ތިބާއަކީ މީހުން ޝައުގުވެރިވާނެ ޝަހުސިއްޔަތަކަށް ވާން އެދޭ މީހެއް ހެއްޔެވެ؟ މި ބަލައިލަނީ މި ކަން ކުރެވިދާނެ 30 ގޮތަކަށެވެ.
- ކޮންމެސް ކަހަލަ ސިއްރުވެރި ގޮތެއް ނުވަތަ "މިސްޓްރީ"އެއް ތިބާގެ ޝަހުސިއްޔަތުގައި ބަހައްޓާށެވެ. މީހާގެ ހުރިހާ ކަމެއް ހާމަކުރާ ނަމަ، ތިބާއަށް ޝައުގުވެރިވާނެ އިތުރު ކަމެއް ނޯންނާނެއެވެ.
- އެހާ ފަސޭހައިން އަތުޖެހޭ މީހަކަށް ތިބާ ނުވާށެވެ. ނުލިބޭ އެއްޗެއްސަކީ މީހުން ހޯދަން ޝައުގުވެރިވާނެ އެއްޗެއްސެވެ.
- އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ހަރުދަނާކުރާށެވެ. އެއިރުން ތިބާއަށް ދައްކައިދެވޭނީ ތިބާއަކީ ކަންތައްތައް އަބަދުވެސް އިތުރަށް ރަނގަޅަށް ކުރެވޭނެ މީހެއްކަމެވެ.
- ނަލަކޮށް ހެދުން އަޅާށެވެ. ރީތިކޮށް ހެދުން އެޅުމުން އެހެން މީހުންގެ ސަމާލުކަން ލިބޭނެއެވެ.
- ގައިން މީރު ވަސް ދުއްވާށެވެ. ވަސް ގަދަ ސެންޓާއި ޑިއޮޑޮރެންޓް ޖަހައިށެވެ. ގައިން މީރު ވަސް ދުވުމުން އަނެކުންގެ ސަމާލުކަން ލިބޭނެއެވެ.
- "ބޮޑީ ލެންގުއެޖް" ނުވަތަ ހަށިގަނޑުގެ ހަރަކާތްތައް ހުންނަން ވާނީ ތިބާއަކީ ކަންތައްތައް އޮޅުވައިލަން ނޫޅޭ މީހެއް ކަމުގެ ސިގްނަލް ލިބޭ ގޮތަށެވެ. ސީރިއަސް ނޫން ކަންތައްތަކާ ފަރުވާލެއް ނުބަހައްޓާ މީހުން އެހެން މީހުންނަށް ކަމުދާނެއެވެ.
- އެހާ ފަސޭހައިން ޖަވާބުދާރީވާ މީހަކަށް ނުވާށެވެ. މެސެޖް ފަދަ އެއްޗެއްސަށް ޖަވާބު ދޭންވާނީ ތަންކޮޅެއް ލަސްކޮށްލައިފައެވެ. އެ ގޮތަށް މީހުން ތަޅުވައިލުމުން ތިބާއަށް އޮންނަ އެ މީހުންގެ ޑިމާންޑް ބޮޑުވާނެއެވެ.
- ތިބާއަކީ އެހާ ފަސޭހައިން ވިކޭ މީހަކަށް ނުވާށެވެ. ތިބާގެ ހިތް އަތުލަން މީހުންނަށް މަސައްކަތްކުރަން ޖައްސައިށެވެ. ސަބަބަކީ ފަސޭހައިން ލިބޭ އެއްޗެހީގެ މާބޮޑު އަގެއް މީހުންގެ ކުރިމަތީގައި ނޯންނާނެތީއެވެ.
- ސޯޝަލް މީޑިއާގައި އެހާ ބޮޑަށް ފެންނަ ގޮތަށް ނޫޅޭށެވެ. ނަތީޖާއަކަށް ވާނީ ތިބާގެ އާކަން ކެނޑި، ތިބާއަށް ޝައުގުވެރިވާލެއް ކުޑަވުމެވެ.
