Support Us

ތުރުކީ މެރެތަންގައި ދިވެހި ދުވުންތެރިންގެ ކާމިޔާބީ ފާހަގަކޮށްފި

ތުރުކީ ރަންތޯލިޔާ މެރެތަންގައި، މެރަތަން ރަނާސް އާއި އައިލެންޑް ރަނާސްގެ ދުވުންތެރިން ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ކާމިޔާބީ ފާހަގަކުރަން މާލޭ ކުޅިވަރު އެކުވެނީގައި ރޭ ބޭއްވި ހާއްސަ އިވެންޓް ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު އެވެ. ރޭގެ ހަފުލާގައި އެތުލެޓިކްސް އެސޯސިއޭޝަންގެ އިސް ވެރިންނާއި އައިލެންޑް ރަނާސް އާއި މެރަތަން ރަނާސްގެ ގިނަ އެތުލީޓުންތަކެއްވެސް ބައިވެރިވިއެވެ.

ތުރުކީގެ ދެކުނު ޕްރޮވިންސްގެ އަންޓަލިއާގައި މިމަހު ތިން ވަނަ ދުވަހު ބޭއްވި 19 ވަނަ ރަނަޓަލިއާ އިންޓަނޭޝަނަލް މެރެތަންގައި 1،600 ބިދޭސީ ދުވުންތެރިން ހިމެނޭ ގޮތަށް 42 ގައުމަކުން ގާތްގަނޑަކަށް 10،000 ދުވުންތެރިން ވާދަކުރިއެވެ. މި މުބާރާތުގައި މެރަތަން ރަނާސް މޯލްޑިވްސް އިން ވަނީ ދެ ވަނަ ހޯދައި، ރާއްޖޭގެ މެރަތަން ރެކޯޑް ގާއިމްކޮށްފައެވެ.

ތުރުކީގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި އިވެންޓްގައި އެންމެ ހާއްސަ ޝަރަފެއް ދީފައި ވަނީ ފުލް މެރެތަންގެ ގައުމީ ރެކޯޑު މިފަހަރު މުގުރާލި ޔޫސުފް އިބްރާހީމަށެވެ. ގައުމީ ހާފު މެރަތަންގެ ރެކޯޑުވެސް އޮންނަ ޔޫސުފް، ފުލް މެރެތަންގެ ރެކޯޑު މުގުރާލީ ދެ ގަޑިއިރާއި 29 މިނެޓް، 48 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން މި ރެކޯޑު އޮންނަނީ އައިލެންޑް ރަނަރސްގެ މުހައްމަދު ޝިފާޒްގެ އަތުގައެވެ. އޭނާގެ ވަގުތަކީ ދެ ގަޑިއިރާއި 32 މިނެޓް، 56 ސިކުންތެވެ.

ތުރުކީ މެރަތަންގައި ދިވެހި އެތުލީޓުން ކުރި މަސައްކަތް ކުޅިވަރާ ބެހޭ ވަޒީރު ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައި ހިތްވަރު ދެއްވިއެވެ. އަދި ދުވުމުގެ ވަސީލަތްތައް ރާއްޖޭގައި އިތުރަށް ތަނަވަސްކުރުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރަނަޓޯލިއާ ރޭހަކީ ދިވެހީންގެ މެދުގައި މަގުބޫލު ރޭހެކެވެ. މިއަހަރުގެ ރޭހުގައިވެސް ގިނަ އަދަދެއްގެ ދިވެހި އެތުލީޓުން ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން އައިލެންޑް ރަނާސްގެ ގިނަ އެތުލީޓުން ވަނީ ރަނގަޅު ޓައިމިންތަކެއްގައި ރޭސް ނިންމައި، އަމިއްލަ ރެކޯޑުތައް އާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *