މިއަދު މާލޭގައި، ރާއްޖޭގެ އިރާއި ކަނޑުގެ ކުރިމަތީގައި، ހެކި ދިނީ އާދައިގެ ރަހްމަތްތެރި ފުޓުބޯޅަ މެޗަކަށް ނޫނެވެ. ނަމަވެސް މި ކަން ވީ ތާޒާކަމާއި އާ ރޯކަމެއްގެ ރަމްޒަކަށާއި ނިޝާނަކަށެވެ.
ގަލޮޅު ދަނޑު ނުވަތަ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި، ދުނިޔޭގެ ފުޓުބޯޅައިގެ އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓީމުގެ މައްޗަށް ބާރު ހޯދީ، 6-4 އިން، 15 މިނެޓުގެ ދެ ހާފު އެކުލެވުނު، ބަރާބަރު 30 މިނެޓުގެ، ރަމްޒީ މެޗެއްގައި ކަމަށްވާއިރު، މިއީ ހަމައެކަނި ސިޔާސީ ކަމެއް ނޫނެވެ. ނަމަވެސް، ލަނޑުތައް ފަދައިން އުއްމީދާއި ޒުވާންކަމުގެ ވައުދުތަކާ ވެސް ގުޅިފައިވާ "ގޭމް" ނުވަތަ "ކުޅިގަނޑެކެ"ވެ.
ގޯލްތަކަށްވުރެ ބުރަދަން ބޮޑު މެޗެއް
ބޭރުފުށުން ފެންނަނީ އިންފެންޓީނޯގެ ޓީމު 6-4 ގެ ލީޑެއްގައި ސްކޯބޯޑުގައި ވަނިކޮށެވެ. އެކަމަކު ހަގީގީ މާނަ މާ ޝައުގުވެރިއެވެ.

އިންފެންޓީނޯ ރާއްޖެ އައުމަކީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ވާ ގޮތެއް ނޭނގޭ، ކޮރަޕްޝަނާއި މެނޭޖް ނުކުރެވުން ފަދަ އިހުމާލުވެފައިވާ ފުޓުބޯޅަ ދާއިރާއެއްގެ ބަނަ ކުރިމަގެއް އޮތް ގައުމަކަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުރިހާ ކަމެއް ހުޅުއްވައިދެއްވީ ހޫނު މަރުހަބާއަކާއެކުއެވެ.
"ވަގުތު ހޭދަކުރައްވައިގެން އަޅުގަނޑުގެ ގައުމަށް ޒިޔާރަތް ކުރެއްވީތީ އަޅުގަނޑު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މެޗުގެ ކުރިން ރައީސް އޮފީހުގައި ރަސްމީކޮށް އިންފަންޓީނޯއާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެއީ، ފުޓުބޯޅަ އަލުން ދިރުއްވައި، މުޅި ގައުމުގައި އިންފްރާސްޓްރަކްޗަރު ތަރައްގީ ކޮށްދެއްވައި އަދި ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފް.އޭ.އެމްއަށް ފުރިހަމަ ތާއީދު ދެއްވާނެކަމުގެ ކަށަވަރުކަން އެ މަނިކުފާނުގެ ސަރުކާރުން ދެއްވަމުންނެވެ.