- އެހެން މީހުން ތިބާއާމެދު ވިސްނާ ގޮތާ އަޅާނުލައިށެވެ.
- މީހަކާ ވާހަކަދައްކާއިރު ނުވަތަ މެސެޖްކުރާއިރު އޭނާއަށް ބޭނުންޖެހިފައިވާކަން ނުދައްކާށެވެ.
- އެހެން މީހުން ބޭނުންވެގެން ނޫޅޭށެވެ. އެއިރުން ތިބާއަށް އޮންނަ ސަމާލުކަން ކެނޑޭނެއެވެ. "ނޫނެކޭ" ބުނަން ދަސްކުރާށެވެ.
- ތިބާ ތިބާގެ ގޮތުގައި ހުންނާށެވެ. އެހެން މީހެއް ހޯދައިގަތުމަށް ތިބާގެ ކަންތައްތައް ބަދަލުނުކުރާށެވެ. ތިބާގެ ޝަހުސިއްޔަތު ބަދަލުކުރަން ވާނީ ތިބާގެ ނަފުސުގެ ތަރައްގީއަށެވެ.
- ތިބާގެ ހުރިހާ ކަމެއް ހާމަނުކުރާށެވެ. އެއިރުން ތިބާ ވާނީ އެއްގޮތަކަށް ވެސް ޝައުގުވެރިކަމެއް ނެތް ޝަހުސިއްޔަތަކަށެވެ.
- ތިބާ ބޭނުންވާ ނުވަތަ ލިބެން އެދޭ ތިބާގެ ނަފުސުގެ މުހިންމުކަން އެހެން މީހެއްގެ ފަރާތުން ނުލިބުނު ކަމުގައި ވިޔަސް އެ ކަމުން ތިބާއަށް އަސަރުކުރިޔަނުދޭށެވެ.
- މީހަކާ ނުވަތަ ބަޔަކާ ވާހަކަތަކެއް ދައްކާ ނަމަ، އެ ވާހަކަދެއްކުން ނިންމައިލަން ވާނީ ވެސް އިސްވެ ތިބާއެވެ.
- އެހެން މީހުންނަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުއްޓަސް އެ ކަން ނުދައްކައިށެވެ.
- އެހެން މީހުންނަށް މާ ރަނގަޅުވެގަނެގެން ނޫޅޭށެވެ. އެއިރުން މީހުންނަށް ހީވާނީ ތިބާއަށް ކޮންމެ ކަމެއްވެސް އޯކޭވާނެހެންނެވެ. ނަތީޖާއަކަށް ވާނީ ތިބާއަކީ ޝައުގުވެރިކަމެއް ނެތް މީހެއްހެން ހީވުމެވެ.
- މަޖާ ގޮތްގަނޑެއް ހުންނަ މީހަކަށްވާށެވެ. މީހުންނަށް ހީވާނީ ތިބާ ވަރަށް ވިސްނުންތެރިހެންނެވެ.
- ތިބާގެ އަމިއްލަ އަމާޒުފަތްގަނޑުތަކަށް އިސްކަން ދޭށެވެ. އެހެން މީހުންގެ އަމާޒުތަކާ އަޅައިނުލާށެވެ. ތިބާގެ އާއިލާ މީހެއްގެ ނޫނިއްޔާއެވެ.
- މީހަކާ ވާހަކަދައްކާއިރު އޭނާއާ ހަތަރުކަޅިހަމަކޮށްގެން ވާހަކަދައްކާށެވެ. އަދި ކުޑަކޮށް ހިނިތުންވެފައި ހުންނާށެވެ.
- އަމިއްލަ ނަފުސު ދެކެ ލޯބިވާށެވެ. ތިބާ ގަބޫލުކުރާ ކަންތައްތަކުގައި ހިފަހައްޓައިގެން ހުރުމަށް ބިރުނުގަންނާށެވެ.
