Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ބިލް ގޭޓްސްގެ ޝައުގުން ފުރިފައިވާ 11 ނުކުތާގެ ތަގުރީރު

މަތީ ސާނަވީ ތައުލީމު ދޭ ސްކޫލަކުން ދައުވަތެއް ބިލް ގޭޓްސްއަށް ލިބުނެވެ. ތަގުރީރެއް ދިނުމަށެވެ. އެމެރިކާއަށް އުފަން އުމުރުން 68 އަހަރުގެ ބިލް އަކީ މިލްކިއްޔާތުގައި 133 ބިލިއަން ޑޮލަރު (2000 ބިލިއަން ރުފިޔާ) ހުރި، ދުނިޔޭގެ އަށް ވަނައަށް އެންމެ މުއްސަނދި މަހުޖަނެވެ.

ތަގުރީރު ދިނުމަށް އޭނާ އެ މަދަރުސާއަށް ދިޔައީ އަމިއްލަ ހެލިކޮޕްޓަރުގައެވެ. ލެކްޗަރު ދޭ މާލަމަށް ގޮސް، 11 ނުކުތާގެ މައްޗަށް، އަތުން ލިޔެލައިފައިވާ ކަރުދާސްކޮޅެއް ޖީބުން ނެގިއެވެ.

އެ ތަގުރީރު ނިންމައިލަން އޭނާއަށް ނެގީ އެންމެ ފަސް މިނެޓެވެ. ނިންމައިލުމާއެކު މެދުނުކެނޑި 10 މިނެޓް ވަންދެން ދަރިވަރުން އަތްތިލަބަޑިޖަހައި ތަރުހީބު ދިނެވެ.

އެ ކުދިންނަށް އޭނާ ޝުކުރުއަދާކުރިއެވެ. އަދި ހެލިކޮޕްޓަރަށް އަރައިގެން އެނބުރި ގެއަށް ދިޔައެވެ.

ބިލްގެ 11 ނުކުތާ ވަރަށް ޝައުގުވެރިއެވެ. މި ބަލައިލަނީ އެ 11 ނުކުތާއަށެވެ:

