އެފް.އޭ.އެމް ވިމެންސް ލީގުގެ ފުރަތަމަ މެޗު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ހަވީރު، ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީ.ސީ ސްޕޯޓްސް ކްލަބެވެ. މި މެޗު 6-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިކްޓްރީ އެވެ.
މިއަދުގެ މެޗަށްފަހު އެކަމަނާ ވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ދޭ އެވޯޑު ހަވާލުކޮށްދެއްވައިފައެވެ.



advertisment