- އެ ވަގުތަކު އެންމެ ހިނގާ މައުލޫތަކުގެ މައުލޫމާތު އެނގުން މުހިންމެވެ. އޭގެ ތެރޭގައި މުޖުތަމައުގައި އުޅޭ އިޖުތިމާއީ މައްސަލަތަކުގެ މައުލޫމާތު ވެސް ހޯދައިފައި ބަހައްޓައިށެވެ.
- ތަފާތު ކަންތައްތައްކޮށްލުމުގައި އުޅޭށެވެ. "އެޑްވެންޗާ"ތަކުގައި ދާށެވެ. އަޖައިބުވާ ކަހަލަ ސަޅި ތަންތަނަށް ޒިޔާރަތްކުރާށެވެ. އަދި ސޯޝަލް މީޑިއާގައި ތަޖުރިބާތައް ހިއްސާކޮށްލާށެވެ.
- ކަންތައްތަކާމެދު ރަނގަޅު ގޮތަށް ނުވަތަ ޕޮޒިޓިވްކޮށް ވިސްނައިށެވެ. އަދި ކަންތައްތައް ކުރުމުގައި ޖެހިލުންނުވެ ރިސްކް ނަގައިށެވެ. ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށްކަން ގަބޫލުކުރާ މީހާގެ ފަރާތުން ރަނގަޅު "ވައިބް" އާއި ސިގްނަލް އެހެން މީހުންނަށް ލިބޭނެއެވެ. ތިބާއަކީ ކަމުދާ މީހަކަށް ވާނެއެވެ. ރިސްކް ނެގުމުން ތިބާ ފެންނާނީ ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ. ތިބާގެ "ކޮމްފޮޓް ޒޯން" ނުވަތަ ރައްކާތެރިކަން ލިބިގަނެގެން އުޅޭ ހިސާބުގެ ތެރެއިން ނުކުންނަ މީހަކީ އެހެން މީހުން ޝައުގުވެރިވާނެ މީހެކެވެ.
- މިނިވަން މީހަކަށް ވާށެވެ. އެހެން މީހުން ތިބާއާމެދު ދެކޭ ގޮތާއި ތިބާއާމެދު ކިޔާ އެއްޗެއްސާމެދު ނުވިސްނައި، ގިނަ ވަގުތު އެކަނިހައްޓަށް އުޅޭށެވެ.
- ކަންތައްތަކާމެދު ވިސްނާށެވެ. އަދި އެނަލައިޒް ކުރާށެވެ. އެހެން މީހުންގެ ފަރާތުން އެއްޗެއް ނުލިބުނަސް، އެ މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭށެވެ.
- އަމިއްލަ ނަފުސަށްކުރާ ގަދަރު ގެއްލުވައިނުލައިށެވެ. އަބަދުވެސް ތިބާގެ ނަފުސަށް ތިބާ ގަދަރުކުރާށެވެ. އަދި ތިބާގެ ނަފުސު ދެކެ ލޯބިވާށެވެ. ނަމަވެސް ހިތްތިރިކުރުމަށާއި އެހެން މީހުންނަށް އިހުތިރާމްކުރަން ހަނދާން ނައްތައިނުލައިށެވެ.
- ކުރިއަރައިދިއުމުގައި ދެމިހުންނާށެވެ. "އެމްބިޝަސް" މީހަކަށްވެ، ހަޔާތުގެ އަމާޒުފަތްގަނޑުތަކާ ދިމާއަށް މިސްރާބު ބަހައްޓައިށެވެ. އަމިއްލަ ނަފުސުގެ ތަރައްގީއަށް ފޯކަސްކުރާށެވެ.
- އަމާޒެއް ވާ ހަޔާތެއް ދިރިއުޅޭށެވެ. މާނައަކީ، ތިބާ އުޅެން ވާނީ ހަޔާތުގައި މަގުސަދުތަކެއް ކަނޑައަޅައިގެންނެވެ.
ނޯޓު: ތަރުޖަމާއެއް