  1. ހަޔާތަކީ ފަސޭހަ އެއްޗެއް ނޫނެވެ؛ އެ ކަމަށް ހޭނޭށެވެ.
  2. ތިބާގެ "ސެލްފް-އެސްޓީމް" ނުވަތަ ތިބާ ތިބާއާމެދު ދެކޭ ގޮތަކަށް އެހެން މީހުން އަޅައެއްނުލާނެއެވެ. އެހެން މީހުން އެދޭނީ، ތިބާ ތިބާއާމެދު ދެކޭ ގޮތާމެދު ތިބާ ހިތްހަމަޖެހުމުގެ ކުރިން ތިބާ އެހެން މީހުންނަށް ކޮންމެވެސް ކަމެއް ކޮށްދިނުމަށެވެ. ކުރިން ތަންތަން ސާފުކުރަން އުޅުނު އަންހެނަކު ކައްކާއަކަށްވިއެވެ. އޯގަނިކް ކެއުން ލިއްބައިދޭ ރެސްޓޯރަންޓެއް ހުޅުވަން އޭނާ ދުށް ހުވަފެން ހަގީގަތަކަށްވިއެވެ. މިއީ ހަގީގީ ހާދިސާއެކެވެ. މި ވަރުގަދަ، ނަމަވެސް ސާދާ، ކަންތައް އޭނާއަށް ފަހިކޮށްދިނީ ކުންފުންޏެއްގެ ވެރިއެއްގެ ހެޔޮކަމުންނެވެ.
  3. ސްކޫލް ނިންމައިލުމަކުން މަހަކު 20،000 ޑޮލަރު (307،200ރ.)އެއް ނުލިބޭނެއެވެ. ކާރަކާއި ފޯނެއް ލިބިފައިވާ، ކުންފުންޏެއްގެ ނައިބު ރައީސްއަކަށް ނުވާނެއެވެ. ތިބާ ޖެހޭނީ ކާރަކާއި ފޯނެއް އަމިއްލައަށް ގަންނާށެވެ.
  4. ތިބާގެ މުދައްރިސަކީ "ރޫޑް" ނުވަތަ ރުންކުރު މީހެއް ކަމަށް ފެންނަ ނަމަ، ވަޒީފާ އަދާކުރާ ތަނެއްގެ ބޮސްއާ ދިމާވަންދެން މަޑުކޮށްލާށެވެ. ތިބާއަށް އޭނާގެ އެއްވެސް ރަހުމެއް ނުހުންނާނެއެވެ.
  5. އިއާދަކުރުމަށް ބާ ނޫސް ވިއްކުމާއި ޗުއްޓީގައި ހުންނައިރު މަސައްކަތްކުރުމަކީ ތިބާގެ އިޖުތިމާއީ ފެންވަރަށްވުރެ ދަށް ކަންތައްތަކެއް ނޫނެވެ. ތިބާގެ ކާފަމާމަމެން މި ކަމަށް ކިޔަނީ އެހެން ނަމެކެވެ؛ އެ ބަހަކީ "ފުރުސަތެ"ވެ.
  6. ތިބާ ފޭލިވެއްޖެ ނަމަ އެއީ ތިބާގެ މައިންބަފައިންގެ ކުށެއް ނޫނެވެ. އެހެންކަމުން އެ ކަމާ ކުސްތަޅާނުހަދާށެވެ. އެ ކަމުން ފިލާވަޅު ލިބިގަންނާށެވެ.
  7. މިހާރު ތިބާއަށް ފާޑުކިޔާ މިންވަރަށްވުރެ ބޮޑަށް، ތިބާ އުފަންވުމުގެ ކުރިން ތިބާގެ މައިންބަފައިން ތިބާއަށް ފާޑެއް ނުކިޔައެވެ. އެ މީހުން މިހާރު ތިބާއަށް ފާޑުކިޔާ މިންވަރަށް ފާޑުކިޔަން ފެށީ ތިބާގެ ބިލްތައް ދައްކައިދީ، ތިބާގެ އަންނައުނު ދޮވެދީ، އަދި އެ މީހުންނަކީ "ހެއްވާ" ބައެއް ކަމަށް ތިބާ ބުނާ އަޑު އިވޭތީއެވެ. އެހެންކަމުން ތިބާގެ މައިންބަފައިންގެ ޖީލުގެ ކުށްތައް ރަނގަޅުކޮށް، އަންނަން އޮތް ޖީލަށް މި ދުނިޔެ ރައްކާތެރިކޮށްދިނުމުގެ ކުރިން ތިބާ ތިބާގެ އަމިއްލަ ކޮޓަރި ސާފުކޮށްލެވޭތޯ ބަލައިލަބަލާށެވެ.
  8. މޮޅުވާ މީހުންނާއި ފޭލިވާ މީހުންގެ ދެމެދުގައި އޮތް ފަރަގު ތިބާގެ ސްކޫލުން ކުޑަކޮށްފާނެއެވެ. އެކަމަކު ހަޔާތަކީ އެ ކަހަލަ އެއްޗެއް ނޫނެވެ. ބައެއް ސްކޫލްތަކުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު ރިޕީޓްކުރާކަށް ނުޖެހެއެވެ. އަދި މިހެންވެ ރަނގަޅު ނަތީޖާއެއް ނެރެން ތިބާ ބޭނުންވާ ވަރަކަށް ފުރުސަތު ލިބެއެވެ. މިއީ އެއްގޮތަކަށް ވެސް ހަގީގީ ހަޔާތުގައި ފެންނަ ކަންތައްތަކެއް ނޫނެވެ. އެހެންކަމުން ކޮންމެ ކަމެއް ވެސް އޭގެ ފުރަތަމަ ފަހަރުން ރަނގަޅުކޮށްލާށެވެ!
  9. ހަޔާތަކީ ސެމިސްޓާތަކަކަށް ބަހައިލައިފައިވާ އެއްޗެއް ނޫނެވެ. އަބަދަކު ރަބީއު މޫސުމުގެ ޗުއްޓީއެއް ނުލިބޭނެއެވެ. އަދި ހަމަ އެހެންމެ ކޮންމެ ސެމިސްޓާއެއް ނިމޭއިރު ތިބާއަށް ކުރަން ޖެހިފައިވާ ކަންތައްތަކަށް އެހެން މުވައްޒަފުން އެހީއެއްނުވާނެއެވެ.
  10. ޓީވީން ދައްކަނީ ހަގީގީ ދިރިއުޅުމެއް ނޫނެވެ. ހަގީގީ ދިރިއުޅުމުގައި ބާ އާއި ކްލަބް ދޫކޮށްލައިފައި މަސައްކަތްކުރާށާއި ވަޒީފާ އަދާކުރަން ދާންޖެހެއެވެ.
  11. ތިބާއަށްވުރެ ތޫނުފިލި ނޫންކަމަށް ތިބާ ދުށް މީހުންނަށް ކަމޭހިތާށެވެ. އެއިން މީހެއްގެ ވަޒީފާއަކަށް ތިބާ ދާން ޖެހުން އޮވެދާނީ ވަރަށް ކައިރީގައެވެ.

އެހެންކަމުން މި 11 ނުކުތާ ދަންނާށެވެ. އަދި އަމާންކަން ހޯދާށެވެ. އަހަރެން މި ތަނަށް މި އައީ އަމާންކަމާއެކުއެވެ.

ނޯޓު: ތަރުޖަމާއެއް