Support Us

ތައިލެންޑުގެ މުބާރާތުގައި ވާދަކުރާ "އެޑްވެންޗަރ ފުޓްބޯލް އެކަޑަމީ"ގެ ޓީމުތައް ފުރަނީ. -އަދިވެސް ފޮޓޯ: އިބްރާހިމް އިމްތިޔާޒު

ކުޑަކުދީންގެ މުބާރާތެއްގައި ވާދަކުރަން އެޑްވެންޗަރ ފުޓްބޯލް އެކަޑަމީގެ ތިން ޓީމެއް ތައިލެންޑަށް

ތައިލެންޑުގައި އޮންނަ ކުޑަކުދީންގެ ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރަން "އެޑްވެންޗަރ ފުޓްބޯލް އެކަޑަމީ"ގެ ތިން ޓީމެއް މިރޭ ތައިލެންޑަށް ފުރާނެއެވެ.

މި މަހުގެ 3-4 އަށް އޮންނަ "ތައިލެންޑު އިންޓަނޭޝަނަލް ޔޫތު ކަޕު"ގައި އެޑްވެންޗަރ ފުޓްބޯލް އެކަޑަމީން ބައިވެރިވަނީ 10 އަހަރުން ދަށާއި 12 އަހަރުން ދަށާއި 13 އަހަރުން ދަށުގެ އުމުރުފުރާގައެވެ. މި ތިން ޓީމުގައި ޖުމްލަ 32 ކުޅުންތެރިން ހިމެނެއެވެ.

މި ކުޅުންތެރިންނާއި ކޯޗުންނާއި ބެލެނިވެރިންނާއެކު ޖުމްލަ 64 މެމްބަރުންގެ ޓީމެއް މި ދަތުރުގައި ބައިވެރިވެއެވެ.

ހުޅުމާލޭގައި ހިންގާ "އެޑްވެންޗަރ ފުޓްބޯލް އެކަޑަމީ" އަކީ ކުރީގެ މަޝްހޫރު ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ)ގެ އެކަޑަމީއެކެވެ.

ތައިލެންޑުގެ މުބާރާތުގައި ވާދަކުރާ "އެޑްވެންޗަރ ފުޓްބޯލް އެކަޑަމީ"ގެ ޓީމުތައް ފުރަނީ. -އަދިވެސް ފޮޓޯ: އިބްރާހިމް އިމްތިޔާޒު

މިރޭ ތައިލެންޑަށް ފުރުމުގެ ކުރިން އެއާޕޯޓުގައި ހުރެ ވާހަކަ ދައްކަމުން ޖަމްބޭ ބުނީ ތައިލެންޑުގެ ޓީމުތަކާއި ބޭރުގެ އިތުރު ޓީމުތައް ވެސް ދެ ދުވަހުގެ މި މުބާރާތުގައި ވާދަކުރާ ކަމަށާއި މިއީ ކުޅުންތެރިންނަށް މުހިންމު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.

މި ދަތުރުގެ ހުރިހާ ކަމެއް ވެސް ހަމަޖައްސަނީ ބެލެނިވެރިން އަމިއްލައަށް ކަމަށް ވެސް ޖަމްބޭ ބުންޏެވެ.

"ހަތަރު ކުއްޖެއްގެ ބެލެނިވެރިންނަށް ޗުއްޓީ ނުލިބިގެން ނުދެވޭ. އެހެން ހުރިހާ ކުދިންގެ ބެލެނިވެރިން މި ދަތުރުގައި ބައިވެރިވޭ،" ޖަމްބޭ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *