާނެ ބަހެއް ކަމުގައި ހީވާ ވަގުތުގައި.
  9. މާނަ އޮޅޭ ފަދަ ވާހަކައެއް ބުނަން ހިތަށް އަރައި ވަގުތުގައި.
  10. ތިބާއާ ނުބެހޭ ކަމަކާ އެއްޗެކޭ ބުނަން ހިތަށްއަރައި ހިނދުކޮޅުގައި.
  11. ކަނޑައެޅިގެން ދޮގެއް ހަދަން ހިތަށްއަރައި ވަގުތުގައި.
  12. އެހެން މީހެއްގެ އަބުރު ކަތިލެވިދާނެ ބަހެއް ތިބާގެ ދުލުން ބޭރުވެދާނެ ވަގުތުގައި.
  13. ތިބާ ބުނާ އެއްޗަކުން ރަހްމަތްތެރިކަމުގެ ގުޅުމެއް ކެނޑިދާނެ ހާލަތެއްގައި.
  14. ކަމަކަށް ނަފުރަތު ދައްކަން ހިތަށްއަރައި ވަގުތުގައި.
  15. ހަޅޭއްލައިގެންފައި ނޫން ގޮތަކަށް ނުބުނެވޭނެ އެއްޗެއް ދުލަށް އަތުވެދާނެ ވަގުތެއްގައި.
  16. ތިބާ ބުނާ އެއްޗަކުން ތިބާގެ ރަހްމަތްތެރިންނާއި އާއިލާގެ އަގުވެއްޓިދާނެ ހާލަތެއްގައި.
  17. ފަހުން އަނބުރާ ގެންނަން ޖެހިދާނެ ބަހެއް ދުލުން ބޭރުކޮށްލަން ހިތަށްއަރައި ވަގުތެއްގައި.
  18. އެއް ފަހަރަށްވުރެ ގިނައިން ބުނެފައިވާ ވާހަކައެއް އަލުން ބުނުމުގެ ކުރީގައި.
  19. ހުލުގު ނުބައި މީހަކަށް ސަނާ ކިޔުމުގެ ބަދަލުގައި.
  20. ވަޒީފާ ނުވަތަ މަސައްކަތުގައި އުޅޭ ވަގުތުގައި.

މި 20 ކަންތައްތަކުން ކަށަވަރުވާ ކަމަކީ ދޫ ރައްކާތެރިކުރުމުން އެ މީހެއްގެ ރޫހަށް އުނދަގޫކުރާނެ ކަންތައްތަކެއް ކުރިމަތިނުވާނެކަމެވެ.

ނޯޓު: ތަރުޖަމާއެއް