މި އަހަރުގެ މޯލްޑިވްސް އެކްސްޕޯގެ އޮފިޝަލް ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ އޮކްޓޫބަރު 25 އިން ނޮވެންބަރު 2ގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
"ދިވެހި އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށް ބާއްވާ މި ހަރަކާތަކީ، ވިޔަފާރިވެރިންނާއި އަމިއްލަ އުފެއްދުންތެރިންގެ މަސައްކަތްތައް އިޝްތިހާރުކޮށް، ފަހި މާކެޓުތަކަކަށް ވާސިލުވުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ. ޤައުމީ ބޭންކުގެ ދައުރާ އެއްގޮތަށް، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، އީޖާދީ ވިސްނުންތަކަށް ހިތްވަރުދީ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް މަގުފަހިކޮށްދޭ މިފަދަ ކޮންމެ ހަރަކާތަކަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލް އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެއެވެ." ބީއެމްއެލްގެ ބަޔާނެއްގައި ވެއެވެ.



advertisment