ދިވެހި ފުޓުބޯޅައިގެ ދާއިރާއަށް ކުރިމަތިލާން ޖެހިފައިވާ ބޮޑެތި ގޮންޖެހުންތައް ބަލައިގަންނަމުން އިންފެންޓީނޯ ވަނީ އެފް.އޭ.އެމްގެ އާ ލީޑަޝިޕަށް ތައުރީފުކުރައްވައިފައެވެ. އަދި ފީފާއިން މިހާރު ވެސް ދޭ ތަރުހީބު ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
"ރާއްޖޭގެ ޒުވާނުން ވިދާބަބުޅަނީ ހަމައެކަނި މި ގައުމުގެ ގޮނޑުދޮށްތަކުގެ މައްޗަކުން ނޫން. ނަމަވެސް ފުޓުބޯޅަ ދަނޑުގައި ހޯދައި ކާމިޔާބުތަކުން،" ރައީސް އަރިހު އިންފެންޓީނޯ ވިދާޅުވިއެވެ.
ދަނޑުމަތީގައި، މެޗަކަށްވުރެ ހައިބަތު ބޮޑު ކަމެއް
މިއަދު ހަވީރު ކުޅުނު މެޗުގައި އިންފެންޓީނޯގެ ޓީމުގައި ބޮޑެތި ނަންތައް ހިމެނެއެވެ. ރާއްޖޭގެ ހުނަރުވެރިންނާ ވެސް އެކުއެވެ. އޭގެ ތެރޭގައި އިޓަލީގެ ކުރީގެ ވޯލްޑްކަޕް ތަރި މާކޯ މީޓްރާޒީ އާއި އެފް.އޭމް.އެމްގެ ރައީސް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް)ގެ އިތުރުން ކުރީގެ ގައުމީ ކޯޗު އަލީ ސުޒެއިނާއި ރާއްޖޭގެ ގައުމީ ފެންވަރުގެ ބައިވަރު ކުޅުންތެރިން ހިމެނެއެވެ.

ރައީސް ޑރ. މުއިއްޒު ދަނޑަށް އަރައިވަޑައިގަތީ އެ މަނިކުފާނުގެ ދަރިކަލުން އުމައިރުގެ އިތުރުން ފުޓުބޯޅަ ކުޅުއްވާ ކެބިނެޓްގެ ބައެއް މެންބަރުންނާއި ކުރިން، ޒުވާން އުމުރުގައި ރާއްޖޭގެ ޓޭބަލް ޓެނިސް ނުވަތަ ޓީޓީ ތަރި އިބްރާހީމް ޝިއުރީ އާވެސް އެކުއެވެ. މިއަދުގެ މެޗުގައި ލަނޑުވެސް ޖެއްސެވި ޝިއުރީއަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރުވާ ވިސިޓް މޯލްޑިވްސް ކުންފުނީގެ ވެސް އަދުގެ ވެރިޔާއެވެ.
ކުޅިބަލަން ވަން މީހުންގެ އަދަދު އިތުރުވެގެންދިޔައެވެ. ރާއްޖޭގެ ފުޓުބޯޅަ އެކަޑެމީތަކުގެ ޒުވާން ޓީމުތަކުގެ ކުޅުމުންނެވެ؛ މިއަދުގެ ފުޓުބޯޅަ ފެސްޓިވަލުގެ މައިގަނޑު ކަމަށްވި އިންފެންޓީނޯ އާއި ރައީސް ޑރ. މުއިއްޒުގެ "ރަމްޒީ ކުރިމަތިލެއްވުމު"ގެ ކުރިންނެވެ.
ކޮންމެ ގޯލަކަށް އައްސަރިބަހާއި ސާބަސް ދިނަސް، އެންމެ ބޮޑު ކާމިޔާބަކީ އެއްބައިވަންތަކަން ދެއްކުމުގެ ބޮޑު ކާމިޔާބު ކަމަށް އިހްސާސް ކުރެވުނު ކަހަލައެވެ. އިހުގެ މައްސަލަތައް އަދުގެ ތާޒާ މޫނުތަކުން ހައްލު ކުރުން ފަދައިންނެވެ. ޒުވާންކަމުގެ އުއްމީދު، މުއައްސަސާތަކުގެ ތާއީދާއެކު ހިއްސާ ކުރުން މަތީގައެވެ.

