- ތިބާ ހެދިބޮޑުވުމަށް އެ ދެމައިން ދިން ލޯބި ފަދަ ލޯތްބަކާއެކު އެ ދެމައިން މުސްކުޅިވާން ފުރުސަތު ދޭށެވެ.
- ތިބާ ކުޑައިރު ތަކުރާރުކޮށް ދެއްކި ވާހަކަތައް ކެތްތެރިކަމާއި ޝައުގުވެރިކަމާއެކު އަޑުއެހި ފަދައިން މިހާރު އެ ދެމައިން ދައްކާ ވާހަކަތައް ވެސް ތަކުރާރުކޮށް ކިޔައިދިނުމަށް ފުރުސަތު ދޭށެވެ.
- ތިބާއަށް ކާމިޔާބު ލިބެން އެ ދެމައިން ކަންތައްތައް ދޫކުރި ފަދައިން އެ ދެމައިން ކާމިޔާބު ހޯދުމަށް ވެސް ފުރުސަތު ދޭށެވެ.
- ތިބާގެ ރަހްމަތްތެރިންނާއެކު އުފާކުރިހެން އެ ދެމައިން ވެސް އެ ދެމައިންގެ ރަހްމަތްތެރިންނާއެކު އުފާކުރުމުގެ ފުރުސަތު ދޭށެވެ.
- މާމަ އަދި ކާފަ ދަރިންނާއެކު އެ ދެމައިން ޝައުގުވެރިކަމާއެކު ވާހަކަ ދައްކަން ފުރުސަތު ދޭށެވެ. ސަބަބަކީ މާމަ އަދި ކާފަ ދަރިން އެ ދެމައިންނަށް ފެންނާނީ ހަމަ ތިބާ ފަދަ ދަރިއެއްގެ ގޮތުގައެވެ.
- އެ ދެމައިން ގެންގުޅޭ ތަކެއްޗާއެކު ތިބެން އެ ދެމައިންނަށް ފުރުސަތު ދޭށެވެ. އެއީ ދިގު މުއްދަތަކަށް އެ ދެމައިން އެ ތަކެއްޗާއެކު ވަގުތު ހޭދަކުރި އެއްޗެއްސެވެ. އެ ދެމައިންގެ އަތުން އެ ދެމައިން ގެންގުޅޭ ތަކެތި އަތުލައި ހަލާކުކޮށްލުމުން އެ ދެމައިންނަށް ވޭން އަޅައިނެއެވެ. އެ ހިނދު އެ ދެމައިންނަށް އިހުސާސްކުރެވޭނީ ތިބާ އެ ދެމައިންގެ ހަޔާތް ވީދާ ކުދިކުދިކޮށްލިހެންނެވެ.
- އެ ދެމައިންނަށް ނުރަނގަޅު މައުލޫމާތެއް ހާމަކުރެވިއްޖެ ނަމަވެސް އެ ކަމާ އަޅާނުލާށެވެ. ސަބަބަކީ ތިބާއަށް ވެސް މައުލޫމާތު އޮޅުން އެރިއިރު ތިބާގެ ކުށްޖެހިފައިވާ މައުލޫމާތު ރަނގަޅުކޮށް، ތިބާ ލަދުގަންނަވާލާކަށް އެ ދެމައިން ނޫޅުނެވެ.
- އެ ދެމައިން ދިރިއުޅުނަދޭށެވެ. ހަޔާތުގެ ބާކީ އޮތް ބައި އެ ދެމައިންނަށް އުފާވެރި ދުވަސްތަކަކަށް ހަދައިދޭށެވެ. ތިބާ ދުނިޔެއަށް އުފަންވެ ހަޔާތައިގެން ދިރިއުޅެން ފެށިއިރު އެހީގެ އަތެއް އެ ދެމައިން ދިއްކުރިހެން ތިބާގެ އަތް ވެސް މިއަދު އެ ދެމައިންނަށް ދިއްކޮށްލާށެވެ!
ނޯޓު: ތަރުޖަމާއެއް