ކުރިއަށް ދިއުމުގެ މާނަ
މިއަދުގެ މެޗަކީ "ޓާނިން ޕޮއިންޓް" ނުވަތަ ބަދަލަކަށް އަނބުރައިލި ކަހަލަ ކަމެކެވެ. ރާއްޖޭގެ ފުޓުބޯޅަ އަދު ވަނީ ހައިޖާނުގަނޑަކުން އެރުމުގެ މަގުމަތީގައެވެ. އެފް.އޭ.އެމްގެ ކުރީގެ ލީޑަޝިޕް ވަނީ ސަސްޕެންޝަނުގައެވެ. ފީފާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ހެދިއެވެ.
އެފް.އޭ.އެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ޖަލަށް ލާން ހުކުމްކޮށްފައެވެ. ރާއްޖޭގެ ޖިނާއީ ކޯޓުން ވަނީ މި މަހު ކުރީކޮޅު ކޮރަޕްޝަންގެ ތުހުމަތުގައި އޭނާއަށް ހުކުމްކޮށްފައެވެ. އެއީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

ކުރިއަށް އޮތް މަގު
ދަނޑުމަތީގައި، "ވެރިއަކާއި ވެރިއެއް"، މިއަދު ބައްދަލު ކުރެއްވިއިރު، ދަށުގައި ރޮނގު ދަމައިލެވުނީ ފުޓުބޯޅައަށް ގެންނަން އުޅޭ އާރޯކަމަކީ ހަމައެކަނި އިންފްރާސްޓްރަކްޗަރާއި ސިޔާސަތާ ގުޅޭ ކަމެއް އެކަނި ނޫން ކަމެވެ. ނަމަވެސް، ފުޓުބޯޅައިގެ ކުރިވަރަށް ބާރުގަދަ ލޯތްބެއް ކުރާ ގައުމެއްގެ، ފުޓުބޯޅައާ މެދު ދެކޭ ހުވަފެން، އަލުން އާރާސްތު ކުރުންވެސް މެއެވެ.
"އަހަރެމެން ބިނާ ކުރަން ޖެހޭނީ ހަމައެކަނި ދަނޑުތަކެއް ނޫން. ނަމަވެސް ހުވަފެންތައް ވެސްމެ،" އިންފެންޓީނޯ ވިދާޅުވިއެވެ.

ދަނޑުގެ ހަރުފަތްތަކުގައި ތިބި ޒުވާން ކުޅުންތެރިންނަށާއި ރަށްރަށުގައި އުޅޭ ސަޕޯޓަރުންނަށާއި އަދި ރީތި މަންޒަރުތައް، ކުޅިވަރުގެ އުއްމީދުތަކުން ގުޅުވައިދޭ ގައުމަކަށް، މިއަދުގެ މެޗު ހަނދާނުގައި ހަރުލާނީ ދިވެހި ފުޓުބޯޅައިގެ "އައު ޒަމާނެއް"ގައި "ފައިން ޖަހައި ކުރިއަށް ދުއްވައިލި" ކަމެއްގެ ގޮތުގައެވެ: އެއީ ދިވެހި ފުޓުބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަކުރާ 75 ވަނަ އަހަރުކަން ފާހަގަކުރާތީއެވެ.

ފަހު ކަށިގަނޑު ފުމެލުން
ތެދެކެވެ. މިއަދުގެ ނަތީޖާއަކީ 6-4 އެވެ. އެކަމަކު އެއަށްވުރެ ބޮޑު ކަމަކީ ކުރިމަގަށް އަނބުރައިލައިފައިވާ ކެމެރާތަކެވެ. ފުރުސަތުތަކަށް ސާބަސް ދެމުންދާ ސްޓޭޑިއަމެއްގެ ސަޕޯޓަރުންނެވެ. އަދި، ކަށިގަނޑު ފުމެމުންދާ ދޭތެރެތަކުން ފެހި ވިނަގަނޑެއްގެ މަތީގައި ވެސް ބަދަލު ގެނެވިދާނެކަން ދައްކުވައިދޭ ދެ ރައީސުންނެވެ. މިއަދު ދުނިޔެމަތީގެ "ސުވަރުގޭ"ގައި ފުޓުބޯޅައަށް ފެނުނީ އެ ކުޅިވަރުގެ އަމިއްލަ ޒާތެވެ. ރާއްޖެއަށެވެ. އަދި މުޅި ދުނިޔޭގެ ވެސް ފުޓުބޯޅައަށެވެ.




advertisment